ބާރަށު ޝިފާޒަށް ފިޔަވަޅުއެޅުން ބާރަށު ސުޖާއަށް ކަމުހިގައްޖެ
އެމްޑީޕީ އޮތީ ރައީސް ސޯލިހާއެކު ގަދަކޮށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒް މަގާމުން ވަކިކުރުމުން އެންމެ އުފާވީ އެކަކީ ބާރަށު ޝުޖާއެވެ. ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވީއުފަލުން ބުނީ ނިމިގެން ދާއިރު ބަލިވާނީ ރައީސް ސޯލިހުކަމަށެވެ. ކާމިޔާބު ކުރާނީ ރައީސް ނަޝީދާއި ޝިފާޒުކަމަށެވެ. މަލާމާތާ ފުރައްސާރައިގެ ގޮތުން ހިތްވަރު ކުރަން ޝިފާޒުގާތުގައި ބުނަމުން މިކަން (އެމްޑީޕީގެ ވެރިކަން) ޝުޖާމެން އެބަ ނިންމަން ކަމަށް ބުނެ ރީތި މަލަމާތެއް ބާރަށު ޝިފާޒަށް ބާރަށު ޝުޖާ އެކުރީ ވަރަށް ހުތުރުކޮށެވެ.
ޝިފާޒާއި ރައީސް ނަޝީދުގެ ކަންތައް ނިމިއްޖެކަމަށާއި ރައީސް ސޯލިހުގެކަންތައް ތިމަންމެން އެބަ ނިންމަމޭ ބާރަށު ޝުޖާ ބުނީ ރައީސް ނަޝީދާއި ޝިފާޒުދެކެ ލޯތްބަކުން ނޫނެވެ. ޝިފާޒް އެމްޑީޕީއަށް ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް ވާހަކަ ދައްކަން ބާރަށު ޝުޖާއަކީ ކާކުހެއްޔެވެ. އެމްޑީޕީއަށް ހެޔޮ އެދިގެން ރައީސް ސޯލިހުގެ ނިންމުމަކަށް ފާޑުކިޔާން އެންމެ ފައްކާވާނީ ޕީޕީއެމްގެ ލީޑަރޝިޕްގެ މީހުންނެވެ.
ރައީސް ސާލިހުގެ ނިންމެވުމަކާ ދެކޮޅަށް ޕީޕީއެމް ލީޑަރޝިޕްއިން ފާޑެއް ކިޔައިފިނަމަ އެ ނިންމުމަކީ ޝައްކެއް ނެތްގޮތުގައި ވަރަށް މޮޅު ފައިދާ ކުރި ނިންމުމެކެވެ. އެ ނިންމުމެއް ވާނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ކާމިޔާބު ނިންމުމަކަށެވެ.
އެމްޑީޕީއަށާއި މި ސަރުކާރަށް ފައިދާހުރި ކޮންމެ ނިންމުމަކަށް ޕީޕީއެމުން ދެކޮޅު ހަދާނެއެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތް ކުރި އެއްވެސް މީހަކާމެދު ޕީޕީއެމް މީހަކު ހެވެއް އެދުމަކީ އަލިފަނަކީ ގަނޑުފެނަށް ވުންކަހަލަ ކަމެކެވެ. އެމްޑީޕީގެ އެއްވެސް އިސްމީހަކަށް އަމަލުކުރާ ގޮތަކުން ޕީޕީއެމްގެ ކުޑަވެސް ހަމްދަރުދީއެއް ނުއޮންނާނެއެވެ. ޕީޕީއެމްގެ ބޭނުމަކަށްވާނީ އެފަދަ ކޮންމެ މީހަކު ބާކީވެ އެކަހެރިވެ ނިކަމެތިވާށެވެ.
އެގޮތުން ސިއްޕެގެ ވަޒީފާ ގެއްލުމުން ޝުޖާމެން އެ ވަނީ ހާދަހާ އުފަލެކެވެ. ޝިއްޕެއަކީ ބޮޑު އަނގައެއް އޮތް ފެންވަރެއް ހުނަރެއް މަގުބޫލުކަމެއް ނެތް އަންނިގެ ތެތްފެލި އުފުލާދޭ ޕަޕެޓެއްކަން ޝުޖާއަށް ނިކަން ރަނގަޅަށް އެނގޭނެއެވެ.
ރައީސް ސާލިހުގެ އެފިޔަވަޅަކީ އެމްޑީޕީ ބައިވެ ފުޑުފުޑު ވުމުގެ އަލާމާތެއް ނޫންކަން ޕީޕީއެމަށް ވެސް އެނގޭނެއެވެ. ރައީސް ސޯލިހުގެ ކެރުމައި ޖެހެލުން ކުޑަކަން އެކަމުން ރަމްޒުކޮށްދެއެވެ. އެއިއްޔަކީ ރައީސް ޔަމީނު ކުއްލި ނުރައްކާ ހިންގާ ސްޕްރީމްކޯޓް ފުރަޅުން ޓިނުނެގުން ފާޑުކަމެއް ނޫނެވެ.
ބުނަން ހެއްޔެވެ. ވަރުހުރި ޑިސިސަންތައް ރައީސް އެ ނަންގަވަނީ ގޮތް ހުސްވެގެން ބާރުކެނޑިގެނެއް ނޫނެވެ. ގަނޑު ބަދަހި އެމްޑީޕީއެއް ރައީސް އަރިހުގައި އަތުގުޅައިގެން އޮވެގެންނެވެ. ޖަރާސީމުން އެމްޑީޕީ ސާފުކޮށް ފަނިފަކުސަ ބޭރުކޮށް އެމްޑީޕީ ހަށި ފޮޅާލުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. މައުމޫނު އަތްމަތިން ޕީޕީއެމް ފުރޮޅުނު ގޮތުގެ ތަޖުރިބާ ލަހުން ނަމަވެސް އެމްޑީޕީ ވެސް މިހާރު މިއޮތީ ކުރަން ޖެހިފައެވެ. އެމްޑީޕީ އޮތީ ރައީސް ސޯލިހާއެކު ގަދަކޮށެވެ.