ކޮންމެ ރަށަކުން ތަރައްގީގެ ބަދަލުތައް ފެނޭ: ރައީސް ސޯލިހު

ތަރައްގީ ގެނެވޭނީ ތަސައްވަރެއް އޮވެގެން

ކޮންމެ ރަށަކުން ތަރައްގީގެ ބަދަލުތައް ފެނޭ: ރައީސް ސޯލިހު

ވަޑައިގެންނެވި ކޮންމެ ރަށަކުން ތަރައްގީގެ ބަދަލުތައް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ތަރައްްގީ އަކީ މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަރައްގީ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްގީ ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ އޮތީ އެންމެ އެޖެންޑާއެއް ކަމަށާއި އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ އަމާން ގައުމަކަށް މި ރާއްޖެ ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ނޫން އެޖެންޑާއެއް، އެމްޑީޕީގެވެސް އަދި އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެވެސް ނެތް." ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެއްވެސް ރަށެއް އަނެއް ރަށާއި ތަފާތު ނުކުރައްވާ ހިދުމަތްތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ރައީސް ވާހަކަފުޅު ދެއްކެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.