ޔާމީނު ޖަލުގައި ނަމާދު ނުކޮށް އޮންނަނީ ނިދަން!

ޕެރޯލާއި ކްލެމެންސީ ލުއި ދިނުމުގައި ނަމާދު ކުރުމަށް ބަލާ

ޔާމީނު ޖަލުގައި ނަމާދު ނުކޮށް އޮންނަނީ ނިދަން!

ގިނަ ވައްކަމާއި ކޮރަޕްޝަނާއި އެހެނިހެން ބޮޑެތި ކުށްތަކަށް ދިވެހިންގެ މެދުގައި ނަންކިޔޭ ކުރީގެ ރައީސް ޔާމީން ތަންފީޒު ކުރަމުންދާ މަނީލޯންޑަރިންގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިރު ނަމާދު އަޅާފައި ނިދަން އޮންނަކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ގައިދީންނަށް ލިބޭ ޕެރޯލް އަދި ކްލެމެންސީ ލުއި ދިނުމުގައި ވެސް ނަމާދު ކުރުމާއި ދީނީ ކަންކަމަށް ފަރުވާތެރިވާ އަހުލާގު ރަނގަޅު ގައިދީންނަށް ލިބޭ ޕޮއިންޓް އިތުރުވެއެވެ.

އެހެން ނަމަވެސް ޔާމީން ޖަލުގައި އޮންނަ އިރު ނަމާދު ކުރުމާއި ގުރްއާން ކިޔެވުން ފަދަ ކަންކަމުގެ ބަދަލުގައި ގިނަ ވަގުތު ހޭދަ ކުރަނީ ކަންނެތް ކަމުގައި ކަމަށް ވެއެވެ.

ވާނީ އެހެންތާއެވެ. ޖަލުގައި އެއޮތީ ދިވެހި މިނިވަންކަން ވިއްޔާއެވެ. ދިވެހިގައުމު ވިއްޔާއެވެ. ޔާމީނު ޖަލުގައި އޮތަކަސް ގައިއަޅާ ވޭނެއް ކެކުޅުމެއް އޮތީއެއް ނޫން ވިއްޔާއެވެ. ޔާމީނު ޖަލުގައި އޮވެގެން ވޭނެއް ކެކުޅުމެއް އެޅިއްޔާ އަޅަނީ ބަޅުކުކުގަ ވިއްޔާއެވެ.

ޔާމީނު ޖަލުގައި އޮތުމަކީ ޔޫސުފްގެފާނު ޖަލުގައި އޮންނެވުން ފަދަކަމެކޭ ހީވާ ކަހަލައެވެ. އެކަމަކު ޔޫސުފްގެފާނު ވެސް ޖަލުގައި އޮންނެވިރު އަޅުކަން ކުރެއްވުމާއި އިސްތިގްފާރު ކުރެއްވުމުގައި ފިލާ ވަޑައިގަތުމެއް ނުވެއެވެ. ފުއްސެވުމުގައި ޔާމީނަށް ޔޫސުފްގެފާނަށް ވުރެވެސް ޔަގީންކަން ބޮޑީތާއެވެ.

ގަދަވެ ސަލާމަތުން މިނިވަންކަމާއެކު އުޅުނުއިރުވެސް ތަންޑިޔާމާރުގައި ވެސް ހުކުރަށް ނުދާ މީހަކަށް ޖަލުގައި ކުރަން އޮންނާނީ ނިދުންނޫން ކޮންކަމެއް ހެއްޔެވެ. ސައްދާދުގެ ހެދި ގަނޑުވަރު ސައްދާދަށް ހުރަގެއަށް ވީ ގޮތުގެ އަނެއްކޮޅަށް ޔާމީނު ހެދި ޖަލުގޮޅި އެ އޮތީ ޔާމީނަށް ގަނޑުވަރަށް ވެފައެވެ. ދެފައި ދަމާ ނިދުން ނޫން ކަމެއް ކުރާނެ ކަމެއް ނެތްތާއެވެ. 

އެހެނެއް ކަމަކު ޖަލުފަދަ މާހައުލެއްގައި ތިބޭ އުމުރުން ދުވަސްވީ ޔާމީނުމެން ފަދަ ފަރާތްތައް ހެލިފެލިވެ ހަރަކާތް މަދުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަ ތަކަށް ދޭންވާ ސަމާލުކަން ދިނުމުގައި ހައްޔަރީން ގެންގުޅޭ ފަޜަތްތަކުން އެފަދަ ވަލްނަރަބްލް ފަރާތްތަކަށް ވަކި އުސޫލެއް ރާއްޖޭގެ ޖަލުގައި ހަމަޖައްސާ ދީފައި އޮންނަން ވެސް ޖެހެއެވެ.