ފަލާހަށް: ކަޅުދިގު ނުރަރޮނގު އެތެރެއަކަށް ނުވައްދާނެ
ވަޅެއްގެ ދިޔަހިއްކޭ ހިސާބަށް ކުޑަ ބޭރުވެސް އެރިޔަ ނުދޭނެ
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބާ ހެދުމުގައި މުލިއާގެއަށް ގޮސް ޕެނަޑޯލާއި އައްޑޫ ބޮނޑި ބަންދު ކުރިވާހަކަ އަމިއްލައަށް ދެއްކުމެކޭ ޒާތެއްގެ ތަފާލެއްގައި ދަނޑިން ތަޅައިގެން ގަޔަށް ތިކި ބުރުވުމެކޭ ތަފާތެއް ނެތެވެ. މާ މޮޅު ވާހަކައަކަށް ވެގެން އިނގުރައިދޫ ފަލާހެއް ކަމަކު ތިޔަ ދެއްކީ ލައްކަ އައްޗި ވާހަކައެކެވެ. ހިތުން ރައީސް ޔާމީނުގެ އަގު ވައްޓާލާނަމޭ ހީކޮށް ތިޔަ ދެއްކި ވާހަކައަކުން ވެއްޔާ މޮޑެތިޔަލީ ތިމާގެ އަބުރެވެ.
އާނއެކެވެ. ބޮޑެތި ސިންގާ މަސައްކަތަށް ދަންޏާ ދާން ޖެހޭނީ މަސައްކަތު ހެދުމުގައެވެ. އަންހެނުންނެއް ކަމަކު ވަޅުދިޔަ ހިއްކަން ދަންޏާ ކަންބޮޑުވާނެއެވެ. ވަރިނުވެ ހުރިކަން ގައިނަސީބެވެ. މުލިއާގެއަށް ގޮސް އޭރުގައި ވަޅުދިޔަ ހިއްކާފައި ހުންނާނެކަމަށް ބުނެ އަމިއްލައަށް ބަރަހަނާ ވެވޭއިރު މި ކަނޑުކޮހަކަށް ނޭނގެއެވެ. އެ ވަރުގެ ސޮހޮލަކަށް ވޯޓުދީގެން މަޖިލީހަށް ހޮވުނީތީ އިގުރައިދޫ ދާއިރާ މީހުން އެތިބީ މޮޔަ ހީވެފައެވެ.
މިހާރު މުލިއާގެއިން ވަޅުދިޔަ ހިއްކަން ކޯލެއް ނުލިބޭތީ ފަލާހު ދެރަވާނީކީ ބައެއް ފަހަރަކު ނޫނެވެ. އަބަދުވެސް ތިޔަ ހުންނަނީ މުއިއްޒުގެ ޖަކޫޒީއަށް ގެނބި ލާހިތުން ހޭކެނޑިފައިކަން ތިޔަ ދެއްކި ވާހަކައަކުން ޝައްކެއްނެތް ވަރަށް ސާބިތުވެއްޖެއެވެ. ފަލާހު ދެރަވާ ވަރުކުޑައެވެ. މަހާރެހެންދިގެ ގޮށިޖޯޑު ދޮންނަ ހިތުންވެސް ފަލާހު ތިޔަހުރީ މާވަރެއް ވެފައިތާއެވެ. ކިތަންމެ ވަރަކަށް ދެފައިތަޅާ ރޮއެ ހޭރުނަސް މުއިއްޒަށް ވެގެން ވިއްޔާ ފަލާހެއް ގަނޑުވަރަކަށް ނުވައްދާނެއެވެ. އަމްދުން ވަޅެއްގެ ދިޔަހިއްކޭ ހިސާބަށް ކުޑަ ބޭރު އެރިޔަވެސް ނުދޭނެއެވެ.
އޮޑާ އެއްލައިލާފާ ނިކުމެ ރައީސް ޔާމީނުގެ ބަތާކައިގެން ރައީސް ޔާމީނުގެ ހިޔަނީގައި ބޮޑުވެ ކާންދިން އަތުގައި ދަތްއެޅުމަށް ވުރެ ވަކީން ބޮޑު ހަރާން ކޯރުކަމެއް މީހެއްގެ ފުށަކުން ނުފެންނާނެއެވެ. ފަލާހާއި އެނޫންވެސް ކިތަންމެ ބަޔަކު މުއިއްޒު ފަހަތުގައި މިވަގުތު ތިބީ ރައީސް ޔާމީނަށް ހަރާން ކޯރުވާފާކަން އެންމެ ރަނގަޅަށް އެގޭނީ މުއިއްޒަށެވެ. ރައީސް ޔާމީނަށް މުއިއްޒާ އަދުރޭވެސް އެތިބީ ހަރާން ކޯރުވެގެން ވިއްޔާއެވެ.
ވަރިކުރިފުޅުގެ ބަރަހަނާ ވާހަކަ ދައްކާ މީހަކު އަނބިމީހާގެ ބަރަހަނާ ވާހަކަ ނުދައްކާނެ ކަމަށް އަނބިމީހާވެސް ގަބޫލެއް ނުކުރާނެއެވެ. ރައީސް ޔާމީނޭ ކިޔައިގެން ގޮތެއް ފޮތެއްނެތް ވާހަކަ ދައްކަން ކެރުނު މީހަކު މުއިއްޒޭ ކިޔައިގެންވެސް ނުދައްކާނެ ވާހަކައެއް ނުއޮންނާނެކަން މާރަނގަޅަށް މުއިއްޒަށް އެނގޭނެއެވެ. އެހެންކަމުން ވަގުތުގެ ޖަޒްބާތުގައި ޖައްސައިގެން ފޮނުއަރުވަން ފަލާހު ބަހައްޓާނީ މަޖިލީހުގައެވެ. ކަޅުދިގު ނުރަރޮނގު ބައުންޑަރީއަކަށް ފަލާހެއް ނުވައްދާނެއެވެ.