ޕޮލިސްއަށް: ތަހުގީގަށް ގެންދަންވީ މަންދިއެއްނޫން - ޝިއުނާ

ކުޑަ ކުދިންނާއި އަންހެނުންނާއި ގައުމާއި ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން އުޅެނީ އެމްޑީޕީއަކުން ނޫނެވެ. ކުޑަ ކުދިންނާއި އަންހެނުންނާއި ގައުމާއި ދީން، ސިޔާސީ ހަތިޔާރަކަށް ހަދަނީ ޝިއުނާ މެންނެވެ. ޝިއުނާ ހުން ޕާޓީއަކުން އަބަދުވެސް ކަންކުރަނީ އެހެންނެވެ. ދިވެހި ރައްޔިތުންނަށް ތާއަބަދުމެ ފުރައްސާރަ ކުރަނީ ޝިއުނާ ކަހަލަ މާއްދިއްޔަތުގެ އަޅުންނެވެ.
އަވައްޓެރި ގައުމަކަށް ބްލީކޮށް ގަނާކޮށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ދިނީ ޖާހިލު ޝިއުނާއެވެ. ރައްޔިތުންގެ މާލިއްޔަތުން އަތްގުޅި ނުކާވަރުގެ ބޮޑު މުސާރަ ނަގައިގެން މަގާމުގެ ވަޖިބު އަދާނުކޮށް ހަރާން ފައިސާ ކެއީވެސް ޝިއުނާއެވެ. މިހާރުވެސް ދައުލަތުގެ އެސްއޯއީ އަކުން ބޮޑު މުސާރަ ނަގައިގެން ވަޒީފާގެ ޒިންމާ އަދާނުކޮށް ފިތުނަ ފާސަދަ އުފައްދާ މުސްލިމު ދިވެހި އެތައް ރައްޔިތެއްެ ބޮލުގައި ލާދީނީ ތުހުމަތު އެޅުވުމާއި ކާފިރު ކުރުމުގައި ޝިއުނާ އުޅެނީ އަވަދިނެތިއެވެ. ހަރާމަސް ގާނޫނާއި ހިލާފަސް މުއިއްޒު ކުރާހާކަމެއް ހަލާލުކޮށް ހުއްދަ ކުރުމަށް ވަކާލާތު ކުރުމުގައި ލޮލުފިޔަ ނުޖަހާ ތިޔަ އުޅެނީ ޝިއުނާއެވެ.
އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންގެ ހައްގުގެ ވާހަކަ ޝިއުނާ ދައްކަނީ މުއިއްޒު އެދޭ ގޮތަށެވެ. މުއިއްޒު ބޭނުންވާ ގޮތް ކަމަށްވާތީ ލޯކަލް ކައުންސިލްގައި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ހުރުމާ ދެކޮޅަށް އެންމެ ބާރަށް ވާހަކަ ދައްކަނީވެސް ޝިއުނާއެވެ. ރާއްޖޭގެ ސްޕްރީމް ކޯޓުގައި އަންހެން ފަނޑިޔާރުން ތިބުމާ ދެކޮޅަށް އެންމެ ފަހުންވެސް ޝިއުނާ ވަކާލާތުކުރީ ހުސްވި ހަފްތާގައެވެ.
ރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ތިއްބެވި އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ޝިއުނާއަށް އަނގަވެސް ހުޅުވާ ނުލެވޭވަރުގެ ފަނޑިޔާރުން ތަކަކާ ދެކޮޅަށް އެންމެ ހުތުރުކޮށް ފިތުނަ އުފައްދީ ޝިއުނާއެވެ. ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލުވާ ލުމަށް ފެށުނީއްސުރެ ނަފްރަތްތެރި ވާހަކަތައް ފަތުރަމުން އައި އެކަކީ ހުދު ޝިއުނާއެވެ. ޝަރުއީ ކޯޓުގެ ހުކުމް ހަރާންކޮށް ކޯޓުތަކާމެދު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދާ އަންހެން ފަނޑިޔާރުން ނުރައްކަލު ގެ ތެރެއަށް ވައްޓާލަން ފާޅުގައި އަޑު އުފުލި މީހަކީވެސް ޝިއުނާއެވެ.
ޝިއުނާއަކީ ރާއްޖޭގެ ރައީސެއްގެ ފުރާނަ ފުޅަށް ގެއްލުން ދިނުމަށް ގޮވާލާ ހިތްވަރުދިން މުޑުދާރު ޖައްބާރު އަންހެނެކެވެ. ޝިއުނާ ކަހަލަ މީހުން ވަކި ކުޑަކުއްޖެގެ ހައްގު މާބޮޑުވެގެން އަނގަ ދިޔާކުރަނީ ލިބޭ މުސާރައާއި މަގާމަށްޓަކާކަން އޮޅެގެން މީހަކު ނޫޅެއެވެ.
ޝިއުނާގެ މުޑުދާރު އަމަލުތަކުގެ ތަހުގީގު އަވަސްކޮށް ގާނޫނީ ގޮތުން އެޅެންއޮތް އެންމެ ވަރުގަދަ ފިޔަވަޅު އަޅަން ޖެހެއެވެ. އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ރައްޔިތުންނަށް ފުރައްސާރަ ކުރުމުގެ ސަބަބުން ދައުލަތަށް ލިބުނު އެތައް މިލިޔަން ޑޮލަރ ގެއްލުމުގެ ބަދަލު ޝިއުނާ އަތުން އަތުލަން ޖެހެއެވެ. މަސައްކަތް ނުކޮށް ދައުލަތުގެ ފައިސާއިން ނެގި މުސާރައާއި އިނާޔަތްތައް ދައުލަތަށް އަނބުރާ ހޯދަން ޖެހެއެވެ.
ކުރީގެ ރައީސެއްގެ ފުރާނަފުޅު ދުއްވާލުމަށް ޝިއުނާ ގޮވާލާފައި އޮތް އޮތުމަށް ތަހުގީގުކޮށް ޓެރެރިޒަމްގެ ދައުވާ އުފުލާ އަދަބުދޭން ޖެހެއެވެ. ފަނޑިޔާރުންނަށް ބިރުދެއްކުމާ އިންޒާރު ދިނުމުގެ ކުށުގެ އަމަލުވެސް އެއޮތީއެވެ. ހައްގާ އިންސާފާއި ގާނޫނާއި ދީނުގެ ވާހަކަ މީހުންގެތެރޭގައި ޝިއުނާ ދައްކާކަށް ތާހިރެއްނޫނެވެ. ފަހުގެ ތާރީހުގައި މުޅި ގައުމުގެ އެންމެ ބޮޑު އެއް ހަލާކަކީ ޝީއުނާއެވެ. ހައްރުކުރަންވީ މަންދިޢެއް ނޫނެވެ. ހައްޔަރު ކުރަންވީ ޝިއުނާއެވެ.