އިހުސާނަށް: ވަގުފޯމް މައްސަލަ ބަލާ އަމިއްލައަތުގާ ބިޑިއަޅާ!

ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކުރާ ވާހަކަ އަލީ އިހުސާން ބުނީމަ މީހުންގާތަށް އަންނަނީ ހިންޏެވެ. މުއިއްޒު ސަރުކާރުގެ މަތިފަޑީގައި ކޮރަޕްޝަނުން ފޯވެފާތިބި އެތައް ބަޔަކު ތިބިއިރު އިހުސާނަށް ހުއްޓުވޭނީ ކޮން ކޮރަޕްޝަނެއް ހެއްޔެވެ.
މުއިއްޒުން ފެށިގެން ބާރަށު ޝުޖާއާއި ހަމައަށްވެސް ކޮރަޕްޝަނުގެ އިނގިލި ދިއްނުކުރެވޭ ހަމައެކަކު ޕީއެންސީ ސަރުކާރުގައި ބަސްކިޔަން ނެތެވެ. އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރެއިން އަދީބު ފައިލުން ތިލަވެފައި އޮތް ގިނަ ނަންތައް ފެންނަން އޮތީ މުއިއްޒު ސަރުކާރުގެ ތެރެއިންނެވެ.
މުއިއްޒުގެ ވަޒީރުކަމާއި މޭޔަރ ކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނަތުގެ މައްސަލަތައް ހިއްލާލިޔަސް ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުގައި ކުރެވޭނެ އެއްކަމެއް ނޯންނާނެކަން ޔަގީނެވެ.
މިވެރިކަމުގައި ނިމިގެން މިދާ 2 އަހަރު ތެރޭގައި ފާޅުވެ ފަޅާއަރާފައިވާ ބޮޑެތި ކޮރަޕްޝަންތަކަށް ބަލާލިޔަސް ވެވޭނެ ޖަވާބުދާރިއެއް އިހުސާނަކަށް ނުއޮންނާނެއެވެ. އަމްދުން ފަޒުލު ހިންގާލި އެޗްޑީސީ ހިލާލުންގަޑު ފަދަ ޖަރީމަށް ތިޔަހުރީ އުނގަށްލައިގެން ކުރިއަށް ނުދެވިފައެވެ. ފެނަކަ މުއާޒާއި ޝުޖާއާއި ފަލާހުގެ ޖަރީމަތައް އެކަނިވިޔަސް ބަލާ ފިޔަވަޅު އެޅުމުގެ ހިއްވަރެއް ނުހުންނާނެއެވެ.
ރަސްމާލެ ރާޖޫ ކޮރަޕްޝަނާއި ވިޓޯލް ބަންކަރިން ސްކޭމާއި ފައިނެންޝަލް ސެންޓަރުގެ ސްކޭމާއި ޕީއެންސީ ވަގުފޯމް ސްކޭމް ފަދަ މަޝްހޫރު މައްސަލަތައް ބަލާ އަމިއްލައަށް ބިޑި އެޅުމުގެ ގަޓު ހުރިއްޔާ އިހުސާނު އެކަންވެސް ދައްކާލަ ބަލާށެވެ. ނުވާނެއެވެ. ނުކެރޭނެއެވެ.