ގައުމަށް ހަރާން ކޯރުންގެ ގޮށްމުށު ވެރިކަން

ގައުމަށް ހަރާން ކޯރުންގެ ގޮށްމުށު ވެރިކަން

މުއިއްޒަށް ނުބައި ނުލަފާކަން ދެއްކެނީ ނުބައި ނުލަފާކަން ދައްކަން ބަޔަކު ބާރުދޭތީއެވެ. އެމީހުންގެ ނުބައި ނުލަފާކަން ނެތްނަމަ މުއިއްޒަށް ޖެހޭނީ ސައިޒުވެ ތިރިވާށެވެ. މުއިއްޒު ވިޔަސް ސާޖިދާވިޔަސް ވަޒީރަކުކަމުގައި ވިޔަސް އެ މީހުންގެ ޒާތުގައި އެއްޔަކީ ބާރެއް ހުރި ބައެއް ނޫނެވެ. 

މުއިއްޒު ނުބައި ނުލަފާކަން ދައްކަން މަގުކޮށާދީ ޖާގަދެނީ ރައްޔިތުންގެ މަޖިލީހުގައި ތިބި 80 ވަރަކަށް މެންބަރުންނެވެ. މަޖިލީހުގެ ކަންކަން މުއިއްޒު ބުނާގޮތަށް ތަރުތީބުކޮށްދީ ހަމަ އަޅުވަނީ ފޮނަދޫ އަބްދުއްރަހީމާއި ނަމިރާ ނާޒިމެވެ. ކުރި ބޯށީގައި އަބްދުއް ރަހީމް ބައިންދާފާ އިނަސް މުޅިގޭމް ޕްލޭން ޜާވަނީ މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ ނަމިރާ ނާޒިމެވެ. އިނގުރާއިދޫ މާވަޑި ފަލާހު މޫނުމައްޗަށް ނެރެ ދައްކާފައި ބަހައްޓައިގެން ރާރާ ގުޑި ހައްދާފައި މީހުނާ ކުރިމަތިލާން ބަޔަކުތިބެއެވެ.  ދަނޑިމަތި އަނބުރަން ނެރެފައި ތިބެނީ ހޯރަފުށީ މުހައްމަދާއި ބާރަށު ޝުޖާއާއި އިބްރާހީމް ޖަނާބު ކަހަލަ ސާހިބުގެ ބުމަރުތަކެވެ. ބަނޑު ދޮށިއަޅަން ބޮޗޭއާއި އައިފާނާއި ދިއްދޫ ލަތީފުމެން ކަހަލަ ބަޔަކު ތިބެއެވެ. 

ދައުލަތް ދަވާލުމުގެ އުކުޅުތައް ރޭވުމުގައި ރޭދްވޭވް ސަލީމުމެން ކަހަލަ ބައިގަޑެއް މަޖިލީހުގެ ތެރޭން ކަންކަން ތަރުތީބު ކޮށްދެއެވެ. ގާނޫނީ އޮނިގަނޑު ރޫޅާލާ ޝަރުއީ ނިޒާމް މުއިއްޒުގެ އަންބޮޑިއަށް ޖަހާދިނުމުގައި މަނަދޫ މުބާރަކާއި ގުރައިދޫ ރިޒާއާއި މިލަދޫ ސައްތާރުމެންގެ ދައުރު ބޮޑެވެ. މުއިއްޒުގެ ކޮއްކޮ ސައުދާ އާއި ވިލާދަށުގެ އަސްމާއާއި އަނާރާ ނައީމުގެ ނުބައިކަމެއް ވަކީން ކުޑައެއް ނޫނެވެ. ޖުމްލަކޮށް ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުންހެން އެތިބީ ކޮށްގެން ތިބި ހުވަޔާ ހިލާފަށް ރައްޔިތުން ދޫކޮށް މުއިއްޒަށް ބޯލަނބާ ކިޔަމަން ގަތުމަށް ބައިއަތު ހިފައިގެންނެވެ. 

މަޖިލިސް ބަނދެލާފާ އޮތުމުން މިނިވަން މުއައްސަސާތައްވެސް އޮތީ ހާތްކެނޑިފައެވެ. އެގޮތުން އެސީސީއަށްވުރެ ވަކީން ކޮރަޕްޓް އެހެން ތަނެއް ނެތެވެ. އޭސީސީގެ ރައީސް ޝާމިލު އިސްވެ ހުރެ ކުޜަހާވެސް ކަމަކީ މުއިއްޒު ސަރުކާރުގެ ފަސާދަތަކުގައި މަތިއަޅާ މުލައްމާ ކޮށްދިނުމެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނާސިހަކީ ގައިރުގާނޫނީ ގޮތަކަށް ސާޖިދާއަށް ނޯޕޭ ލީވްދީގެން ކޮންޓްރެކްޓަށް ފައިސާ ހޯދާދެމުން ޖޭއެސްސީގައި އިންނަ މުއިއްޒުގެ ނަށާ މާނޑެކެވެ. ޕީޖީ އައްބާހަކީ ތައިލެންޑްގައި އަންހެނުނާ ދަރިން ބައިތިއްބައިގެން ދައުލަތުގެ ފައިސާ ހަރަދު ކުރުވަމުން މުއިއްޒަށް ކްރިމިނަލް ޖަސްޓިސް ހިލައިލަދޭ މުޖުރިމެވެ. އޮޑިތަރ ޖެނެރަލް ނިޔާޒީއަކީވެސް މުއިއްޒާ ޖެހުމުން ކަނު މަންމަން ބީރު މީހެކެވެ.