މުއިއްޒާ ދެކޮޅަށް މުޒާހަރާ ޖައްސަން ޔާމީނު ރާވަނީ!

އެމްޑީޕީ ނިކުންނާނީ ގުއިރޯނެއްގައި އޮޅޭކަށް ނޫން

މުއިއްޒާ ދެކޮޅަށް މުޒާހަރާ ޖައްސަން ޔާމީނު ރާވަނީ!

މަގުތައް ހަލަބޮލިކޮށް މުޒާހަރާ މޯޑަށް މާލެ ބަދަލު ކޮށްލެވޭތޯ އެމްޑީޕީގެ ހާއްޔަށް ދަނޑި ބާނާ ރުޅިއެރުވޭތޯ ޕީޕީއެމްގެ 10 ވަރަކަށް މީހުން އިއްޔެ މާލޭގައި ގަނޑެއް ގަނެފިއެވެ. ރައީސް ޞޯލިޙްގެ ގޭދޮށަށް ރައީސް ޔާމީނަށް މަރުދޭ މީހަކު އިސްވެހުރެ އޭގެ ދޮޅަހަކަށް މީހުން ގޮސް ފޮނުއަރުވައިފިއެވެ.

ބޭނުމަކީ އެމްޑީޕީ މީހުންގެ ހަތައަށް ގަޅިއުކާ ހާއްޔަށް ދަނޑިބާނައިގެން މާލޭގެ މަގުތަކަށް ނެރެ މުއިއްޒުގެ ސަރުކާރު ފެށޭ ދުވަހުވެސް ރަށުތެރެ ހަލަބޮލި ކުރުމުގެ ރޭވުމެއް ތަންފީޒު ކުރުން ކަމަށް ބެލެވެއެވެ. 

ވާހަކައެއް ބުނަމެވެ. ރައީސް ސޯލިހާ ދިމާ ކުރިއަސް އެމްޑީޕީ ނިކުންނާނީ ތިޔަކަހަލަ ގުއިރޯނެއްގައި އޮޅޭކަށް ނޫނެވެ. ތިޔައީ މުއިއްޒަށް ޕްރެޝަރ ބޮޑު ކުރަން މުއިއްޒާ ދެކޮޅަށް ތިޔަ ތަނުގެ ތެރޭން ހަލުވާ ހެލުވުމެވެ.

ޝަރުތު ހަމަނުވެ ފޯމް ގައި ދޮގު މައުލޫމާތު ހިމަނައިގެން ފްލެޓުން ކެޓި މަދު މީސްކޮޅެއް ކުރިއަށް ނެރެފައި ތިޔަހުރީ މުއިއްޒުގެ އިތުބާރެއް ނެތް ، އާސަރުކާރަށް ޝަރުތު ހަމަނުވާ މީހެކެވެ. 

އެމްޑީޕީ އެންމެ ބޮޑަށް ޗާޖް ވާނީ އަނިޔާވެރި ވީމައެވެ. އެކަމާ ދެކޮޅަށް އެމްޑީޕީ ނުކުތީމާ އަޅާނެ ބިޑިއާ ލާނެ ގޮޅިއާ ޖަހާނެ ކަރުނަ ގޭސް ހުސްވާއިރުވެސް މަގުތަށް މަތިން އެމްޑީޕީ ހުހެއް ނުކުރެވޭނެއެވެ. އަދި ފެންނަ ފެނުމަށް ޑރ މުއިއްޒަކީ ޕީޕީއެމްގެ ކުރީ ސަރުކާރުހެން އިންސާނުން ގަނޑުކޮށް ޖަލުތަކުގައި ގުދަން ކުރާނެ ވެރިއެއް ކަމަކަށް ނުބެލެވެއެވެ.

ރައީސް ޔާމީނަށް މޮޅުކޮށްދޭން މުއިއްޒު ސަރުކާރުގައި ތިޔަހެން އެމްޑީޕީ މީހުން މަގުތަކަށް ނެރެން އުޅެނިކޮށް އަތަށް ގޮވާފާނެއެވެ. ހ. ދޫވެހީގައި އެހެރަމީހާ އަނބުރާ ޖަލަށް ނުގެންގޮސް މުއިއްޒަށް ފަރު ނުޖެހޭ ވަރަށް، ދޫވެހިކައިރިއަށް ބާރުކޮށް ބޯކޮށް އެމްޑީޕީ އެއްވެ މުޒާހަރާ ކުރަންފެށީމާ މަންޒަރު މާ ރީއްޗެއް ނުވާނެއެވެ.

އަދި މިކަމުގެ ނަގާ ކިޔާމުރީދަކަށް ހުރީ ނަޞޯރާދީން ރާއްޖޭގައި ފެތުރުމަށް ބޭނުންވާ ފަތްފުއްތައް ވަގަށް ރާައްޖެ އެތެރެ ކޮށްގެން ފިޔަވަޅު އަޅާފައިވާ މީހަކަށްވާތީ މީގެ ފަހަތުގައިވާ ނުރައްކަލުގެ އަޑިއެއް ނޭނގެއެވެ.