އެހެން ދީންތައް އިސްތިހާރު ކުރުމުގައި އިދިކޮޅު ވަރުބަލި
އިދިކޮޅުން އިސްތިހާރުކޮށް ހަދަނީ ސުމާރެއް ނެތި
ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭކަމަށް ބުނެ އިދިކޮޅުން ފައިސާ ދީގެން އިންޑިއާގެ ނޫސްތަކުގައި ސަރުކާރާ ދެކޮޅު ލިއުންތަށް ލިއުއްވަން ފަށައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.
މީގެ ކުރިންވެސް އެފަދަ ފަރާތްތައް އަޑީގައި ތިބެގެން އައްޑޫގައި މަގުހެދި ބަޔަކަށް ފައިސާ ދީގެން ކާށިޖަހާ އެވީޑިއޯ ޢާންމު ކޮށް އޭގެ ޒަރީޢާ އިން ސަރުކާރާ ދެކޮޅަށް ނަފްރަތު އުފައްދަން މަސައްކަތް ކުރިއެވެ.
އިންތިޚާބް ކައިރިވެފައި ވަނިކޮށް އިދިކޮޅުން ފައިސާ ދީގެން މާލެ ގެނައި ހިންދޫ ފާދިރީ އެއްވެސް ސަރުކާރުން ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯރޓް ކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާ މީހުން ހޯދާ ފައިސާ ދީގެން މިފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގުމަށް އިދިކޮޅުން ރާވަމުންދާ ކަމަށް ވެއެވެ. އެގޮތުން އެހެން ގައުމެއްގައި ކަރުތާފެނަށް މޫދަށް އެރިގެން ބަޔަކު ކުޅަ އަޅުކަމެއްގެ ފޮޓޯ ރާއްޖޭގެ ފޮޓޯއެއްކަމަށް ހަދައިގެން އިދިކޮޅުން އިސްތިހާރު ކޮށްފިއެވެ.
އިސްލާމްދީން ނޫން ދީންތައް ވެސް ދުނިޔޭގައި ހުރިކަމާ އެ ދީންތަކުގެ އަޅުކަން ހިނގާ ތަފާތު ގޮތްތައް ރާއްޖޭގައި ނުސީދާ ކޮށް އިދިކޮޅުން އިސްތިހާރުކޮށް ހަދަނީ ސުމާރެއް ނެތިއެވެ. ނޫން ކަމަށް ހެދިގެން ތިބެ ދިވެހިންގެ ހިތްތަކަށް ބާތިލު އަގީތަކުގެ މެސެޖްދީ އެކަމަށް ދިވެހިން އާކަނޑާލަނީއެވެ. އެއީ ނޯމަލް ވާހަކަ އަކަށް ހަދަން އިދިކޮޅުން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. ރެއާ ދުވާލު މެދުނުކެނޑި އިސްލާމް ދީން ނޫން ދީންތަކުގެ ވާހަަކަ އިދިކޮޅުން ދައްކަމުން ދިޔަނަމަވެސް އެއްވެސް ދިވެއްސަކު އެއިން ދީނެއް ގަބޫލެއް ނުކުރެއެވެ.