އިބޫގެ މޫނުމަތިން ނުތަނަވަސްކަމެއް ހާސްކަމެއް ނުފެނޭ

ސިޔާސީ ޕާޓީތަކާއި އެހެން ސިޔާސީވެރިންވެސް ހޭބޯނާރާ އުޅެނީ ސިޔާސީ ކަންކަމުގަ

އިބޫގެ މޫނުމަތިން ނުތަނަވަސްކަމެއް ހާސްކަމެއް ނުފެނޭ

ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ހުރިހާ ސިޔާސީވެރިން ވެސް މިއަދު ސިޔާސީ ކަންކަމުގައި މަރުފަލި ޖަހަމުންދާއިރު، ރައްޔިތުން ވެސް މިއަދު ހޭބޯނާރައި އުޅެމުން ދަނީ ސިޔާސީ ކަންކަމުގައެވެ. އަދި ކުރިއައް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރެވެންހުރި ހުރިހާކަމެއް ކުރުމުގައި ސިޔާސީ ފަރާތްތަކުން ފަލި ބާލައިގެން ފަލިޖަހަނީއެވެ. މަހުޖަނުން ޖާޑިތައް ހުޅުވާލާ ރައްޔިތުންނަށް ޖާޑީގައި ހުރިއެއްޗެއް ދައްކަން މަސަތްކަތް ކުރާއިރު، މުޖިރުމުން އެއީ ހުދުކާފޫރުކަން ދައްކަން މަސަތްކަތްކުރެއެވެ.

މިދެންނެވި ފަރާތްތަކުގެ އަމާޒު ފަތްގަނޑަކައް މިއަދު ވެފައިވަނީ މިހާރުގެ ރާއީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.  މަހުޖަނުންނާއި ސިޔާސީ ފަރާތްތަކުން ރައީސައް ނުކުރާ ޖެއްސުމެއް ނެތެވެ. ނުކުރާ ފުރައްސާރައެއް ނެތެވެ. ސަރުކާރުގެ ތެރޭގައި ތިބެގެންނާއި، ޕާޓީގެ އިސްސަފުގައި ތިބެގެންވެސް މެއެވެ. ކައިރިންނާއި ދުރުންވެސް ކުރެވެން އޮތްހާ ޖެއްސުމެއް ކުރަމުން ދެއެވެ.

މުޅި ދުނިއަށް ދިމާވި އާލަމީ ބަލިމަޑުކަމުގެ ތެރޭންވެސް ދިވެހިންނަށް ދިން ހިއްވަރާއި ކެނޑިނޭޅި ރައްޔިތުންނާއިއެކު ކުރިބުރަ މަސަތްކަތުން ގައުމު ސަލާމަތްކޮށް ރައްޔިތުންނަށް ރައްކަތެރިކަން ފޯރުކޮށްދިނުމުގައި ރައީސް އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހެއެވެ. އުނދަގުލާއި އެކުވެސް ގައުމު އަމާން އައްސޭރިއައް ވާސިލް ކޮށްދެއްވައިފިއެވެ. ރައްޔިތުން ބިކަވިޔަނުދީ ގައުމުގެ މާލީހާލަތު ކައިރިން ބައްލަވާ މޫނުތަކަށް ނުތަނަވަސް ވެރިނުވާނޭ މިންވަރަށް މަސަތްކަތް ކޮށްދެއްވިއެވެ. އިދިކީލި ސިޔާސީ ހުރިހާ ފަރާތްތަކުން ޖެއްސުން ކުރަމުން ދަނިކޮށްވެސް ކެއްތެރިކަމާއިއެކު ރައްޔިތުނާއެކު ރައީސް ސޯލިހު ވިއެވެ. ކުޑަވެސް މާޔޫސްކަމެއް ނެތްފަދައިން ގައުމައިގެން ކުރިއަށް ދިމުގައި ސާބިތުވެ ހުއްޓެވެ.

މިއަދު އެންމެން ސިޔާސީކަންކަމާއި ހޭކެނޑިވެގެން އުޅޭއިރު ރައީސް ފެންނަނި ވަރަށް ބޮޑަށް ހަމަޖެހި ރައްޔިތުންގެ ކަންކަމުގައި އަވަދިނެތި އުޅުއްވާތަނެވެ. އެންމެންގެ ހިތުގައި އުފެދޭ ސުވާލަކީ މިއޮއްފަދަ ދުވަސްވަރު ރައީސް މިހާ ހަމަޖެހިގެން މިހުންނަ ވަނީ ކީއްވެބާއެވެ. މިކަމާ އެންމެ ހައިރާންވެ އަންތަރީސް ވަނީ ރައީސްއާއި އިދިކޮޅު ފަރާތްތަކުންނެވެ.

މީހަކު އުފާވެފައި ހުންނަނީ އެ މީހަކު ހިތްހަމަޖެހޭ މިންވަރަށް ކަންކަން ކުރެވެމުން ދާތީއެވެ. ހިތްތަކަށް އުފާވެރިކަން ދެއްވަނީ އަނެކުންނާއި ދޭތެރޭ ރަނގަޅައް ކަންކަން ކުރެވިފައި ވާތީއެވެ. ކުރެވޭ އިހުލާސްތެރި މަސައްކަތާއި އެކު ލިބެވޭ ލޯތްބާއި އިތުބާރާއި ކާމިޔާބީއެވެ.

މިއަދު ރައީސްގެ މޫނުމަތިން ފެނިގެންދާ ހަމަޖެހުމަކީ މާދާމައަކީވެސް ގައުމަށް ހަމަޖެހިގެން ކުރިއަށް ދިޔުމަށް އޮތްފަހި މަގެއްގެ ނިސާން ކަމަށް ގަބޫލު ކުރެވިދާނެއެވެ. ރައީސްގެ މޫނުމަތިން ހާސްކަމެއް ނުފެނުން އެއީ މާދާމާ ރައްޔިތުމީހާ ކުރަމުން އަންނަ އުންމީދުތައް ހާސްކަމެއްނެތި ފުއްދާދެވިގެންދާނެކަމުގެ ޔަގީންކަން ކަމަށްވެސް ވެދާނެއެވެ. މާދަމާ ކަންވާނެ ގޮތް އެނގޭނީ ވީމައެވެ. ކުރެވޭނީ އުންމީދެވެ. އުންމީދު ހާސިލުކުރުމަށް ކުރެވޭނީ މަސައްކަތެވެ.  މިއަދުގެ ދުއާއަކީ ގައުމަށް ރަނގަޅު ގޮތްވުމެވެ. މިހާރުވެސް މިއޮތް ހަމަޖެހުމާއި އެއްބައިވަންތަ ކަމުގައި ގައުމު ލެހެއްޓެވެމުވެ.