ބޭސް ހުސްވީ ކަމެއް ބެޓެރި ހުސްވީކަމެއްނޭގެ!
ރާއްޖޭގެ ތަރައްގީގެ ދުވެލި ހުރީ ރަނގަޅު މާލިމީއަކާއި އެކު ރަނގަޅު މިސްރާބަކަށް
ވިއްސާރަ މޫސުމްވެސް މިއޮތީ ލައިގެންފައެވެ. ވިއްސާރަ އަލިވެ މޫސުން ވެސް ރަނަގަޅުވާނެތާއެވެ. މިދުވަސްވަރު ކިތަންމެ ވިއްސާރަޔަސް ރާއްޖޭގެ އޮޑި ދުވަނީ އަންނަ ކޮޅިގަނޑުތަކުން ނައްޓަމުން ސަލާމަތުގެ އައްސޭރިއަށެވެ. ރާއްޖޭގެ ތަރައްގީގެ ދުވެލި ހުރީ ރަނގަޅު މާލިމީއަކާއި އެކު ރަނގަޅު މިސްރާބަކަށެވެ. ހަލުވި ދުވެލީގައި މިދާގޮތައް ދާނަމަ ރައީސް އިބޫއާއި އަރާހަމަކުރެވުމަކީ އުނދަގޫ ކަމަށް ވާނެއެވެ. އެކަމަކު ވެސް އެންމެ ފާގަހަ ކުރެވޭ ކަމަކީ މިވަރުންވެސް ބަޔަކު އިބޫ ފަހާ ދުވަން އުޅޭތީއެވެ. އަތުނުވާނެކަން އެނގޭ އިރުވެސް ހަމަ ދުވަނީއެވެ.
އެއް ރިމޯޓުން ހަތަރުކާރު ކޮންޓްރޯލް ނުކުރެވިގެން އުޅޭއިރު އިބޫ ކޮންޓްރޯލް ކޮށްލުމަކީ އެ މީހުނަށް ވާނެކަމެއް ނޫނެވެ. ބެޓެރިބައި ބަދަލުކުރިޔަސް އިބޫ އާއި އަރާހަމަކުރެވޭ ވަރަށް ޗާރޖު ހުންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ އުޅޭ ބަޔަކު ލައިގެން އުޅޭ ވިއްސާރަކޯޓްތައް މިމޫސުމަކަށް ނުވެސް ގުޅެއެވެ. އަނެއްކާވެސް ރައީސް ސޯލިހު އަތުލުމަށް އިތުރު ހުރަސްތަކެއް ކުރިމަތީވީއެވެ. ހަމައިގައި ނެތަތީ ދެވޭ ނުދެވޭ ތަނެތް ނޭގުމަކީވެސް ރައީސް ސޯލިހު އާއި އަރާ ހަމަކުރުމަށް އޮތް ވަރަށްބޮޑު ހުރަހެކެވެ.
ކޮންމެ ގޮތެއްވިޔަސް އުޅޭ ބަޔަކު ރައީސް ސޯލިހާއި އަޅައިގަނެން އުޅޭނެތާއެވެ. އެވެރިންނަށްް ފަހުން ގަތް ކާރުތައް ދުއްވެން އޮތް ހަމައެކަނި ގޮތަކީ މިކަހަލަ ކަމެއްކޮށްލައިގެން ކުރެވޭނެކަމެކެވެ. ކުޑަކޮށްވެސް ބެޓެރީގައި ޗާޖު ހުންނާނީ އޭރުންނެވެ. އިއްޔެ މިވެރިންނަށް ދިވެހިން ނަކީ މޮޔައިންނެވެ. ދިވެހިންނަކީ އެއްވެސް އެއްޗެއް ވިސްނޭ ބައެއްވެސް ނޫނެވެ. ދިވެހިން ކައިގެން ބޮއިގެން އުޅެނީ މިމީހުން ތައްޕާހުންނެވެ. މި މީހުން ހިތުން ދިވެހިން މީ އެ ހާވެސް ދަށުދަރަޖައިގެ ބައެވެ. އެކަމަކު ކުއްލިޔަކަށް މާ ރައްޔިތުން ވެގެން ނުކުމެ ރައްޔިތުން ނަށް ރަން އިލޮށިން ކަދުރުކާންދޭން މަސަތްކަތް ކުރަނީއެވެ.
ރައްޔިތުމީހާ ހަމަ އެހާ މޮޔަހެއްޔެވެ. މަހުޖަނުންނާއި ، ފިކުރުތަކުން ނުކުމެ ރައްޔިތުން މޮޔަހައްދަން ހަމަ އެހާ ފަސޭހަ ވާނެކަމަށް ދެކެނީ ހެއްޔެވެ. ރައްޔިތުން ނުކުމެ ހަމަބިމަށް ސައިޒުކޮށްލި ހަނދާން ކުރަންޖޭހޭ ބަޔަކުވެސް ތިބޭނެއެވެ. ސޫލާ ސަރާބީގެ ތަންމަތީގައި އޮވާ ވެރިކަން ފޮރޮޅިގެން ދިޔަހަނދާންވެސް ރައްޔިތުން ހުންނާއެވެ. ކޮވިޑުގެ އާލަމީ ބަލިމަޑުކަމުގައި ނާށިގަނޑު ހިފާގެން މަހުޖަނުކައިރިއަށް ދިޔަ ޒުވާނާއަށް އެންމެ އެއްހާސް ރުފިޔާގެ މުސާރައެއްދިން ހަނދާން ރައްޔިތުމީހާއާއި އޭނާގެ މައިންބަފައިންނާއި ދަރިން ހަނދާން ހުންނާނެއެވެ. މިއަދު ނުކުމެ ރައްޔިޔުންނަށް އިންޑިޔާ އާއި އިންގިރޭސިވިލާތް ވެސް ހޯދަދޭނަމޭ ތިވެރިން ބުނެފާނެއެވެ. އެއީ ރައްޔިތުންނަކީ އެހާވެސް މޮޔަ ބައެއްކަމަށް އެވެރިން ދެކޭތީއެވެ. މި ވަރުބަޔަކު ހިކުމަތްރި ރައީސަކު ފަހަތުން ދުވެ އަތުލެވޭނެ ގޮތެއް ނުވިސްނެއެވެ. އަމުދުން ދިވެހި ރައްޔިތުން ހެއްލޭނެ ވާހަކައެއް ދެއްކިދާނެކަމަކަށް ނުފެނެއެވެ. އުޅޭ ގޮތުން ބޭސް ހުސްވީކަމެއް ބެޓެރި ހުސްވީކަމެއްވެސް ނޭގެއެވެ.