15 އަހަރުގެ ކުއްޖަކާ ގުޅުންހިންގި ކުއްޖަކު ހައްޔަރުކޮށްފި

15 އަހަރުގެ ކުއްޖަކާ ގުޅުންހިންގި ކުއްޖަކު ހައްޔަރުކޮށްފި

15 އަހަރުގެ އަންހެން ކުއްޖަކާ ބަދަހްލާގީ ގުޅުން ހިންގި މައްސަލައަކާ ގުޅިގެން  18 އަހަރުގެ ފުރާވަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިގައިފައި ވަނީ މެލޭސިޔާގެ ލަޔަންގްގެ އަވަށެއް ކަމުގައިވާ މުރްނީ ޖަޔާގައިއެވެ.

15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ ބުނާ ގޮތުގައި ފާޚާނާގެ ތެރޭން ދަރިފުޅު ހަޅޭލައިގެން އަޑު އިވިގެން ބެލިއިރު ފާހާނާ ތަށީގެ ތެރޭގައި ކުޑަކުއްޖަކު އޮތެވެ. ތުއްތުކުއްޖާއަކީ 15 އަހަރުގެ އަންހެން ކުއްޖާގެ ދަރިއެކެވެ. އޭނަގެ 15 އަހަރުގެ އަންހެން ދަރިފުޅު ހަޅޭލައިގަތީ ތަދުވެގެން ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު އެ އަންހެން މީހާ ދަރިފުޅު ގޮވައިގެން ސުލްތާނާ އަމީނާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔައެވެ.

ޕޯސްޓްމޯޓަމް އިން އެނގުނު ގޮތުގައި އެ ކުޑަ ކުއްޖާގެ އުމުރުރަކީ 28 ހަފްތާއެވެ. ގަދަކަމުން މަޖުބޫރުކޮށްގެން ނުވަތަ އަނިޔާއެއް ދީގެން ދަރި ވައްޓާލާފައި ވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށެއްނެތެއެވެ. މައްސަލާގައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮއް ތަހުގީގުފަށާފައިއެވެ.

މި ކުއްޖާއަށް ވަނީ މެއި މަހުގެ 22 ވަނަ ދުވަހު ޖޮހޯރު ބާރޫގެ ސެޝަންސް ކޯޓުގައި ދައުވާ އުފުލާފައިއެވެ. އޭނާގެ މައްޗަށް ވަނީ ގާނޫނުލް އުގޫބާތުގެ 376 ވަނަ މާއްދާގެ (2) ގެ ދަށުން ބަދަހްލާގީ އަމަލު ހިންގުމުގެ ދައުވާ އުފުލާފައިއެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮއް 15،000 ރިންގިޓްގެ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅާފައެވެ.