ސްޕްރީމްކޯޓް ހައިޖެކް ކޮށްގެންހުރެ ހޯދާދެވޭނެ އިންސާފެއް ނޯންނާނެ!

މާޒް ސަލީމް ވިދާޅުވިއެވެ.މިއުޅެނީ މުޢިއްޒުގެ ތެދުވެރިކަމާ އިޚުލާސް ތެރިކަން ނެތިގެން: މާޒް

ސްޕްރީމްކޯޓް ހައިޖެކް ކޮށްގެންހުރެ ހޯދާދެވޭނެ އިންސާފެއް ނޯންނާނެ!

ރާނާ މީހަކާ، ފަނޑިޔާރަކާ އަދި ޑޮކޮޓަރެއް ލައިގެން ހަދާ ކަމިޝަނަކުން ޔުމުނުގެ މަރުގެ ހަގީގަތް ރައްޔިތުންނަށް އެނގޭނެ އެއްވެސް ފޮރމިޔުލާއެއް ނެތްކަމަށް ދާހިލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރެއް ކަމުގައިވާ މާޒް ސަލީމް ވިދާޅުވެއެވެ.

"މިއުޅެނީ މުޢިއްޒުގެ ތެދުވެރިކަމާއި އިހުލާސް ތެެރިކަން ނެތިގެންނެވެ. އިންތިހާއަށް ދޮގުހެދުމާއި މަކަރާއި ހީލަތްތެރިކަން ބޮޑުވެގެންނެވެ. ފަނޑިޔާރަކާ ޑޮކުޓަރަކާއި އަދި އިތުރު މީހުންލައިގެން ކަމިޝަނެއް މިހަދަނީ އަނެއްކާވެސް އިތުރަށް ކަމުގެ ހަގީގަތް އޮޅުވާލުމަށެވެ." މާޒް ވިދާޅުވިއެވެ. ފުލުހުންނަކީ ތަހުގީގު ކުރުމާ ފޮރިންސިކު ހެކިތައް ހޯދުމަށް ކުޅަދާނަކަން ލިބި އެރޮނގުން އެތައް ތަޢުލީމެއް ހާސިލްކޮށް އެތައް ތަޖުރިބާއެއް ލިބިފައިވާ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންނަކީ މިނިވަން ބައެއްކަމަށާއި، ސުޕުރީމް ކޯޓަކީ 3 ބާރުގެ ތެރެއިން ވަކިބާރެކެވެ. މުޢިއްޒު ރައްޔިތުންގެ މެމްބަރުންގެ ބާރު ކަނޑުވާލި މަސްއަލާގައި ސުޕުރިމް ކޯޓުން މުޢިއްޒާ ދެކޮޅަށް ރައުޔެއް ނުކުންނާނެތީ ސުޕުރިމް ކޯޓުގެ ފަނޑިޔާރުން ކުޅަނދުރު ހަތާބައެއް ތަޅާލިހެން ތަޅާލާ އެތަނުގެ 3 ފަނޑިޔާރުން ސުޕުރިމް ކޯޓުން ނެރެލިމީހަކު، އޭނަގެ ބާރުގެ ދަށުން ހަދާ މިކަހަލަ ކަމިޝަނަކުން ދެފަރާތް ފެންނަ ތަހުގީގެއް ހިންގާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ. 

ފުލުހުންނަކީ ާބިލް ޕުރޮފެޝަނަލް ބައެއްކަމަށް ވާއިރު ޔުމުނުގެ މަސްއަލާގައި މިއުޅެނީ ފުލުހުންގެ ކުރައިމް އިންވެސްޓިގޭޝަންއިން މިކަމުގެ ހަގީގަތް ހާމަކޮށްފާނެތީ އެކަން ވިޔަނުދީ އެމީހުން ފިއްތާލައިގެންނެވެ. ފުލުހުން ފިއްތާލައިގެން ކަމުގެ ހަގީގަތް އޮޅުވާލާފަ އިތުރަށް ކަމިޝަން މިހަދަނީ ރައްޔިތުންގެ ލޮލޮގަ އަނެއްކާވެސް އަނދުން އަޅުވާ މިކަން ފޮރުވަން ވެގެންނެވެ. ކުއްލިޔަކަށް ހައުސިން މިނިސްޓްރީގައި ރޯވެ ހެކިތައް ނައްތާލިގޮތައް ޔުމުނަށް އިންސާފު ނުލިބޭނެކަން ޔަގީނެވެ. މާޒް ސަލީމް ވިދާޅުވިއެވެ.