ވޭނަކަށް ދިން ހަމަލާއެއްގާ 2 ކުއްޖަކު މަރުވެއްޖެ

ހަމަލާ ދީފަވަނީ ޕަންޖާބު ޕްރޮވިންސްގެ ސަރަހައްދެއްގައި

ވޭނަކަށް ދިން ހަމަލާއެއްގާ 2 ކުއްޖަކު މަރުވެއްޖެ

ޕާކިސްތާނުގެ ސްކޫލް ވޭނަކަށް އިއްޔެ ބަޔަކު ދިން ބަޑީގެ ހަމަލާއެގައި ދެ އަންހެން ކުދިން މަރުވެ، ހަ މީހަކު ޒަހަމްވެއްޖެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ހަމަލާ އަމާޒުކުރި ވޭނުގެ ޑްރައިވަރު ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ޕާކިސްތާނުގައި ސްކޫލް ވޭނަކަށް ހަމަލާ ދީފަވަނީ އެ ކުދިން ސްކޫލަށް ދާން ދަނިކޮށް އެ ގައުމުގެ ޕަންޖާބު ޕްރޮވިންސްގެ ސަރަހައްދެއްގައި ހެނދުނު 8 ޖާހާކަށް ހާއިރުއެވެ.

ލޯކަލް ޕޮލިސް ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި ބަޑިޖެހި މީހުން ވަނީ ފިލައިގެން ގޮސްފައެވެ. ބަޑިޖެހި މީހުންނަކީ ބަޑިޖެހުމުގެ ހާދިސާގައި އަނިޔާވި ޑްރައިވަރުގެ އާއިލާއާ އެކު މައްސަލަތަކެއް ކޯޓުގައި ހިނގަމުންދާ ބައެއްކަމަށެވެ.

ހަދިސާގައި މަރާލާފައިވާ ދެ އަންހެން ކުދިންނަކީ 10 ނުވަތަ 11 އަހަރުގެ ދެ އަންހެން ކުދިން ކަމަށް ވެސް ޕޮލިސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.