މީޑިއާގެ ދިފާއުގައި އައްބާސް ދައްކަވާ ނަމޫނާއަށް ސެލިއުޓްކުރެވޭ

މީޑިއާގެ ދިފާއުގައި އައްބާސް ދައްކަވާ ނަމޫނާއަށް ސެލިއުޓްކުރެވޭ

މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅައިގެން އުޅޭ މީޑއާ އެންޑް ބްރޮޑްކާސްޓިންގ ބިލަކީ މީޑިއާތަކަށް މާލީގޮތުން ދަތިކޮށް ނުރުހޭ ނޫސްވެރިން ޖަލަށްލާން ހުށައަޅާފައިވާ ބިލެއްކަމަށް މަޖިލީހުގެ ތަޅުމުގައި މެންބަރު އައްބާސް ވިދާޅުވެއްޖެއެވެ.

ބިލަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ " ދައުލަތުގެ މުއައްސަސާ ތަކުން ވައްކަން ކުރީމާ އެކަންތައް ހޯދާ ބަލައި މީޑިއާތަކުގައި ލިޔަން ތިބި ބޭފުޅުންގެ ހަތަރެސްފައި ބަންދުކޮށް ކަސްތޮޅު އަޅައި އެބޭފުޅުން ޖަލަށްލައި، އެބޭފުޅުންނަށް އަދަބު ދީ، ސަރުކާރު ނުރުހޭ ކޮންމެ މީޑިއާއެއް މާލީ ގޮތުން ދަތިކޮށް ޖެއްސުންކޮށް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުމަށް ހުށަހަޅާފައި އޮތް ބިލެއް" ކަމަށެވެ. 

މޯލްޑިވުސް މީޑިއާ އެންޑް ބްރޯޑުކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖުލީސްއަށް މިހާރު ހުށައެޅި ބަހުސްކުރަމުންދާ ބިލް ސަރުކާރު ނުވަތަ ޕީއެންސީ ގެ މެންބަރުންގެ ކުޑަވެސް ހެޔޮނިޔަތެއް އޮތްނަމަ އެއްވެސް ޝަރުތަކާ ނުލާ މަޖުލީސް އިން ބޭރުކޮށްލުމަށް އައްބާސްވަނީ އޭގެ ކުރިންވެސް ގޮވާލައްވާފައެވެ. ބިލްގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާ ނޭދެވޭ އަސަރުތަކެއް ކުރާނެ.ކަމަށް އައްބާސް ވިދާޅުވެއެވެ. ބިލުގެ ބައެއް މާއްދާތަކަށް ބަލާއިރު ސަރުކާރުން ބޭނުންވާ ކޮންމެ ނޫސްވެރިއަކަށް ޖިނާއީ ދައުވާކޮށް ޖަލަށް ލުމުގެ ފުރުސަތު ފަހިވެގެންވދާކަން އޭނާ ފާހަގަ ކުރައްވައެވެ.

ބިލު މިހާރު މިއޮތްގޮތުން މީޑިއާ ތަކާއި ނޫސް މަޖައްލާތަށް އެއިރަކު ހުންނަވާ ރައީސުލްޖުމްހުރިއްޔާގެ ބާރުގެ ދަށަށް ގެންދިއުމުށް ފުރުސަތު ފަހިވެގެންދާ ކަމަށާއި ވަކިވަކި ނޫސްވެރިން5000 އާއި 25000 އިން ޖޫރިމަނާ ކުރެވިގެންދާނެކަމަށް އައްބާސް ވިދާޅުވެއެވެ. މީޑިއާތަށް 100000 އިންޖޫރިމަނާ ކުރެވިގެންދާނެ ކަމުގެ ކަންބޮޑިވުން ފާޅުކުރައްވަމިން މީޑިއާ ބިލްގެ ސަބަބުން ނޫސްވެރިންދަރަނިވެރިވެ އެބައިމީހުންގެ އާއިލާތައް ބިކަވެ، މީޑިއާތައް ދަރަނިވެރިވެ މިނިވަން ނޫސްވެރިކަން ނެތި ފަނާވާނެކަމީ ޔަޤީންކަމެއް ކަމަށް އައްބާސް ވިދާޅުވެއެވެ.

ވަކި ފަރުދަކާއި ވަކި ޕާޓީއަކަށްވުރެ ގައުމު ބޮޑުވާނެކަން ރައްޔިތުން އިންތިހާބު ކުރައްވާފައިވާ ރައްޔިތުންގެ މަންދޫބުން މިއަދު ވިސްނާލައްވަން ޖެހޭ ކަމަށާއި ގައުމުގެ މަސްލަހަތާއި މުސްތަގުބަލް މުހިންމުވާނެކަން ރައްޔިތުންގެ މަންދޫބުނަށް އައްބާސް ހަނފުމަފުޅުކޮށް އަރުވައެވެ.