ރަސްފަންނާ ސްނާމީބިނާ ވީރާނާވާން ދޫކޮށްލީ މުއިއްޒު!
ރަސްފަންނު އޮތްކަން މުއިއްޒަށް އެނގެނީ އާޒިމް އާބާތުރަ ފިލުވަން ފެށީމަ

މެޑެލްޖެހުމާއި މުނާފިގު ކަމުގައި މުއިއްޒު ވަރުގެ ހަމައެކަކުވެސް ނުހުންނާނެއެވެ. ކުޅެލާ ޑްރާމާއާއި ދައްކާލާ މޮޅު ވާހަކައިން މީހުން އެތިބެނީ އާޝޯޚުވެ ދެމިޔަކަނުން ހަނދު އޮއްސިފައެވެ. ހައްދަވައިގެން ކުރާކަމެއްނެތި މީހުންކުރާ ކަންކަމުން ފައިދާ ނަގައިގެން މާހެޔޮއެދޭ އިހުލާސްތެރި ކަމެއް މުއިއްޒު މިދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ.
ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނިފައި މުއިއްޒު މާހިތާމަ ކުރާކަމަކަށް ހެދޭނެ ކަމެއްނެތެވެ. ރަސްފަންނާއި ސަލްޓަންޕާކާއި ދެ ތަންވެސް ހަލާކުވެ ވީރާނާވަމުން ދާކަން އެނގުނީ ރޯދަޔާ ދިމާކޮށް ސިޓީކައުންސިލުން އެތަންތަން އާބާތުރަ ފިލުވަން ފެށީމާ ހެއްޔެވެ.
ރަސްފަންނާއި ސަލްޓަންޕާކް ހައުސިން މިނިސްޓްރީ ދަށުގައި ބާއްވާއިގެން ސިޓީ ކައުންސިލުން އެއްވެސް ކަމެއް ކުރިޔަނުދީ އުޅެނީ މުއިއްޒު ސަރުކާރުންނެވެ. ހައުސިންގ މިނިސްޓްރީއާއި އެމްޓީސީސީންނެވެ.
ސިޓީ ކައުންސިލުން އެތަންތަން އާބާތުރަ ފިލުވުމަށް ހުއްޓާނުލާ ކުރި މަސައކަތުން ރަސްފަންނު ސިޓީ ކައުންސިލް ބޮލަށް ކަނޑާލުމުން އެތަނުގެ އާބާތުރަ ފިލުވަން ފެށުމުން އެކަމަކީ މުއިއްޒު ހިތަށް ކެތްނުވެގެން މާލޭ ރައްޔިތުނަށް ކޮށްދޭ ކަމަކަށް ހަދާކަށް އުޅޭނެކަމެއްނެތެވެ. ރަސްފަންނާއި ސަލްޓަންޕާކާ ދެތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން މުއިއްޒަށް އެނގުނީ އަދިކިޔާ ދޯއެވެ.
މާލެ ސިޓީ މޭޔަރުކަމުގައި ހުރިއިރު ބަޖެޓް ނެތް ބަހަނާގައި ރަސްފަންނާއި ސްނާމީ ބިނާ މައިދާން ވީރާނާވާން ދޫކޮށްލީ ތިޔަ މުއިއްޒެވެ. ކުރީ ސަރުކާރު ބަދުނާމްކޮށް ރައްޔިތުންގެ ހިތުގައި ސަރުކާރަށް ނަފްރަތު އުފެއްދުމުގެ ނުބައި ނިޔަތުގައެވެ. އެންމެ ފަހުން އޭރު ސަރުކާރަށް ޖެހުނީ މުއިއްޒުގެ އަތްދަށުން އެތަންތަން އަތުލާ މަރާމާތު ކުރާށެވެ. ސަރުކާރު ބަދަލުވުމުން އެތަންތަން އޮތީ މުއިއްޒުގެ އަތްދަށަށް ގޮސްފައެވެ. އެހެނެކޭ ކިޔާ ވެރިކަމަށް ދެ އަހަރުވާން ދާއިރު ރަސްފަންނާއި ސަލްޓަންޕާކްގެ ޢަބާތުރަ ފިލުވަން މުއިއްޒު ކުރި އެއްކަމެއް ނެތެވެ.
ސަރުކާރުގެ ފިއްތުމައި ގޮންޖެހުންތަކާއެކުވެސް މާލޭގައި އުޅޭ ރައްޔިތުންގެ އުފަލާއި ހިތްހަމަ ޖެހުމަށްޓަކައި މިހާރުގެ މޭޔަރ އާދަމް އާޒިމް އިސްނަންގަވައިގެން ގިނަކަންތައް ތަކެއް އެބަ ކުރައްވައެވެ. ޕާކްތަކާއި މައިޒާންތަކާއި މާލޭގޭ މަގުތަކުގެ އާބާތުރަ ފިލުވުމުގެ ސިލްސިލާ މަސައްކަތްތަކެއް ހުއްޓާނުލާ ސިޓީ ކައުންސިލުން އެބަކުރެއެވެ.
ތަކުރާރުކޮށް ސަރުކާރަށް ލިޔެ ޢަދޭސްކޮށްގެން ރޯދަމަހާ ދިމާކޮށް ސިޓީ ކައުންސިލުން ރަސްފަންނު އާބާތުރަ ފިލުވަން ފެށުމުން ރަސްފަންނު އާބާތުރަ ފިލުވުމަކީ މުއިއްޒުގެ ހިތްނޯވެގެން މާލޭ މީހުނަށް ކޮށްދޭ ކަމެއްކަމަށް ހެދެން އުޅޭނެކަމެއް ނެތެވެ. މާލޭގައި ދިރިއުޅޭ މީހުން ލޮލުގައި އަނދުން އަޅުވަން މުއިއްޒު އުޅޭނެ ކަމެއްނެތެވެ.