ޕީޕީއެމްގެ މޭގަނޑު އުފުރިގެން އެމްޑީޕީއާ ދިމާއަށް
ޕީޕީއެމްގެ މޭގަނޑު އުފުރިގެން އެމްޑީޕީއާ ދިމާއަށް އެހެރަ އަންނަނީ ފަތުއަޑު ކިޔާފަ
ލޯޔަރު އާސިފަކީ ރައީސް ޔާމީންގެ ލޯޔަލް ގާތް ބޭފުޅެކެވެ. ޕީޕީއެމްގެ އެތެރެއާ ބޭރާ ވާނުވާ ރަނގަޅަށް ސާފުވާ ބޭފުޅެކެވެ. އާސިފް ކަން ކުރައްވާނީ ރައީސް ޔާމީނަށް އެންމެ ރަނގަޅު ގޮތަށް އެ މަނިކުފާނުގެ މަޝްވަރާ ވެސް ލިބިގެން ކަމަށް ބެލެއެވެ. ކޮންމެ އަކަސް ވޯޓަށް ކުޑަތަންވި އިރު އާސިފް އެ ހުންނެވީ ރައީސް އިބޫ ހޮވަން ނުކުމެއެވެ.
ޕީޕީއެމް އެކަހެރިކޮށް ދިމްޔާތު ފެކްޝަނުން ހިންގާ ނޭއްގާނި ކަންކަމަށް ނުބައްލަވާ އާސިފްގެ ނިންމުން ނިންމެވި ސަބަބެއް ކަމަށް ބެލެނީ މުއިއްޒު ހޮވޭނެ އެއްގޮތް ވެސް ނެތުމެވެ. އަދި ހޮވުނަސް ރައީސް ޔާމީނަށް ލުޔެއް ދީފި ނަމަ އޭގެ ސިޔާސީ ގެއްލުން އޮތީ މުއިއްޒަށް ކަމަށް ވާތީ ރައީސް ޔާމީނަށް ރަނގަޅު ގޮތެއް މުއިއްޒު ނުހަދާނެކަން އާސިފަށް ގަބޫލު ކުރެއްވޭނެއެވެ.
ޕީޕީއެމް ތެރޭގައި މިކަމަށް އޮތް ނުތަނަވަސްކަން އާސިފަށް ސާފެވެ. އެއާ އެކު ފަހު ވަގުތު އާސިފް މި ޑިޒިޝަން ނެންގެވި ސަބަބަކީ ރައީސް ޔާމީނަށް އޮތް ތާއީދު މުއިއްޒަށް ނެތުމެވެ. މޮޅުވެގެން 30 އިންސައްތަ ވޯޓު ވެސް މުއިއްޒަށް ނެތްކަން ޔަގީންވެ ރައީސް ޞޯލިޙް އެއްބުރުން ކާމިޔާބު ކުރައްވާކަން ޕީޕީއެމްގެ އެތެރެކޮއެލަށް ކަށަވަރުވީއެވެ.
ތެދެކެވެ. ރައީސް ޔާމީނަށް ލުޔެއް ލިބިގެން ރައީސް އިބޫއަށް ލިބޭނެ ސިޔާސީ ގެއްލުމެއް އެ މަނިކުފާނަށް ގެއްލޭނެ ޕާޓީ އެއް ނެތެވެ.
ޕީޕީއެމްގެ މޭގަނޑު އުފުރިގެން އެމްޑީޕީއާ ދިމާއަށް އެހެރަ އަންނަނީ ފަތުއަޑު ކިޔާފައެވެ. މައުލޫމާތު ލިބޭ ގޮތުން ސިއްސައިގެންދާ ފަދަ ޕީޕީއެމްގެ ވަރުގަދަ ތަނބުތަށް އަދިވެސް ދާނީ އެމްޑީޕީ އާ ގުޅެމުންނެވެ. ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އަނެއް 5 އަހަރު ގަނަތެޅުމަށްވުރެ ޕީޕީއެމަށް ރަނގަޅީ ރައީސް ޞޯލިހާ އެކު ސުލްޙައިގާ ކުރިއަށް ގޮސް ދިމްޔާތު ފެކްޝަނުގެ އަތުން ޕީޕީއެމް ހޯދުމެވެ