އިހުސާންގެ ޓާގެޓަށް ނުފޫޒުގަދަ އެމްޕީންތަކެއް!
ގޭންގްކުށް ހުއްޓުވުމުގެ ނަމުގައި އިހުސާން ބޭނުންވާ ބަޔަކު ހައްޔަރުކޮށް ބާރު ކަނޑުވާލުމަކީ އިހުސާންގެ ބާރު ގަދަކުރުމަށް ހިންގާން ރާވާފައިވާ އެންމެ ނުރައްކާތެރި އެއްކަމެވެ. މުއިއްޒު ސަރުކާރު ތެރޭގައިތިބި އިހުސާނަށް ބާރު ނުފޯރާ އެންމެން ހިފާ ހައްޔަރުކޮށް މަގާމު ގެއްލުވާލުމުގެ ބާރު އިހުސާނު ވަނީ ހޯދާފައެވެ.
ގޭންގްކުށް ނައްތާލުމުގެ ނަމުގައި އިހުސާނު ބޭނުންވުމުން ބޭނުން މީހަކު ހިފާ ހައްޔަރުކޮށް ގާޒީއެއްގެ ކުރި މައްޗަށް ނުގެންގޮސް ހުކުމެއް ނުކޮށް ބެހެއްޓޭގޮތަށް ގޭންގް ކުށްމަނާކުރާ ގާނޫނު އެއޮތީ ބަދަލުކޮށްފައެވެ. އަދުރޭއަށް ދޮންކަޅު އަަންގާނުލާ އަދުރޭގެ ވަރަކޮށާލުމުގެ ހުރިހާ ކަމެއް އޭޖީ އުޝާމް މެދުވެރިކޮށް އިހުސާން އެކުރުވީ އަދުރޭ ލައްވައެވެ.
ގޭންގްކުށް މަނާކުރާ ގާނޫނަށް މިގެނައި ހީލަތްތެރި ބަދަލަކީ ފައިސަލް ފަދަ ބާރުގަދަ މިނިސްޓަރުންނާއި މަޖިލިސް މެންބަރުންގެ ހައްޔަރުކޮށް މަގާމު ގެއްލުވާލުމަށް ޖެހި ހިންތާއެކެވެ. އެގޮތުން ގޭންގްތަކާއި ފައިސަލްއާއި ގުޅުން އޮންނަކަން އިންޓެލް ރިޕޯޓެއް މެދުވެރިކޮށް ރައީސް މުއިއްޒަށް އިހުސާން ވަނީ އަންގާފައެވެ. ހަމައެހެންމެ ނުފޫޒުގަދަ މަޖިލިސް މެންބަރުންތަކެއްގެ އިންޓަލް ރިޕޯޓް ގޭންގްތަކާއި ގުޅުވައިގެން ރައީސަށް އިހުސާންވަނީ ފޮނުވާވަފައެވެ.
ގޭންގްތަކާ ގުޅުން އޮތްކަމަށް ބުނެ މަޖިލީހުގެ ގޮނޑިގެއްލުވާލުމަށް ބޭނުންވާ މެންބަރުންތަކަކާބެހޭ އިންޓަލް ރިޕޯޓްތަކެއް މުއިއްޒަށް އިހުސާނު ފޮނުވާފައި އޮންނަތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އިހުސާނަށް ކޮންޓްރޯލް ނެތް ބައެއް މެންބަރުންގެ ތެރޭގައި ވަރަށް ނުފޫޒުގަދަ މެންބަރުން ހިމެނެއެވެ.
ރެޑްވޭވް ސަލީމާއި ބާރަށު ޝުޖާއު ޢާއި އައިފާންނާއި ފޭރު މުސްތޮއާއި މުހައްމަދު އިސްމާއީލްއާއި ޝިރުހާން ފަދަ މެންބަރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް މައުލޫމާތު ދިން މަސްދަރުން ބުނެއެވެ. ނައިބު ރައީސް ސެންބެއާއި ފައިސަލް ވެސް އިހުސާންގެ އިންޓަލް ރިޕޯޓްތަކުން ގޭންގްތަކާ ގުޅުވާ ކަމަށްވެއެވެ.
ފައިސަލް ވަޒީރު ކަމުގައި ހުރިއިރު އިހުސާނާއި ފައިސަލާ ދެމެދު ބަހުގެ ހަމަލަތަކާއި ބިރުދެއްކުންތައް ކުރިއަށް ދިޔަކަމަށް ކަށަވަރުވެފައިވެއެވެ. ގަންނާ ކުރައްވާ ބިރުން ހޯމް މިނިސްޓަރ އިހުސާން އެމްއެންޑީއެފްގެ ސެކިއުރިޓީ ނަގައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ރާއްޖޭގެ ތާރީހުގައި ހޯމް މިނިސްޓަރަކު ސިފައިންގެ ސެކިއުރިޓީ ހޯދައިގެން އުޅޭ މިއީ ފުރަތަމަ ފަހަރެވެ.