ކޯ ޕެސެންޖަރު ގަޔަށް ކުޑަކަމު ދިޔަ މީހާ ހައްޔަރުކޮށްފި
ތުހުމަތު ކުރެވޭ ފަސިންޖަރަކީ ބަނގުރާ ބޮއެގެން ހުރި މީހެއް
އެމެރިކަން އެއަރލައިންސްގެ ފްލައިޓެއްގައި ނިއުޔޯކުން ދިއްލީއަށް ދަތުރުކުރި އިންޑިއާ މީހަކު އޭނާގެ ކޯ ޕެސެންޖަރު ގަޔަށް ކުޑަކަމު ދިޔަކަމަށް ބުނެ އެއަރޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ރަސްމީ މުއައްސަސާއިން މި ހޯމަ ދުވަހު ވަނީ ބުނެފައެވެ.
އެއަރލައިނުން ވަނީ ބޯޓު ޖެއްސުމުގެ ކުރިން ދިއްލީ އެއާޕޯޓަށް މައްސަލަ ރިޕޯޓް ކޮއްފައެވެ. އަދި އެކަމުގައި ބައިވެރިވި ދެ ފަސިންޖަރުން ވެސް ދިއްލީ ޕޮލިސްއާ ވަނީ ހަވާލުކޮށްފައެވެ. މި ހާދިސާގައި ޝިކާރައަކަށް ވި ފަސިންޖަރު މިހާރު ރަސްމީކޮށް މިކަމުގެ ޝަކުވާ ހުށަހަޅާފައި ވާކަމަށް ކަމާބެހޭ ފަރާތް ތަކުން ވަނީ ބުނެފައެވެ.
ބަނގުރާ ބުއިމަށް ފަހު ފަސިންޖަރުން ކޯ ޕެސެންޖަރުންގެ ގަޔަށް ކުޑަކަމުދާ ކަމަށް ބުނާ ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ގިނަވާން ވަނީ ފަށާފައެވެ. މީގެ ތެރެއިން އެންމެ ސިއްސުވާލާފައިވާ ހާދިސާއެއް ކަމަށް ފާހަގަ ކުރެވެނީ މި ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެއަރ އިންޑިއާ ނިއުޔޯކް-ދިއްލީ ފްލައިޓެއްގެ ބިޒްނަސް ކްލާހުގައި މަސްތުވެގެން ހުރި މީހަކު އޭނާގެ ހަތްދިހަ އަހަރުގެ އަންހެން ކޯ ޕެސެންޖަރުގެ ގަޔަށް ކުޑަކަމު ދިޔަ ހާދިސާއެވެ.