24 އަހަރު ފަހުން ދަރިއެއްލާލި މަންމަ ޖަލަށް

51 އަހަރުގެ ޖެނިފާ މެޓާއަށް 27 އަހަރުގެ ޖަލު ހުކުމެއް

24 އަހަރު ފަހުން ދަރިއެއްލާލި މަންމަ ޖަލަށް

24 އަހަރުގެ ދިގު މުދަތަކަށް ފަހު އުމުރުން 51 އަހަރުގެ ޖެނިފާ މެޓާއަށް ވަނީ މި މަހު 27 ވީ ހުކުރު ދުވަހުގައި 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާއަށް މި ހުމް އިއްވާފައި ވަނީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެތޮޑިސްޓް ބީޗުގެ އައްސޭރިފަށުން ފެނުނު އޭނާގެ ތުއްތު ފިރިހެން ކުއްޖާ މަރާލި މައްސަލައިގައި މި އަހަރު ޖެނުއަރީ މަހު ގަސްތުގައި މަރާލި ކަމަށް ބުނެ އިއުތިރާފުވުމުންނެވެ. "އަހަރެން [ތުއްތު ކުއްޖާ] މޫދުކައިރީގަ ބާވާފައި އަހަރެންގެ ކާރަށް އަރައި، އެނބުރި އައުމުގެ ވިސްނުމެއް ނެތި ދުއްވައިލީމެވެ،" އިއުތިރާފު އެއްބަސްވުމުގައި މެޓަރ ބުންޏެވެ.

މި ތުއްތު ފިރިހެން ކުއްޖާ އޮތީ މިސިސިޕީ ކޯރުގެ އައްސޭރީގައި ފޫޅުދަނޑި ހަށިގަނޑުގެ މެދުގައި އޮޅާލައިގެންނެވެ. ތުއްތު ކުއްޖާ މަރުވީ މީހަކު މަރާލުމުގެ ސަބަބުން ކަމަށާއި ނަމަވެސް އޭނާ މަރާލި ގޮތެއް ނޭގޭކަމަށް ދައުވާގައިވެއެވެ. މެޓަރ ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހު ގައެވެ. އޭނާގެ ދަރިފުޅު މަރާލި މައްސަލައިގައި ދެވަނަ ދަރަޖައިގެ މަރުގެ ދެ ދައުވާއެއް އުފުލާފައިވާ ކަމަށް ވެއެވެ.

މެޓަރ އިއުތިރާފުގައި އެއްބަސްވެފައިވާ ގޮތުން އޭނާ ބަލިވެ އިން ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނެއެވެ. އަދި އެވާހަކަ ފޮރުވިއެވެ. އަދި ދަރިފުޅު ވިހެއުމަށް ފަހު ކުއްޖާ ވުޖޫދަށް އައި ވާހަކަވެސް އަދި އެކަހެރި ގޮނޑުދޮށަކަށް އެއްލާލި ކަމެއް އެއްވެސް މީހަކަށް ނޭގޭނެ ކަމަށް އެއްބަސް ވެފައިވެއެވެ.

މި ދައުވާގެ ލިޔެކިޔުން ތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ނޮވެމްބަރު 4، 1999 ގައި ރެޑް ވިންގް ކައިރީގައި އޮންނަ މިސިސިޕީ ކޯރުގެ ލޯވަރ ބޯޓް ހާބަރުގައި އަލަށް އުފަން އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނުނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ޑީއެންއޭ މެދުވެރިކޮށް ޓެސްޓު ކޮށްފައި ކަނޑައެޅީ އެ ތުއްތު އަންހެން ކުއްޖާއަކީ ވެސް މެޓަރގެ ދަރިއެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން މި ވަގުތު އެއްވެސް އެހެން ދައުވާއެއް އުފުލާފައެއް ނުވެއެވެ.