މުއިއްޒަށް ޕީޕީއެމް ޓިކެޓް: ރައީސް ޔާމިން ޗަ ގޯސް
އިންތިހާބު ބޯމަތިވީއިރުވެސް އިދިކޮޅު ޕީޕީއެމްއަށް ކެންޑިޑޭޓަކު ނުނިންމޭ
ރިއާސީ އިންތިހާބު ބޯމަތިވެފައިމިވާ ދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމް އަށް އަދިވެސް އުޅެނީ ނެރޭނެ ކެނޑިޑެޓަކު ނުނިންމިގެނެވެ. އަޑިއަޑިން ރިއާސީ ޓިކެޓަށް ދޮންކޮށްގެން ތިބި އެތައްބަޔަކު އެބަތިއްބެވެ. ބޭރައް ފެންނަން ނެތް ނަމަވެސް މުޅި ޕީޕީއެމް ޕީއެންސީ އޮތީ ހުޅު ރޯވެފައެވެ. އެތެރޭގައި އެހާމެ ފޯރިގަދަކޮށް ޓިކެޓާއި ހިފާގަނެފައިވެއެވެ. ޕީޕީއެމްގެ ފެކްސަންތަކުން ދަނީ ޓިކެޓް ހޯދުމަތް އެތެރޭގެ ގައުމީ މަޖިލީސްގެ ގޮޑިތައް ކަށަވަރު ކުރަމުންނެވެ. ޕީޕީއެމްގެ މިހާރުގެ ހަރަކާތަކީ ރައީސް ޔާމިނަށް ހުވަފެން ދެއްކުމެވެ.
ޕީޕީއެމް ޕީއެންސީން ރަސްމީކޮށް ބުނަމުންދަނީ ޔާމީން ޖަލުގައި ހުންނެވިޔަސް ރިޔާސީ ޓިކެޓާ ގުޅޭ ވާހަކަ ދައްކަން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ޕީޕީއެމްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ވެސް ޔާމީނަށް ވަނީ ޙަވާލުކޮށްފައެވެ. އެހެން ނަމަވެސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އިސްތިއުނާފު ބަލައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކު ނަމަ އެ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ
ޙުކުމް އެގޮތުގައި އޮއްވައި، ކެންޑިޑެސީ ހުށައެޅުއްވި ކަމުގައި ވީނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ޔާމީނުގެ ކެނޑިޑެސީ ބަލައި ނުގަނެވެނޭ ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ސަބަބަކީ ކެނޑިޑޭޓުންގެ އަސާސީ ޝަރުތުތައް ފުރިހަމަ ނުވުމެވެ.
ދެން އޮތް ގޮތަކީ ޙުކުމެއް އިސްތިއުނާފުކޮށްފައި އޮއްވައި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިދޭތޯ ކޯޓުގެ ދޮރުގައި ޓަކިޖެހުމެވެ. ނަމަވެސް ޤާނޫނުއަސާސީގައި އެހާ ސާފުކޮށް ޝަރުތުތައް ބަޔާންކޮށްފައި އޮއްވައި ކޯޓުން ޔާމީނަށް އެ ފުރުސަތު ލިބުން އެއީ ވުމަށްވުރެ ނުމުން ގާތް ކަމެކެވެ.
މުއިއްޒުއަކީ ޕީޕީއެމް ޕީއެންސީގެ ގައުމީމަޖިލިސް ކޮންޓްރޯލް މިހާރު އޮތް ބޭފުޅެކެވެ. އެހެން ކަމުން ނޫންކަމަށް ހަދައިގެން ހުރެ ޕީޕީއެމް ޓިކެޓް އެންމެ ފަސޭހައިން ދަމައިގެނޭވެ އެކަކީވެސް މުއިއްޒުއެވެ. ނޫން ކަމަށް ހެދިގެން ހުރި ނަމަވެސް ޓިކެޓް އިނީ ވަނދު ބަނބުކޭލެއް ގޮތަށް ތަނޑި ދޮންވެ ވެއްޓެން ކައިރިވެފައިކަން އިދިކޮޅު ލީޑަރުންނަށް ވެސް އެނގެއެވެ. އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ.
ވަނދުވެ ވެއްޓެން ކަރިވެފައިވާ ޕީޕީއެމް ޓިކެޓް ޖަހއިގަންނާނީ ވެސް މުއިއްޒުއެވެ. މުއިއްޒު ހުރީ ކުޅިބައި ހަމަކޮށް ތައްޔާރު ވެގެންނެވެ. މި ވަގުތު ރައީސް ޔާމިންގެ ހަރަކާތް ތަކަކީ އެހެން ގޮތެއް ނެތިގެން މީހުން ހިފަހައްޓަން މަޖުބޫރު ވެގެން ހިންގަމުން ދާހަރަކާތް ތަކެވެ. ބައިބައިވުމެއް ނެތްކަމަށް ބޭރަށް މަންޒަރު ދައްކާލަން ކުރެވެން އޮތް ހަމައެކަނި ކަންތައް ވެސް މެއެވެ. ސައްކެޔޮ ގަހަށް މަކުނު އަރާ ބީދައިން ޕިޕީއެމް ޓެކެޓައް އަރައި ގަންނާނެއެވެ. ރައީސް ޔާމިނާއި ޕީޕީއެމް ޕީއެންސީ ކިތަންމެވަރަށް ޗަ ގޯހޭ ބުންޔަސް މުއިއްޒް މި ފަހަރު ޓިކެޓް ދަމައި ގަންނާނެ ކަން ޔަގީނެވެ