ސްޓެލްކޯއިން މާޅޮހުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުން

އއ. މާޅޮހުގެ ކަރަންޓް ކެޕޭސިޓީ 679kW އިން 816kW އަށް އިތުރު ކޮށްފި

ސްޓެލްކޯއިން މާޅޮހުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުން

ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަތީ ފެންވަރެއްގައި ހިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި  ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތައް ކުރެއެވެ. 

ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރޭގައި ކަރަންޓްގެ ހިދުމަތް އެ ރަށަކަށް ބޭނުންވާ ވަރަކަށް އެ ރަށަކުން ލިބޭނޭ ގޮތް ހަމަޖެހިފައި އޮތުން ހިމެނެއެވެ. އިތުބާރު ހުރި ދެމެހެއްޓެނިވި ލުއި ހިދުމަތެއްގެ ގޮތުގައެވެ. އެ ސިޔާސަތު މާލެސިޓީއާއި މާލެއަތޮޅާއި ފެލިދެއަތޮޅާއި އަރިއަތޮޅުގައި ތަންފީޒުކޮށް ދެނީ ސްޓެލްކޯއިންނެވެ. މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

އެގޮތުން އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދަނި ކުރެވެމުންނެވެ. މިހާރު 300kW ގެ އައު ޖަނަރޭޓަރ ސެޓެއް އެރަށަށް ވަނީ ފޮނުވާފައެވެ. ފޮނުވި ޖަނަރޭޓަރސެޓް ކޮމިޝަންކޮށް ބޭނުން ކުރަން ވެސް ފަށަފިއިެވެ. މި ބަދަލާއެކު، އއ. މާޅޮހުގެ ކަރަންޓް ކެޕޭސިޓީ 679kW އިން 816kW އަށް އިތުރު ކުރެވިގެން ދިޔައީއެވެ.