މުއިއްޒު ހުއްޓުވާނީ މޮޔަގެރިއެއްހެން މަގަށް ނިކުތީމަތަ!

ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ޑރ. މުއިއްޒު

މުއިއްޒު ހުއްޓުވާނީ މޮޔަގެރިއެއްހެން މަގަށް ނިކުތީމަތަ!

ޖަސްޓިސް ސުއޫދު ދެއްވި އިސްތިއުފާއިން ކަށަވަރުވެގެން ދިޔައީ މުއިއްޒު ޝަރުއީ ނިޒާމް އަޅުވެތި ކުރާކަމެވެ. މުއިއްޒު ޝަރުއީ ނިޒާމް އަޅުވެތި ކުރިކަމެވެ. ވެރިކަމުގެ ހުވާކުރި ވަގުތުން ފެށިގެން ޝަރުއީ ނިޒާމަށް އަތް ބޭނުން ނިމުނީކަމަށް ވިދާޅުވެ ރައްޔިތުންގެ ކުރިމަތީގައި މުއިއްޒު ހެއްދެވީ ބޮޑު ދޮގެއްކަން ޝައްކެއްނެތް މިންވަރަށް ސާބިތުވެ ނިމުނީއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ސްޕްރީމްކޯޓުގެ ފަނޑިޔާރަކު އިސްތިއުފާ ދިނުމަކީ އާދައިގެ ކަމެއްނޫނެވެ. ފަނޑިޔާރަކު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާ އިސްތިއުފާގެ ސިޓީގައި ފާޅުކަން ބޮޑުކޮށް ރައީސަށް ނިސްބަތްކުރައްވާ " މަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފަށް، ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒުފޯރުވައި" ކަމަށް ވިދާޅުވުމަކީ އިންތިހާ ދަރަޖައިގެ ބިރުވެރި ކަމެއްކަން ޔަގީނެވެ. 

"ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކާ،" ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އެ އޮތީ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ވިދާޅުވެފައެވެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ހިލާފްވެ ވަޑައިގެންފައިވަނީ ގާނޫނު އަސާސީގެ ކޮން މާއްދާތަކަކާކަންވެސް ފަނޑިޔާރު ސުއޫދުގެ އިސްތިއުފާ ސިޓީގައި ބަޔާން ކުރައްވާފައި އެ އޮތީއެވެ. 

ފަނޑިޔާރު ސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ހިލާފަށް އަދުލު އިންސާފުގެ ނިޒާމަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާތީ އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުންކަމަށް ވިދާޅުވުމަކީ މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމަށް އެރި ބޮޑު ލޮޅުމެކެވެ. ގާނު އަސާސީގެ ބާރު ކެނޑިއްޖެކަމުގެ ހެއްކެކެވެ.

ރައްޔިތުންގެ މަޖިލިސް ގޮނޑިކޮއްކޮއަކަށް ހަދާ އަދުލު އިންސާފުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ގެންދިޔުމަކީ ގާނޫނު އަަސާސީގެ ބާރު ކަނޑުވާލުމެވެ. ހިނދުކޮޅަކަށް ވެސް ސްޕްރީމް ކޯޓު މިހާރު އެއޮތްހެން ޕެރެލައިޒް ކޮށްލާފާ ބޭއްވުމުގެ ބާރެއް ރައީސަކަށް ވެސް މަޖިލީހަކަށް ވެސް ނުއޮންނާނެއެވެ. މިހާރުން މިހާރަށްވެސް ރާއްޖޭގެ ސްޕްރީމް ކޯޓު އެއޮތީ ދުސްތޫރީ އެއްވެސް މައްސަލައެއް ނުބެލޭ ގޮތަށް ޕެރެލައިޒް ކޮށްލާފައެވެ. 

އެހެން ކަމުން ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ޑރ. މުއިއްޒު ހުރުމެވެ. މުއިއްޒުވަނީ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް ފައެވެ. އަދުލު އިންސާފުގެ ބާރަށް މުއިއްޒު ނުފޫޒު ފޯރުވައި ބިރުދައްކައިފިއެވެ. މުއިއްޒު ކުރި ގާނޫނީ ހުވަޔާއި ހިލާފުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައިކޮށް ގާނޫނީ އަސާސީއާއި ހިލާފުވެ ގާނޫނު އަސާސީގެ ބާރު މުއިއްޒު ކަނޑުވާލައިފިއެވެ.

ވެރިއެއްގެ ހުދުމުހުތާރުކަން މިހާވަރަށް ބޮޑުވާއިރު މުއިއްޒާ ދެކޮޅަށް ގާނޫނުއަސާސީގެ ދިފާއުގައި ގައުމީ ސަލާމަތީ ބާރުން ތަކުން ތެދުވާކަށް ނުވޭހެއްޔެވެ. މުއިއްޒު ޖަވާބު ދާރީ ކުރެވޭނެ މަޖިލިހެއް މުއައްސަސާއެއް ފަނޑިޔާރުގެއެއް މީހާރަކު ނެތެވެ. ސަލާމަތީ މާރުތަކުން މުއިއްޒު ޖަވާބުދާރީ ކުރުވާނީ މުއިއްޒު މަގުމައްޗަށް ނިކުމެ މޮޔަގެރިއެއްހެން ދުވަންފެށީމާ ހެއްޔެވެ.