އަދުރޭމެންގެ ތެރޭގައިތިބީ ޔާމީނަށް ގައްދާރުން!

އެމީހުނަށް މުހިންމީ މީހެއްނޫން ފަސްއަހަރު މަގުމަތީ ނުތިބެ ދަވާލުން

އަދުރޭމެންގެ ތެރޭގައިތިބީ ޔާމީނަށް ގައްދާރުން!

މެޑަމް ފާތުންއޭ ޒައިންނޭ މުޒާހަރާއޭ ކިޔާ އަނގަހުޅުވަން އަދުރޭ ލަދު ހަޔާތް ނުގަންނަ ކަމެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ނެތް މޮޅުކައިގެން ރައީސް ޔާމީނު ތޭރިތަކުގެ ފަހަތަށް ފޮނުވާލައިގެން ތިބެ އަނެއްކާ ދައުލަތް އިރާ ވީދާކަމުން ރައީސް ޔާމީނުގެ ވަފާތެރިންނަކީ ތިމަންނަމެނޭ ބުނަން ލަދު ނުގަންނަ ކަމެވެ. 

ރައީސް ޔާމީނު ޖަލުގައި އޮންނެވުމުން މިނިވަން ކުރުމަށް ގޮވާލާ މަދު މީސްކޮޅެއް މުޒާހަރާ ކުރިއެވެ. ގިނަ ރޭރޭ ތިރީހަކަށް މީހުން ހަމައެއް ނުވެއެވެ. މުޒާހަރާއަށް ގިނައިން ނިކުމެ އުޅުނީ ސާޅިހަށްވުރެ އުމުރުން މަތިވެފައިތިބި އަންހެނުން ކޮޅެކެވެ. މަދުމަދުން ޕީޕީއެމް ލީޑަރޝީޕްގެ މީހުން ފެނިލައެވެ. ގިނަ ރޭރޭ މުޒާހަރާގައި ދެގަޑިއެއް ހާއިރަށްވުރެ ގިނައެއް ނުވާނެއެވެ. 

ރައީސް ޔާމީނު ވިދާޅުވީ ރަނގަޅަށެވެ. ހަރުތަނެއްގައި ޖެހެލާ ވަރަށް ރައީސް ޔާމީނު މިނިވަން ކުރަން މަސައްކަތެއް ނުކުރެއެވެ. ޕީޕީއެމް ލީޑަރޝީޕްގެ ކޮންމެ މީހަކުވެސް ހުރީ ރިޔާސީ ޓިކެޓަށް ކަޅިއަޅައިގެންނެވެ. ރައިސް ޔާމީނުގެ ނަން ބޭނުންކުރީ ސަޕޯޓް ބޭސް ހިފެހެއްޓުމަށެވެ. 

ސިޓީ ކައުންސިލް ތެރޭގައި މުއިއްޒުއައީ ޕްރޮގްރަސިވް ކޯލިޝަންގެ ޓީކެޓަށް ދޮންކުރަމުންނެވެ. ސައީދާއި ގައްސާނާއި ޝިޔާމައި އާދަމް ޝަރީފުވެސް ތިބީ ދަނޑިވަޅު ބަލާށެވެ. ޑރ. ވަހީދާ ޑރ. ޖަމީލަކީ ލީޑަރޝީޕްގެ ބޭފުޅުން ހިތްޕުޅާވާ ދެބޭފުޅުންނަކަށް ނުވެއެވެ. އިލްމާ ތަޖުރިބާގެ ގޮތުން ޑރ. ވަހީދާއި ޑރ. ޖަމީލާ ފަތިގަނޑު ފިރުކާލެވޭ ވަރުގެ ހަމައެކަކު ނެތުމުން އެ ދެބޭފުޅުން ތިއްބެވީ އެކަހެރި ކޮށްފައެވެ. 

މުޒާހަރާއަކުން ނުވަތަ މީޑިއާގެ ތެރެއިންވިޔަސް ޑރ. ވަހީދާއި ޑރ. ޖަމީލަށް މަގުބޫލު ކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަކަނުދެއެވެ. ރައީސް ޔާމީނު ނެތް ތަނެއްގައި ވެރިކަމެއް ކުރުމަށް އެންމެ ކުފޫހަމަ ދެބޭފުޅުން ގޮތުގައި ޕްރޮގްރެސިވް ކޯލީޝަންގައި ތިއްބެވީ ޑރ. ވަހީދާއި ޑރ. ޖަމީލު ކަން ލީޑަރޝިޕަށް އެނގެއެވެ. 

ރައީސް ޔާމީނަށް މާބޮޑު ވަފާތެރިއެއް ކަމަށް ހެދިގެން ހުރެ މުއިއްޒު އަތުން މަހު މުސާރަ ނަގަމުން އަދުރޭ ގެންދިޔައީ މުއިއްޒަށް ރިޔާސީ ޓީކެޓް ފައްކާކޮށްދެމުންނެވެ. ދެ ދުވަހުން އެއްދުވަހު މީޑީއާއަށް މިބައިގަޑު އަރާ ކަރުން ނާރުހިލި އަޑު ކޫރެންދެން ތިމަންމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީނޭ ރާގު ރާގަށް ފަހަރަކު މީހަކު ކިޔަމުން ދިޔައީ ނިފާގު ކަމުން ފޯވެގެން ތިބެއެވެ. 

ރައީސް ޔާމީނަށް ވާދަކުރެވޭ ކުރެވޭ ގޮތަށް ނިކުމެ ނިކުމެ އޮތް ހުކުން ރެއަކަށް އިރު އޮއްސިފަ އިރުއެރި އިރު ބަދަލު ވެގެން ދިޔައީ ފަހުވަގުތު ޕީޕީއެމް ތައްގަޑު ގެއްލުނު ގޮތަށެވެ. ރައީސް ޔާމީނަށާއި ޕީޕީއެމް ސަޕޯޓަރުންނަށް ދޯކާދީ ރައީސް ޔާމީނުގެ ހިޔަނިން ވެރިކަން ހޯދީ ހީލަތާއި އޮޅުވާލުމާއި ދޮގާ މަކަރުންނެވެ.

އަދުރޭގެ ހީލަތްތެރި މަޅިއަށް ޝިޔާމާއި ގައްސާނާއި ސައީދާއި އާދަން ޝަރީފް ވެސް މަހާލައިގެން މީހަކަށްޓަކާ އަނެއް ފަސްއަހަރު މަގުމަތީގައި ނުތިބެ ޖެހުނު ދިމާލަކުން ދައުލަތް ނޮޅާކާން އެތިބީ ފޫގަޅައިގެންނެވެ. އެމީހުނަށް ކޮން ޔާމީނެއް ހެއްޔެވެ. ކޮން މުއިއްޒެއް ހެއްޔެވެ. މުއިއްޒު ވައްޓާލާ ސެންބެ ކިއްކުރަން ހެއްޔެވެ. ބޮލުރޮދި ނަންނަ ވެރިކަމުގައި ހުއްޓަސް ތިބޭނީ ދޫލާށެވެ.