އީވާއަށް: ރެޓުންނަށް އުފެއްދޭނީ ދަނޑިރޮޓި ސަރުކާރު
ހަސަންކުރުސި ނަގާ ޕޯލުން އީވާ އަކަށް އެމްޑީޕީއެއް ނުފެންނާނެ
ޑިމޮކްރެޓްސްއާއި ނުލައި ދެން އަންނަ ސަރުކާރެއް ނުއުފެއްދޭނެ ކަމަށް އީވާ ބުނުމަކީ ސިއްސައިގެން ދާވަރުގެ ވާހަކައެއް ނޫނެވެ. ދިވެހި ރައްޔިތުން މޮޔަވެގެނެއް ނޫޅެއެވެ. މާ މޮޅު ވާހަކައަކަށް ވެގެން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ ނެތް ކަމަށް ބުނެ އީވާ ވާހަކަ ދެއްކީމާ އަންނަނީ ހިންޏެވެ. އެމްޑީޕީ ނެތީ އީވާއަށާއި އަންނިއަށާއި ތިންހަހެއްހާ ރެޓުންނަށެވެ.
ރާއްޖޭގައި އެންމެ ފަހުން އޮތް އެންމެ ބޮޑު ދެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީކަމެއް ލޮލަށް މިރުސް އެޅިފާހުރީމާ އީވާއަށް ނުފެނި ދާނެއެވެ. ޓްވިޓަރ ކޮމިއުނިޓީގައި ހަސަންކުރުސި ނަގާ ޕޯލުން އީވާ އަކަށް އެމްޑީޕީއެއް ނުފެންނާނެއެވެ. ކުޑަރަށެއް ބޮޑު ރަށެއް ނެތި ދިވެހި ރާއްޖޭގައި ރައީސް ސޯލިހަށް އޮތް ތާއީދު ފެނި ހަގީގަތް އޮޅުވަން ޕޯލޭ ދަށްގޮހޮރޭ ކިޔަނީ މޭކަރަލެއް ބޮޑު ކަމުންނެވެ.
މާލެސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުވާލީ އެމްޑީޕީގައި ތިބި ކެނެރީ ކަތުރުފަނިތައް ބޭނުންވި މީހުނަށް ޕާޓީ ޓިކެޓް ނުލިބުމުން އުފެއްދި ފިތުނަޔާ ހުރެކަން އެމްޑީޕީއަކަށް އޭރަކުވެސް މިހާރަކުވެސް ނޯޅެއެވެ. އެމްޑީޕީގެ މަތިފަޑީގައި ތިބެ ސަރުކާރު ފޭލިކޮށްލަން ކެނެރީ ކަތުރުފަނިތައް ކުރިމަސައްކަތް ފޭލިކޮށްލުމުން މިހާރު ތިޔަ ތިބީ އެމްޑީޕީއަށް ހިޔަނި ނޭޅޭ ވަރަށް ބޭރުވެވިފައެވެ. ސަރުކާރުގައި ތިބެ އިދިކޮޅަށްވުރެ އިދިކޮޅުވެގެން އެންމެފަހުން ތިޔަ ތިބީ ޅިދުން ނެއްޓި ފޮށާ ވެއްޓިފައެވެ.
އަދާލަތައި ސަން ސިޔާމް ގަދަކޮށް ރައީސް ސޯލިހާއެކު ތިބިތަނެއް ނުފެނޭހެއްޔެވެ. ރިޔާސީ ޕްރައިމަރިގައި ނަޝީދަށް ވޯޓުދިން އެންމެން ރެޓުންނަށް ނުވީމާ އަސަރު ކުރާނެއެވެ. އެމްޑީޕީން ކަޑާލައިގެން އުޅުނު 39000 މީހުން ރެޓުންނަށް ނުވީމާ ރާކަނިމަސް ކެވިއްޖެ ނޫން ހެއްޔެވެ. ފިކުރެއްގެ ދިރުމަށް ސޮއިކުރި 50000 މީހުން ރެޓުންނަށް ނުވެ ތިބީ ކަށްވަޅުގައި ތިބީމާ ހެއްޔެވެ.
އީވާމެން ހިސާބު ޖަހައިގެން ރައީސް ސޯލިހަކީ އެ މަނިކުފާނުގެ އަމިއްލަފުޅު ވޯޓުވެސް ލިބިވަޑައި ނުގަންނަވާނެ ބޭފުޅެއް ކަމަށް ހިސާބު ޖަހާ ނަތީޖާ ނެރޭފާނެއެވެ. ވެޔޮވިލާގައި ވެޔޮ އިންދައިގެން ނުފަޅާ އުޅެނިކޮށް ރަހުމަތްފުޅާއެކު ރައްޔިތުންގެ ސާފު ވޯޓުން އެއްބުރުން ރައީސް ސޯލިހު ދެވަނަ ދައުރު ކާމިޔާބު ކުރެއްވީމާ ރަކިފަށެއް ވާނެތާއެވެ. އޭރަކުން ސަރުކާރު އުފައްދަން ރެޓުންނަކަށް ދައުވަތެއް ނުދޭނެއެވެ. ރެޓުންނަށް އުފެއްދޭނީ ދަނޑިރޮޓި ސަރުކާރެވެ.