ވާދަވެރިޔާގެ ޖާސޫސީ އިދާރާ ކެބިނެޓްގައި ހިންގުން
އަހުމަދު ސަމީރާއި ހަނަފީ އެދެއްކެވީ ރީތި މިސާލެއް.
އެބަ ރަގަޅުވެއެވެ. އެއް ވަގުތެއްގައި ދެއައިނުގައި އެއް ކުރަނތްގަށް ނޭޅޭނެކަން ބަޔަކަށް ވިސްނެއް ފަށައިފިއެވެ. ވާދަވެރި ދެމީހަކަށް އެކުއެކީގައި ވަފާތެރި ނުވެވޭނެކަން ހަމަ ބުއްދިވާ ކޮންމެ މީހަކު ގަބޫލު ކުރާނެއެވެ.
ޖޭޕީގެ ސްލޮޓަކުން ސިޔާސީ މަގާމު ލިބިގެން ރައީސް ސާލިހު ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް ދޭން ތިބި މީހުން ރޮނގު ދަމާލަން ޖެހޭ ވަގުތު މިއޮތީ އައިސްފައެވެ. ރައީސް ސޯލިހާއެކު ސަރުކާރު ހިންގަން ބައިވެރި ވެގެން ތިބެ ރައީސް ސާލިހާ ވާދަކުރަން ޖޭޕީ ނިކުންނަށް ކަނޑައަޅާ އެމަގަށް ޖޭޕީން މަސައްކަތް ފެށީ ކޯލިޝަން އެއްބަސް ވުމުގެ މުއްދަތުގެ ތެރޭގައެވެ.
ޖުމްހޫރީ ޕާޓީން ރައީސްއާއި ވާދަކުރަން ކަނޑައަޅާ ހިސާބުން ޖުމްހޫރީ ޕާޓީގެ އަމާޒާ މަގްސަދާއި އަމަލު ތަފާތު ވެގެން ދާނެއެވެ. ރައީސް ސާލިހު ސަރުކާރުގެ ނާގާބިލުކަން ދެއްކުމަށް ގިނަގުނަ ކަންކަން ކުރަން ފަށާނެއެވެ. ސަރުކާރުގައި ތިބެ އުނިކަންތައް އުފައްދައިގެން ރައްޔިތުންގެ ހިތުގައި ޝައްކާ ވަހުމް އުފައްދަން އުޅޭނެއެވެ. ސަރުކާރު ހިންގުމުގައި ތިބެ އަމިއްލައަށް ހެދި ގޯސްތަކުގެ ވާހަކަ ގައިން ނައްޓާލާ ދައްކަން ފަށާނެއެވެ. ކުރިން ނުދައްކާ ތިބި ކިތަންމެ ވާހަކައެއް ފިތުނަވެރި ގޮތެއްގައި ދައްކާނެއެވެ.
ކޮވިޑް19ގެ ވެންޓިލޭޓަރ ގަތުމުގެ ބިޑް އެވިއުލޭޓްކުރީ ޖޭޕީން ސަރުކާރަށް ފޮނުވި ސިޔާސީ ކުދިން ކޮޅެކެވެ. އެކަމުގައި އެ ކުދިން ކޮޅު އުޅުނު ހުތުރު ގޮތުގެ ވާހަކައާއި ވެންޓީލޭޓަރ ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ އޭރުގެ ހެލްތު މިނިސްޓަރއެވެ. މިދަންނަވާ ހެލްތު މިނސްޓަރަކީ ޖޭޕީ ކުޑަ އަމީނުއެވެ. އޭނާއަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނެވެ. އޭނާ ނިކުމެ ސަރުކާރު ބަދުނާމުކޮށް ވެންޓީލޭޓަރ ޖަރީމާގެ ވާހަކަ ދައްކަން ނުފަށާނެއެކޭ ހިޔެއް ނުވެއެވެ. ޖޭޕީން ފޮނުވައިގެން ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރި ވަޒީރާއި މިހާރުގެ ޓްރަންސްޕޯޓް މިނިސްޓަރު ކަމުގައިހުރި ޖޭޕީގެ ނައިބު ލީޑަރގެ އައްޗިވާހަކަ ތަކެއްވެސް ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ޖޭޕީން ނުދައްކާނެ ކަމެއް ނޭގެއެވެ. ޖޭޕީން ޓޫރިޒަމަށް ފޮނުވި ވަޒީރު މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި ވާހަކަވެސް ސަރުކާރު ބަދުނާމު ކުރުމަށް ނުދައްކާނެ އެކޭ ހިޔެއް ނުވެއެވެ.
ޖޭޕީ ލީޑަރަށް ލިބުނު އަދުލުވެރި ބަދަލުތަކުގެ ވާހަކަވެސް ވާތުސިކުނޑީގެ ނަޒަރިއްޔާ އަކުން ސަރުކާރު ބަދުނާމުކުރަން ޖޭޕީން ނުދައްކާ ތިބޭނެ ހެނެއް ހިޔެއް ނުވެއެވެ. ކޮންމެހެނެއް ވިޔަސް މިއަދު މިއޮތީ ރޮނގު ދަމާލަން ޖެހިފައިކަން ސިޔާސީ މަގާމު ތަކުގައި ތިބި ޖޭޕީ މީހުނަށް އެނގެން އެބަ ޖެހެއެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަށް މަސައްކަތް ކޮށްދޭނީތޯ ނުވަތަ ރައީސް ސާލީހުގެ އަރިހުގައި ދައުރު ނިމެންދެން ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނީތޯ ނިންމަން އެބަ ޖެހެއެވެ.
އަހުމަދު ސަމީރާއި ހަނަފީ އެދެއްކެވީ ރީތި މިސާލެވެ. ރައީސް ސާލިހާ ވާދަވެރި ލީޑަރެއްގެ ޑެޕިއުޓީ ލީޑަރުކަމާއި ސްޕެޝަލް އެޑްވައިޒަރުކަން ކުރަމުން ސަރުކާރުގެ ކެނބިނެޓްގައި ތިބުމަކީ ބަލައިގަނެވޭ ކަންކަމެއް ނޫނެވެ. ތިމާއަށް ހުރިހާ މޮޅެއް ހޯދައިގެން ވާދަވެރިޔާގެ ޖާސޫސީ އިދާރާ ވަޒީރުންގެ މަޖިލީހަކު ނުހިންގޭނެއެވެ.