ޔާމީނުގެ ވައުދު ފުއްދުން ފެންނަނީ ހީނާއަށް
ދައުރު ނިމޭ އިރަށް ޔާމީނު ގާއިމުކޮށް ނިންމި ބައިނަލް އަގުވަމީ ފުޓްބޯޅަ އެކަޑަމީ ކޮބާ
އަދިވެސް ވައުދު ފުއްދާނީ ޔާމީނު ކަމަށް ތަކުރާރުކޮށް ހީނާ ވަލީދު އެބަ ބުނެއެވެ. ހީނާއަކަށް މި ސަރުކާރުން ހިންގާ ކުދި ބޮޑު މަޝްރޫއު ތަކެއް ނުފެނެއެވެ. އަސާސީ ހިދުމަތް ގާއިމު ކުރުމުގެ މަސްރޫއު ތަކެއް ރަށް ރަށުގައި ހިނގާ ކަމަކަށް ހީނާ އަކަށް ނުވެއެވެ. އެހެން ނޫނަސް ހީނާ އެކަން ގަބޫލު ކުރިޔަސް ނުކުރިޔަސް ފަރުވާލެއް ނެތްތާއެވެ. ރައީސް ސާލިހަށް ރައްޔިތުންގެ %68 ވޯޓުން ރައީސްކަން ލިބި ވަޑައިގަތީ ޔާމީނާއި ހީނާއާއި ޕީޕީއެމުގެ ގޮނޑި ކޮއްކޮއިން ވޯޓު ދީގެނެއް ނޫނެވެ.
ރައީސް ސާލިހުގެ ފުރަތަމަ ދައުރު ނިމޭއިރު އަސާސީ ހިދުމަތް ގާއިމުވެފައި ނެތް ރަށެއް ނުއޮންނާނެ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވުމުން ޔާމީނުގެ ތަރުޖަމާނަށް އެހެރަ ވީގޮތެކެވެ. ނިތްކުރިއަށް ރުލެއް ވެސް އަރުވާ ނުލާ އެ ވާހަކަ ވަގުތުން ދޮގުކޮށްފިއެވެ. ރަށް ރަށަށް ދިޔައިމާ އެ ރަށްރަށުގައި އެއްވެސް ކަމެއް ހިނގާ ތަނެއް ނިމިފައި އޮތްތަނެއް ފެންނަ ކަމަކަށް ނުވެއެވެ.
އެންމެ ފަހުން ޔާމީނު އުތުރަށް ކުރި ދަތުރުގައި ހއ. އިހަވަންދުއަށް ދިޔަ ކަމަށްވެއެވެ. ލޮލު ހާލު ހުރި ގޮތުން އެ ރަށު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް ނިމެމުން ދާތަނެއް އޭނާ އަކަށް ނުފެނުނެވެ. ކެލަޔާއި ބާރަށާއި ވަށަފަރާއި ތުރާކުނާއި ދިއްދޫގައި ވެސް މި ސަރުކާރުން ކަމެއް ކުރި ކަމަކަށް ނުވެއެވެ. ހަނިމާދޫގައި މި ސަރުކާރުން ރާވާ ހިންގާ ކަންކަން ގިނަވެ އެ ރަށު މީހުން ގާތުގައި ދައްކަން އެނގުނީ އެ ރަށުން މީހުން ބާލާން އުޅޭ ވާހަކައެވެ.
އެ ވާހަކައެއް ނޫނެވެ. ބެޔަސް ނުބެޔަސް ދޭން ބުނި ދިހަ ހާހާއި ދަނޑުވެރިންނަށް ދޭން ބުނި އަށް ހާސް ދިންހެން ފުއްދި އެހެން ވައުދެއް ތަކެއް ހަނދާނަށް އެބަ އާދެއެވެ. ވައުދު ފުއްދުމުގައި ދެވަނައެއް ނެތް ޔާމީނު ވެރިކަމުގެ ދައުރު ނިމޭ އިރަށް ގާއިމުކޮށް ނިންމި ބައިނަލް އަގުވަމީ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީ ރާއްޖޭގައި ހުރި ތަނެއް ހީނާ ނިކަން ބުނެލަ ދީބަލާށެވެ. އެފްއޭއެމް އާއި ހަވާލު ކޮށްގެން ނިންމި ފުޓްބޯޅަ އެކަޑަމީއަކީ ވެސް ޔާމީނު ފުއްދި ފެންނަން ނެތް ވައުދެކީތާވެ.
ކާށިދޫގައި 300 މީހުންގެ ޖަލެއް އަޅަން 2018 އަށް ބަޖެޓްކުރި 26 މިލިޔަނަށް ޖަލު ނާޅާ ނަމުގައި ކ. ހުރާގެ ފަޅު ހެދުމަށް އެ ފައިސާ ބަދަލުކޮށް ފަޅުގެ މަސައްކަތެއް ނުކުރެއެވެ. އެ ފައިސާ ކޮޅަށް ވެސް ވީ ހުދު ކާފޫރަށް ވާގޮތެވެ. ހުރާފަޅު ދެ ފޭހަކަށް ބަލާއިގެން ނިންމީ މި ސަރުކާރުންނެވެ. 2020ގެ ޖޫނުގައެވެ.
އިނދެ ވަރިކުރި ފުޅާ އިންނަން އުޅެއުޅެ ކުރިއަކުން ވެސް ގަބޫލެއް ވިއްޔެއް ނޫނެވެ. އަނެއްކާވެސް ތަރިބަލާ ހަނދުގެނެސް އަތަށް ދޭން ވައުދު ވިޔަސް އިނދެގެން އުޅުނު ވައްތަރުން ގޮއްޔެ ވެފައިވަނީ މާފުއްސެކެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވެގެން ފަހަތުން ނުނައްޓާ ތަރިބާލަ ދޭން ވާ ވައުދު ފުއްދާތަން ފެންނަނީ ހީނާ ވަލީދަށް އެކަންޏެވެ. އެގޮތަށް ފުއްދާ ވައުދު މެޑަމް ފާތުންނަށް ވެސް ނުފެންނާނެއެވެ.