3 ރައީސުން ގުޅިގެން ގައުމު ސަލާމަތްކުރަން ނިކުތުމަށް ފައްޔާޒު ގޮވާލައިފި

3 ރައީސުން ގުޅިގެން ގައުމު ސަލާމަތްކުރަން ނިކުތުމަށް ފައްޔާޒު ގޮވާލައިފި

މުޅި ދައުލަތް ހިސޯރުކޮށްގެން ހުންނެވި މ. ދިމްޔާތު މުހައްމަދު މުއިއްޒު އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާ ހިލާފުވެ ބުއްދި ފިލައި ގޮސްފައި ކަމަށާއި ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް އަލްއުސްތާޒު ފައްޔާޒު އިމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް ނަޝީދާއި ރައީސް ސޯލިހާއި ރައީސް ޔާމީނު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް." ފައްޔާޒު ވިދާޅުވިއެވެ.

"މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރަން" އޮނަރަބަލް ފައްޔާޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލެއްވިއެވެ.