މަސްދަޅުކޭހާއި ބޮކިފައްޗަކުން ޗަލުވައެއް ނުލެވޭނެ!

ރައިސް މުއިއްޒު އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ އީދުގައިވެސް ރައްޔިތުން ސަޕްރައިޒްވާ ފަދަ އީދު ހަދިޔާއެއް ދެއްވަވައިފިއެވެ.ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އެންމެ އާބާދީ ބޮޑު ދެރަށުގައި ފިތުރު އީދަށް ބޮކިފަތި ދިއްލައްވަން ނިންމަވައިފިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ހައިބަތު ދައްކާލުމަށް ޓަކައި މިދިއްލާލެވޭ ދިއްލުންތަކަށް ސަރުކާާރުން 28 މިލިއަން ރުފިޔާގެ ހަރަދެއް ކުުރުމަށްވަނީ ނިންމާފައެވެ. ނުވިތާކަށް ބޮކިފަތިތައް އިފްތިތާހު ކުރުމަށް ޓަކައި މި މަހުގެ 29 ވަނަ ދުވަހު ހަފްލާއެއްވެސް ބޭއްވުމަށް ނިންމަވައިފިއެވެ. ރައިސް މުއިއްޒުގެ ހުވަފެންފުޅަށް ހަގީގީ ކުލަ ޖެއްސުމަށްޓަކައި، ލޯކަލް ގަވަމެންޓް މިނިސްޓްރީން މިހާރު ވަނީ އަމަލީ މަސައްކަތްތައް ފަށާފައެވެ.
ހިތާމައަކީ މިހާ ފުރިހަމަޔަށް ރައިސް މުއިއްޒު މިމަސައްކަތް ކުރައްވާ އިރުވެސް ، ރައްޔިތުން ތިބީ ރައިސް މުއިއްޒުގެ އީދު ހަދިޔާ ގަބޫލުކުރާ ގޮތަކަށް ނޫނެވެ. ވާނީ ވެސް އެހެންތާއެވެ. ރާއްޖޭގައި އެންމެ އާބާދީ ބޮޑުއެެއް ސަރަހައްދަކީ އައްޑޫއެވެ. އައްޑޫ ރައްޔިތުން ދެ މިނެޓުން ދެ މިނެޓުން ފުޅިބައްތި ދިއްލައިގެން ތިބޭ އިރު، މިކަލޭގެ މިވިސްނަނީ 28 މިލިއަން ރުފިޔާ ހޭދަކޮށްފައި އީދަށް ރަށުތެރެ ޒީނަތް ކުރުމަށް ބޮކިފަތި ދިއްލާށެވެ.
އެއިއްޔަކީ މުޅިއަކުން މައްސަލައެއްވެސް ނޫނެވެ.ކަންދެއްކުމަކީ އެމަނިކުފާނުގެ ކަށީގައި ހިފާފައިވާ ކަމަކަށް ވެދާނެއެވެ. ފަހަރުގައި ރައިސް މުއިއްޒު އެކުލަވާލެއްވި ވައުދު ފޮތުގައި އޮތީ ފުރަތަމަ އީދަށް ބޮކި ދިއްލުމެވެ. އެއަށް ފަހު ރާާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުން ކަމަށްވެދާނެވެ. އައްޑޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވި އެވެ. ނަމަވެސް މި ރޯދަ މަހު އައްޑޫގައި ކަރަންޓު ކެނޑޭވަރު ގިނަވެ، ރައްޔިތުންނަށް ވަނީ ބޮޑު ތަކުލީފަކަށްވެފައެވެ.
ރައިސް މުއިއްޒޫއެވެ. ކޮންމެ ފަހަރަކު މަސްދަޅު ކޭހެއް ދީފައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހިންދައެއް ނުލެވޭނެއެވެ. ތިޔަ ބަލަހައްޓަވަނީ ގައުމެކެވެ. ގައުމެއްގެ ރައްޔިތުންނެވެ. ހިތް ބުރަވެއްޖެ ނަމަ ހަދިޔާއެއް ދީގެން ހިތްރުއްސާލަން މީކުޑަކުދިންނެއް ނޫނެވެ. އަދި އަނބި ކަނބުލޭގެއެއްވެސް ނޫނެވެ.