ކާފައާއި މާމައަކީ އެންމެ މުހިއްމު އާރުކާޓީން: އާދަމް އާޒިމް

ކާފަ މާމައަށް ހައްގު ލޯތްބާއި އިހްތިރާމާއި ގަދަރު ބޭނުންވާނެ

ކާފައާއި މާމައަކީ އެންމެ މުހިއްމު އާރުކާޓީން: އާދަމް އާޒިމް

މާލޭ މޭޔަރ އާދަމް އާޒިމަކީ އިހުތިރާމްކޮށް އިހުތިރާމް އަދާކުރުމުގައި ނަމޫނާ ބޭފުޅެކެވެ. ޒިންމާދާރު ކަމަށްކަމޭ ހިއްތަވާ ޝުކުރުވެރި ވުމުގެ ލާމަސީލު ނަމޫނާއެކެވެ. ވަޒީފާގެ ޒިންމާގެ އިތުރަށް އާއިލީ ގުޅުންތައް ދަމަހައްޓަވާ ދޮށީ އުމުރުގެ މީހުންގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ތަފާތު ފިކުރަށް އިހުތިރާމް ކުރައްވާ ތަފާތު ފިކުރުގެ މީހުންނާއި އެކުގައި މުޖުތަމައުގެ ހެވާއި ލާބައަށް މަސައްކަތް ކުރެއްވުމުގައި އާޒިމް ދެގޮތެއް ނުވެއެވެ.     

އިޖުތިމާއީ ގުޅުން ދެމެހެއްޓޭނީ ލޭގެ ގުޅުމުގެ މުހިންމުކަން އިހުސާސް ކުރެވިގެންނެވެ. ކާފައާއި މާމަ، ދަރީންގެ މެދުގައި ބާއްވާ ގުޅުމަކީ ދިރިއުޅުމުގެ އެންމެ ފޮނި ހަނދާންތައް ތަމްސީލުކުރާ ގުޅުންކަން އާދަމް އާޒިމް އަބަދުމެ ހަނދާނުގައި ބަހައްޓަވައެވެ.

"ކާފައާއި މާމައަކީ އަޅުގަނޑުމެން ދުނިޔެއަށް ލޯހުޅުވައިދޭ އެންމެ މުހިއްމު އާރުކާޓީން"ކަން އާޒިމް ހަނދާން ބަހައްޓަވަނީ ހަމައެކަނި ކާފަމާމައިންގެ ދުވަސް އައުމަކުން އެކަންޏެއް ނޫނެވެ. ކާފައާއި މާމަގެ ނަސޭހަތާއި އިރުޝާދާއި ތަޖުރިބާއާއި ލޯތްބާއި ކުލުނުން ފުރިގެންވާ ފިރުމުންތަކަކީ އަޅުގަނޑުމެން ރަނގަޅު މުވާތިނުންނަށް ހަދައިދިން މަސްދަރުކަން ހިނދުކޮޅަކަށް ވެސް ހަނދާނުން ފުހެ ނުލައްވައެވެ.

ކާފައާއި މާމަގެ އެތައް ރެއެއްގެ ނިދިން މަހުރޫމްވެ ދަރިންނަށްޓަކައި ވެދެއްވި މަތިވެރި ގުރުބާނީއަށްޓަކާ މި އަހަރުގެ ކާފަ، މާމަގެ ދުވަސް ފާހަގަ ކުރަމުން ދާއިރު އެކަމުގެ އަގު ވަޒަންކުރުމަށް ދިވެހި މުޖުތަމައަށް އާޒިމް ނަސޭހަތް ދެއްވަނީ އަމަލީ ގޮތުން އެކަން ދައްކަވަމުންނެވެ. ކާފަ މާމައަށް ހައްގުވާ ލޯތްބާއި އިހްތިރާމާއި ގަދަރު އެ މީހުން ވެސް ބޭނުންވާނެކަން އަބަދު ވެސް ކޮންމެ މީހަކު ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް އާޒިމް ދެކިވަޑައި ގަންނަވައެވެ.

މޭޔަރ އާދަމް އާޒިމްގެ ކިބައިން ފެންނަ ރިވެތި އަހުލާގާއި ކަމަށްކަމޭ ހިތުމާއި ނަތީޖާ ހާސިލުކުރުމަށް ގަދައަޅާ ކުރައްވާ މަސައްކަތާއި ހިތްތިރި ގުޅުމަކީ އިސް ރަށްވެހިންގެ ފުށުން ހޯއްދެވި ނަސޭހަތާއި އިރުޝާދާއި ތަޖުރިބާގެ ނަތީޖާއެވެ. ކާފައާއި މާމަގެ ލޯތްބާއި ކުލުނުން ފުރިގެންވާ ފިރުމުންތަކުން ލިބިގަތް ފިލާވަޅެވެ.