ޔާމީނު ނެތް ތަނުގައި ޕީޕީއެމަށް ލަފާދޭ މުޝީރަކީ އަންނި!

އިންތި މެންނަކީ ނަޒާހަތްތެރި ހާއިނުން؟

ޔާމީނު ނެތް ތަނުގައި ޕީޕީއެމަށް ލަފާދޭ މުޝީރަކީ އަންނި!

މިވެރިކަން ފެށުނީއްސުރެ އަންނި ކުރީ ދެވަނަ ދެކަމެއް ނޫނެވެ. އެމްޑީޕީ ފޭލިކޮށްލަން ކުރެވެން އޮތް ކަމެއް ކުރުމެވެ. އެމްޑީޕީ އިސްވެ އޮވެ އުފެއްދި ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް މަރުފަލިޖެހިއެވެ. މަޖިލީހުގެ މެޖޯރިޓީ ނުހަމަ ގޮތުގައި ބޭނުންކޮށްގެން ސަރުކާރު ޕެރެލައިޒް ކޮށްލަން މަސައްކަތް ކުރިއެވެ. ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ކޮރަޕްޝަނުގެ ފަނި ސަރުކާރުގެ ތެރޭގައި އެޅުވިއެވެ. ކަންކަން ގޯހުން ގޯހަށް ދުއްވާލާ ގޯސްކުރި ކަންކަމުގެ ވާހަކަ އާއްމުކޮށް ދައްކާ ރައްޔިތުންގެ އިތުބާރު ކަނޑުވާލަން ހައުދަހައި ޗަރުކޭހެއް ކުޅުނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މަޖިލިސް ލައިވް ކޮށްގެން ތިބެ މި ބައިމީހުން ރެޔާ ދުވާލު ކުރި އެންޓި ކެމްޕޭނުގައި މާލެ ސިޓީ އެމްޑީޕީއަށް ގެއްލުވާލާ އައްޑޫސިޓީ ކައުންސިލް އޮތީ ގަޑު ބަޑު ކޮށްފައެވެ. ދެން މިނުކުތީ ރިޔާސީ އިންތިހާބު ހަލާކު ކުރާށެވެ. 

އަންނިގެ ބޮލަށް ރޮޒޭނާ، އެއް ކިހިއްޔަށް ތަސްމީނު، އަނެއް އުކުޅަށް ނާޝިޒު،  ދެން  އޮތް ތަނަކަށް ޝާހިދާއި އަލީ އާޒިމް ލައިގެން ގެނެސް  އެމްޑީޕީ ސްޓޭޖަށް އެރުވި ދުވަހު އެވަރުގެ އެމްޑީޕީ ބަޔަކު ނެތެވެ. އަންނިއާއި ފެއަށް ޖެހޭ އިރަށް އެޖެހޭ މީހާ އެއީ އެވެނި މިވެނި މީހާއަށް އެބަ ހަދައެވެ. އަލީ ވަހީދެއް އަލްހާނެއް، ހައަނގަ ޖަމީލެއް ގާސިމެއް މައުމޫނެއް ކިޔާނެ ކަމެއް ނެތެވެ. އަންނި ބޭނުންވީމާ ޝައިތޯނާ އާ ވެސް ކޯލިޝަން ހަދަންވީ އވެ.  

މިހާރު ނިކަން ދެކިބަލާށެވެ. ޔާމީނުގެ ވަފާތެރި ގާތް މީހުންނާ ނޫސްތަކުން އަންނި ޕްރޮމޯޓް ކުރަނީ އެމްޑީޕީ މީހުން ވެސް ނުކުރާ ވަރަށެވެ. މަޖިލިސް ތެރޭގައި ވެސް ނައިފަރު ސިޔާމާއި ފިނިފެންމާ ސައީދާއި ދަތްދޮޅި އާދަނާއި އަންނި ދައްކަނީ އަމަށަކު ފުއްކުދި ވާހަކަ ތަކެއް ނޫނެވެ. އެ ވާހަކަ ތަކުގެ މެދުތެރޭން ކުއްލި އަަކަށް ފެނުނީ 2 އަކުރު އޮޅިގެން ސުޕްރީމް ކޯޓުން ޔާމީނު ދޫކޮށްލި ތަނެވެ. ޕީޕީއެމް މީހުން އަންނި ދެކެ މިހާރު އެހާ ރުޅިއެއް ނާދެއެވެ. ޔާމީނު ނެތް ތަނުގައި ޕީޕީއެމަށް ލަފާދޭ މުޝީރަކީ މިހާރު އަންނިއަށްވުން ވަރަށް ގާތެވެ. 

އެނގޭ ހެއްޔެވެ. ރެޑްވޭވް ސަލީމާއި ގައްސާނު މައުމޫނާއި ދަތްދޮޅި އާދަނާ އިންތިއާއި ހަސަންކޮމެން އިހަށް ރެއަކު އަންނިއާއެކު އެކުރީކީ އަމަށަކު ސައްލާއެއް ނޫނެވެ. މި ހުރިހާ ކަމެއްގައި އަތްޖަހާ ފޯރިދޭން އަމިއްލަ ސިކުނޑި ގޭގައި ބާއްވައިގެން ނުކުމެ އުޅޭ މީހުން އެބަފެނެއެވެ.