އެންމެ އުސް ޒިނޭހާނާ އާއި ޑރ. މުއިއްޒު
ދިމްޔާތު ރާއްޖޭގައި ހުރި އެންމެ އުސް ޒިނޭހާނާއަށް ބަދަލުކޮށްލީ ޔާމީނު ވެރިކަމުގަ
އެންމެންގެ ލޮލަށް ތިބީ މިރުސް ފެން އެޅިފައެއް ނޫނެވެ. ކުރާ ކަންކަމާ ކުރެވޭކަންކަން ނުފެންނަ ވަރަށް މީހުން ކަނެއް ނުވެއެވެ. ޔާމީނު ވެރިކަމުގައި ރަށްރަށަށް ކޮށްދިން ކަމަކާ ނުކޮށްދީ އޮތްކަމެއް އެންމެ ރަނގަޅަށް އެނގޭނީ އެ ރަށްރަށުގައި ދިރިއުޅޭ ބަޔަކަށެވެ. މި ސަރުކާރުން ރަށްރަށުގައި ކުރަހާ ކަމަކީ ޔާމީނު ކޮށްދިން ކަން ކަމަށް ހަދަން މުއިއްޒު ގައިވީދުނަސް ރަށްރަށުގެ ރައްޔިތުންނަކަށް އެ ކަމެއް އޮޅުވައެއް ނުލެވޭނެއެވެ.
ރައީސް ސާލިހުގެ ސަރުކާރުން ރަށްރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހަދާ ރައްޔިތުންނަށް ލަފާފުރުމުގެ ފަސޭހަ ހޯދާދޭ ދިނުމުގެ ކްރެޑިޓް ޔާމީނަށް ހޯދާދޭން މުއިއްޒު ޓްވީޓު ކުރިޔަސް ރަށްރަށުގެ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ޔާމީނުވެރި ކަމުގައި ކުރީ ކީއްކަން އެންމެނަށް ވެސް އެބަ އެނގެއެވެ.
އައިޖީއެމްއެޗް ކައިރީގައި ދަގަނޑުތޭރި ޖަހައިގެން ޖަލެއްހެން ބަންދު ކޮށްގެން ދުވަހު ކުއްޔަށް ދޭ ޒިނޭހާނާއެއް ހިންގައިގެން ހަރާން ފައިސާ ހޯދި މ. ދިމްޔާތު ރާއްޖޭގައި ހުރި އެންމެ އުސް ޒިނޭހާނާއަށް ބަދަލުކޮށްލީ ޔާމީނު ވެރިކަމުގައެވެ. މުއިއްޒު ދައުލަތުން ހަރާން ފައިސާ ކަޅާކޮށް ގެންނެވެ.
ޔާމީނު ޖަލަށް ފޮނުވަލައިގެން ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފައިނަގައިގެން ހުރެ ޕީޕިއެމް މެންބަރުންގެ ތާއީދު ހޯދަން ޔާމީނަށް ކްރެޑިޓް ދޭން އުޅޭކަން ނޭނގޭ ޕީޕީއެމް މީހަކު ވެސް ނޫޅެއެވެ. ސަލަފީން ފަހަތަށް ލައިގެން ދީން ވިއްކައިގެން ވެރިކަމަށް އަންނަން ތިޔަ އުޅެނީ ކިތަކަށް ޒިނޭހާނާ ހަދަން ޕްލޭން ކޮށްފައި އޮވެގެން ހެއްޔެވެ.
ބުނަން ހެއްޔެވެ. ޔާމީނު ސަރުކާރުން 108 ބަނދަރު ހަދާ 26 ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތްނަމަ މި ސަރުކާރުން ނިންމާލަން ޖެހޭނީ ހަމައެކަނި އުއިއްޒު އެބުނާ 26 ބަދަރު އެކަންޏެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު ވެރިކަމުގައި ހެއްދެވި ބަނދަރުތަކާ އެކު މި ރާއްޖޭގައި ރައީސް ސޯލިހުގެ ވެރިކަމުގައި ބަދަރު ހަދަން ޖެހޭ ރަށެއް ނުއޮތީހެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 190 ވަރަކަށް ރަށް އޮތް އިރު ބަނދަރު ހަދާފައި ނެތް އެންމެ ރަށެއް ވެސް ޔާމީނު ވެރިކަން ނިމުނު އިރު ރާއްޖޭގައި ނުއޮންނާނެ ތާއެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ.
ރައީސް ސާލިހުގެ ވެރިކަން ފެށުނުއިރު އެއްވެސް ފެންވަރެއްގައި އެއްވެސް ޒަމާނެއްގައި ބަނދަރެއް ހަދާފައި ނެތް ފަންސާހަކަށް ރަށް ރާއްޖޭގެ ކަންކޮޅުތަކުގައި އޮތެވެ. ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކޮންމެ ވެސް ފެންވަރެއްގައި ރައްޔިތުން ފަޅު ކޮނުވާ، ވީރާނާވެފައި އޮތް ތިރީހަކަށް ބަނދަރު ރާއްޖޭގައި އޮތެވެ. ކުރީގެ ސަރުކާރު ތަކުން ހަދާދީފައިވާ އެތައް ބަނދަރެއް ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެ އާބާތުރަ ނުފިލުވާ އޮތެވެ. މި ސަރުކާރުން ކުރަނީ އެ މަސައްކަތެވެ. ދިވެހި ރައްޔިތުންނަށް އެކަމެއް ނޯޅެއެވެ.
ހައްގު ނޫން ކްރެޑިޓް ޔާމީނަށް ދީގެން ޕީޕީއެމްގެ ތާއީދުގައި ވެރިކަމަށް އައުމުގެ ހުވަފެން މުއިއްޒު ތިޔަ ދެކެނީ ޔާމީނަށް ދެވުނު ކެހި ކުޑަކަމުން ހެއްޔެވެ. ޒިނޭއަށް މަގު ފަހިކޮށްގެންނާއި ޒިނޭހާނާ ހިންގައިގެންނާއި ދައުލަތުން ހަރާން ލާރި ކައިގެން ހުރެ ޔާމީނަށް ކުރި ހުކުން ހަރާން ކުރަމުން މޭޔަރުކަމުގައި ރައްޔިތަކަށް ކޮށްދޭ ކަމެއް ހަރާމުން ހަރާމެވެ.