މުއިއްޒުގެ ވެރިކަން ވައްޓާލުމަށްވުރެ މޮޅުގޮތެއްނެތް
މުއިއްޒުގެ ވެރިކަމުގައި ހަލާލުކޮށް ކުރި ކަމެއްނެތް
ރައްޔިތުން ވޯޓުދީގެން ޖުމްހޫރިއްޔާއަށް ރައީސަކު ހޮވަނީ އަދުލުވެރި ވެރިކަމާއެކު ރައްޔިތުންފެ ހައްގުތައް ރައްކާތެރި ކުރުމަށެވެ. މުއިއްޒަކަށް އެކަމެއް ނުވިއެވެ. އަދުލުވެރިކޮށް ކަމެއް ނުކުރެވޭތާ އެމީހަކަށް ޖެހުނުތާކުން މުޅިދައުލަތް ލޫޓުވަނީއެވެ.
ފަސްއަހަރުގެ ދައުރަކަށް ރައީސްކަމަށް މުއިއްޒު ހޮވީކީ ކުރާނެހާ ކަމެއް ކުރުމަކަށް ނޫނެވެ. މުއިއްޒަށް ހުޝާމަދުކުރާ މީހުންނަށް މުޅި ދައުލަތް ލޫޓުވާލަން އޮތީ ދީފައެވެ. މުޅި ގައުމުގައި ބޭއިންސާފު އޮތީ މޫލާފައެވެ
ފޮނުވާލާ އިދާރީ މެމޯއަކުން އަގުބޮޑު ބިންތައްވެސް ބަހާލަނީއެވެ. އިންސާފު ނުލިބިފައި ތިބި އެތައްހާސް ބަޔަކު ތިއްބާ އިންސާފު ގާއިމުކޮށްދޭ ނަމުގައެވެ. ހިޔާނާތާއި ޓެކުމާއި މަކަރާ ހީލަތާއި ރިޝްވަތާއި އިސްރާފު މިއަށްވުރެ އިންތިޒާމުވެގެން ހިންގާ ސަރުކާރެއް ރާއްޖޭގެ ތާރީހު ނުދެކެއެވެ.
މުއިއްޒުގެ ވެރިކަމަކީ ދައުލަތް ލޫޓުވުމުގެ އެހެން ލެވެލެކެވެ. ދައުލަތުގެ ހަޒާނާ ތަޅާދުމަށް އަރުވާލައިފިއެވެ. ބިންތަކަށާ މުދަލަށް ހަދަނީ ހަދާނެ ގޮތެކެވެ. ހޯދާ ހިދުމަތަކަށް ގަންނަ މުދަލަކަށް އަގެއްދެނީއެއްނޫނެވެ. ދަރަނި ދައްކަނީ ދަރަނިން ދަރަނި އުފައްދައިގެނެވެ.
ވެރިކަމަށް އެރިގޮތަށް އަރާ ބަދަލު ދިނުމުގެ އުސޫލު އުވާ ހިތުހުރި މީހަކަށް ހިތުހުރި އެއްޗެއް ދަނީ ދެމުންނެވެ. އެކި ނަންނަމުގައި ބައިވެރިންނަށް ދައުލަތް ބަހާ ހުސްކުރަނީއެވެ.
ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތް ހިސާބުން ފެށިގެން ވަކިފަރުދަކަށް ނުއެކަށޭނަ ދަށް އަގެއްގައި ހުޅުމާލޭން ބިމެއް ވިއްކުމާ ހަމަޔަށްވެސް މުއިއްޒު ވެރިކަމުގައި ހަލާލު ގޮތެއްގައި ކުރިއެއްކަމެއް ނެތެވެ. އިތުރަށް މުއިއްޒުވެރިކަމުގައި ބަހައްޓައިގެން ވާނެ ރަނގަޅެއް ނެތްތާ ވާނީ ގެއްލުމާ ހަލާކެވެ.
ފަސްއަހަރު ހަމަވަންދެން ވެރިކަމުގައި މިކަލޭގެ ބަހައްޓައިފިނަމަ ރާއްޖެ އަތުނުޖެހޭނެއެވެ. ވެރިކަމަށް ދެން އަންނާނީ ކާކުތޯ ނުބަލާ އެންމެ ފުރަތަމަ މުއިއްޒުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްވުރެ މުހިންމު އެހެންކަމެއް މިހާރަކު ނެތެވެ. މުއިއްޒުވެރިކަމުން ބޭލުމަކީ ކިފާޔަތުގެ ފަރުލަކަށް ވެއްޖެއެވެ.


