ރިޝްވަތުހިފަން އިޝްތިހާރާކުރި އަނާރާގެ ނަޒާހަތްދެއްކީ މުއިއްޒަށް؟

އަނާރާއަށް އަލަށް ކަމެއް އެނގުމަކީ އެކަމެއް ވުޖޫދުގައި ނެތުމެއް ނޫން

ރިޝްވަތުހިފަން އިޝްތިހާރާކުރި އަނާރާގެ ނަޒާހަތްދެއްކީ މުއިއްޒަށް؟

އަނާރާ ނައީމް ހުންނެވީ ހަމައިގައިތޯ ބަލަން އެބަ ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެގެންޖެހޭ އެއްޗެހި ނޭނގުމަކީ އަނާރާ ހަމައިގައި ހުރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. 

ރިޝްވަތު ފައިސާގައި ހިފަން އިސްތިހާރާ ނަމާދު ކުރާ އަންހެނެއްގެ ހުންނާނީ ކޮން ގޮތެއް ހެއްޔެވެ. 18 ވަނަ މަޖިލީހުގައި އަދާލަތުގެ މާދީނީ މީހަކަށްވެގެން ފުއްޕާފާ އުޅެނިކޮށް ރުފިޔާ ކޮތަޅަކުން އަދީބު އޮތީ ސައިޒްކޮށްލާފައިކަން ނޭނގޭ މީހަކުނެތެވެ. ރިޝްވަތަށް ވޯޓު ވިއްކުމުގައި ލިބާހުން ދަރު ބަދެލައިގެން އުޅުނު ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. 

ސަހަރޯއެވެ. އާނަރާއަށް ކުރިން ނޭނގި އޮތްކަމެއް އަނާރާއަށް އަލަށް އެނގުމަކީ އެކަމެއް ވުޖޫދުގައި ނެތުމެއް ނޫނެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށްވެސް މިވީ އެހެންނެވެ. ހޭބުއްދި ފިލާފައި ހުރިވަރުން ލާމަރުކަޒީ ކޮމެޓީއަކީ ކުރިންވެސް މަޖިލީހުގައި އޮންނަ ކޮމެޓީއެއް ކަމެއް އަނާރާއަކަށް ނޭނގުނެވެ.

19 ވަނަ މަޖިލީހުގައި އަނާރާ މެންބަރެއްގެ ގޮތުގައި ނެތުމަކީ ރައްޔިތުންގެ މަޖިލީސް ނެތުމެއް ނޫނެވެ. 19 ވަނަ މަޖިލީހުގައި ލާމަރުކަޒީ ކޮމެޓީއެއް އޮތްކަން އަނާރާއަށް ނޭނގެންޏާ އެވާހަކަ ނުދައްކާ ހުންނާށެވެ. 

މުއިއްޒަށް ހުޝާމަދުކޮށް ބުހުތާނު ދޮގު ހަދަމުން ހަދަމުންގޮސް ކިޔޭ ނުކިޔޭއެއް ނޭނގެއެވެ. މިހާވަރުން ގޮސް މިބައިގަނޑު ނިއްކުރީ ކުރަގަނޑުގައި ބޮސްނުދީ ތިބިއްޔާ ގައިނަސީބެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގެ ތާރީހުގައިވެސް މިވަރުގެ ގޮނޑިކޮއްކޮ މަޖިލީހެއް ދެކިފައެއް ނުވެއެވެ. 

ނަޒާހަތްތެރިކަމާއެކު މަޖިލިހަށޭ ކިޔައިގެން ހުރާ ދާއިރާއާއި އެއްވެސް ގުޅުމެއްނެތި ހޮވެން ބެހީ ރިޝްވަތެވެ. ދޮންކުރަން ނާށިލާފާ އޮތް ފޭރެއްފަދަ ފޮރުވާފައިއޮތް މާ ބޮޑު ނަޒާހަތްތެއް މަޖިލީހަށް ހޮވެންވެގެން މުއިއްޒަށް ދައްކައިގެން ދައިރާއަށް ނުފޫޒު ފޯރުވާ ހޮވުމުން ކުލަ ބަދަލުކޮށްލީ ބޯވައެއްހެން ވިއްޔާއެވެ. ރިޝްވަތާއި ނުފޫޒުން މަޖިލީހަށް ހޮވެންވެގެންވެސް އިޝްތިހާރާ ނުކުރާކަމެއް ނޭގެއެވެ.