ހުދުމުހުތާރު ވެރިންގެ ސިފަ

މި ކޯޓް މިހާރު ހެޔޮވަރީ ރައީސް ނަސީދަށް

ހުދުމުހުތާރު ވެރިންގެ ސިފަ

ހުދުމުހުތާރު ވެރިންގެ ގޮތްތައް ހުދުމުހުތާރު ވުމުގައި އެއްގޮތް ނުވެދާނެއެވެ. އެ މީހެއްގެ ވެރިކަމުގެ ޙާލަތަށް ބަލާފައި ވަރަށް ބޮޑަށް އެކެއް އަނެކަކާއި ތަފާތު ވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް ހުދުމުހުތާރު ވެރިކަމާ ގުޅިފައިވާ ބައެއް އާންމު އުސޫލުތަކާއި ސިފަތައް އެބަހުއްޓެވެ. މިހުރީ ހުދުމުހުތާރު ވެރިން ތަބާވާ އާންމު މަދު އުސޫލު ތަކެކެވެ.

ބާރު ވަރުގަދަ ކުރުން: 

ހުދުމުހުތާރު ވެރިން އާންމުކޮށް މަސައްކަތް ކުރަނީ އެ މީހުންގެ އަތުގައި ބާރު ޖަމާކޮށް، ކުރިމަތިވެދާނެ އިދިކޮޅު ފަރާތްތައް ނައްތާލުމަށް ނުވަތަ ބާކީ ކުރުމަށެވެ. ވެރިކަން ކުރަން ބޭނުން ވާނީ ސިޔާސީ އިދިކޮޅު ފަރާތްތައް ފިއްތާލައި، މީޑިއާ ސެންސަރުކޮށް، އަސްކަރީ އަދި ސަލާމަތީ ބާރުތައް ކޮންޓްރޯލް ކޮށްގެންނެއެވެ.

ޝަޚުޞިއްޔަތުގެ ކަލްޓް:

ހުދުމުހުތާރު ވެރިން އެ މީހުންގެ ވަށައިގެން ޝަޚުޞިއްޔަތުގެ ކަލްޓެއް އާލާކޮށް، ވަރުގަދަ ލީޑަރުންގެ ގޮތުގައި ސިފަކޮށް، ކުށެއް ނެތްކަމުގެ ތަޞައްވުރެއް ކުރިއަރުވައެވެ. މި ތަސްވީރު ދެމެހެއްޓުމަށާއި، ޚިޔާލު ތަފާތުވާ އެއްވެސް ވިސްނުމެއް ނެތި ފިއްތާލުމަށްޓަކައި އެ މީހުން ގިނައިން ބޭނުން ކުރަނީ ޕްރޮޕެގެންޑާއާއި ކޮންޓްރޯލް ކުރާ މީޑިއާއެވެ.

މަދަނީ މިނިވަންކަން ހަނިކުރުން: 

ހުދުމުހުތާރު ވެރިން އެތައް ފަހަރަކު އެއް ވާހަކައެއް ދައްކާ އަސްލު އޮޅުވާލުމާއި، ގިނަ ގިނައިން އެއްވެ އުޅުމާއި، ޖަމާޢަތް އުފެއްދުމުގެ މިނިވަންކަން ފަދަ މަދަނީ މިނިވަންކަން ހުޅުވާފައި އޮވެމެ ކުދިކުދި ދަތި ކަންކަން ކުރިމަތި ކުރުވާ ކަން ފުރިހަމަ ނުވާނޭގޮތަށް ކަންކަން ތަރުތީބު ކުރެއެވެ. ހަރުކަށި ސެންސަރުތައް  ހެދުމާއި، ސިޔާސީ ޕާޓީ ނުވަތަ ޖަމިއްޔާތައް މަނާކުރުން ވެސް އެއީ ކޮށް އުޅޭކަމެކެވެ. އިދިކޮޅަކަށް ފާޑުކިޔުން މަނާކުރުމާއި، އަމިއްލަޔައް ވާދަވެރި ޕްރައިމަރީ ތަކުން މަނާވެގަތުން ހިމެނެއެވެ.

ޝަރުއީ ނިޒާމު ކޮންޓްރޯލް ކުރުން:

ޝަރުއީ ނިޒާމު މެނިޕުއަލޭޓް ކުރުމާއި ކޮންޓްރޯލް ކުރުމަކީ އެ މީހުންގެ ވެރިކަން ގޮންޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް ކުރާ ކަމެކެވެ. ވެރިކަމަށް އަތުވެދާނެ ކަމަށް ހީވާ ނުރައްކާތަކާއި ކުރިމަތިލުމަށް ވަފާތެރި ފަނޑިޔާރުން އައްޔަންކޮށް، ގާނޫނީ ޝަރީއަތް ތަކަށް ވަދެގަނެއެވެ. ނުވަތަ ހާއްސަ ކޯޓުތައް ގާއިމް ކުރާނެއެވެ.

އިދިކޮޅު ފިއްތުންތައް ފިއްތާލުން: 

ޑިމޮކްރަސީން ، ޑިކްޓޭޓަރަކަށްވާ ވެރިން އިދިކޮޅު ފިއްތުންތައް ނެތި ކޮށްލުމަށް ސިޔާސީ ގޮތުން ދޭ ފިއްތުން ތަކާއި، ޖަލަށްލުމާއި، އަނިޔާ ކުރުމާއި، ޝަރީޢަތުގެ ބޭރުން ކަންކަން ކުރުން ހިމެނެއެވެ. އަދި ޚިޔާލު ތަފާތުވާ މީހުނާއި ތަފާތު ހިޔާލު ފާޅުކުރާ މީހުން މޮނިޓަރކޮށް ބިރުދެއްކުމަށް ވެސް ސަވައިލެންސް އާއި އިންފޮމޭޓަރުން ބޭނުން ކުރާނެއެވެ.

އިންތިޚާބުތައް މެނިޕުއަލް ކުރުން: 

ހުދު މުހުތާރު ވެރިން އިންތިޚާބުތައް ބާއްވަނީ ޝަރުޢީ ކަމުގެ ސިފައެއް ދެމެހެއްޓުމަށެވެ. ނަމަވެސް މި އިންތިޚާބުތައް ގިނަ ފަހަރަށް ވަރަށް ބޮޑަށް މެނިޕުލޭޓް ކުރުމާ އެމީހުންގެ ފައިދާއަށް އޮޅުވާލައެވެ. އެ މީހުން އިންތިޚާބުގެ މަރުހަލާ ކޮންޓްރޯލްކޮށް، އިދިކޮޅު ކެންޑިޑޭޓުންނަށް ފުރުސަތު ހަނިކޮށް،  ބިރުދެއްކުމާއި މަޖުބޫރުކޮށްގެން އެދެވޭ ނަތީޖާއެއް ކަށަވަރު ކުރުމަށް މަސަތްކަތް ކުރާނެއެވެ.

އިޤްތިޞާދު ކޮންޓްރޯލްކުރުން: 

ހުދުމުހުތާރު ވެރިން ގިނައިން އިޤްތިޞާދުގެ މައްޗަށް ކޮންޓްރޯލް ހިންގަނީ، ގިނަ ފަހަރަށް އިޤްތިޞާދީ ފުރުޞަތުތަކާއި ވަސީލަތްތައް ހުރިހާ އެކުވެރިންނަށް ނުވަތަ ވަފާތެރި ސަޕޯޓަރުންނަށް ބައިއަޅައިގެންނެވެ. އެ މީހުން ކޮރަޕްޝަންގައި ބައިވެރިވެ، މުހިންމު ސިނާއަތްތައް މޮނޮޕޮލީކޮށް، ނުވަތަ ވަކި ޖަމާއަތް ތަކެއްގެ ވަފާތެރިކަން ދެމެހެއްޓުމަށް އިގްތިސާދީ އިނާޔަތްތައް ބޭނުން ކުރާނެއެއެވެ. 

ބިރުވެރިކަމާއި ޕްރޮޕެގެންޑާ ޕްރޮޕަގޭޓްކުރުން :

ތަންތަން ރޯކުރުމާއި ތަޅާފޮޅުމަށް ހިއްވަރު ދިނުމާއި، ބަލިގަބޫލު ނުކުރުމާއި، ނެތިދާ ބާރުވެރިކަން ހަޖަމް ނުވުމާއިއެކު ތާރީޚީ ވާހަކަތައް މެނިޕުއަލް ކުރުމަށާއި، އޭނާގެ ވެރިކަމުގެ ފިކުރު ކުރިއެރުވުމަށް އުޅޭނެއެވެ. 

ބައިނަލްއަޤްވާމީ ނުފޫޒު ހަނިކުރުން: 

ހުދުމުހުތާރު ވެރިން ގިނަ ފަހަރަށް މަސައްކަތް ކުރަނީ ބޭރުގެ ނުފޫޒު ހަނިކޮށް، އެކަހެރިކަމުގެ ފެންވަރެއް ދަމަހައްޓާށެވެ. އެއީ ބޭރު ދުނިޔެއިން މައުލޫމާތު ފޯރުކޮށްދިނުން ހަނިކޮށް، ބައިނަލްއަގްވާމީ މީޑިއާގެ ކަވަރޭޖް ކޮންޓްރޯލްކޮށް، ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އެ މީހުންގެ ގައުމަށް ވަދެވޭނެ ގޮތްހަނި ކުރުމަށެވެ.