ރިސޯޓް ހިއްސާ ރައްޔިތުންނަށް ދިނަސް މޮޅުވާނީ ވެރިންނަށް

ރިސޯޓް އޯނަރުން ސައިޒްކުރަން އުޅެގެން ސައިޒްވާނީ މުއިއްޒު

ރިސޯޓް ހިއްސާ ރައްޔިތުންނަށް ދިނަސް މޮޅުވާނީ ވެރިންނަށް

ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރި އެންމެ އިސްހާދިމު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ރައްޔިތުންގެ ހިތުގައި ރައްޔިތުންގެ ތެރެއިން ވަކިބަޔަކާމެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ކުރާ މަސައްކަތުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. . 

ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާމެދު ރައްޔިތުންޣެ ހިތުގައި ނަފުރަތު އުފެއްދުމަކީ ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މުޅި އިގުތިސޯދަށް އޭގެ ނުބައި އަސަރުކުރާނެ ކަމެކެވެ. އެތައް އާއިލާއެއްގެ އާމްދަނީއަށް އަސަރުކުރާނެ ކަމެކެވެ. 

ރާއްޖޭގައި މުއްސަދިވެފައިވެފައި ތިބި ބަޔަކު މުއްސަނދިވީ އެމީހުންގެ ހިތްވަރާ މަސައްކަތުންނެ. މުއްސަދިން މުއްސަދިވީ ފަޅި ސިކުންތަކުން ނޫނެވެ. ގައުމުން ލިބޭ ހަނި ފުރުސަތުގެތެރެއިން ކުރިއެރުން ހޯދާ މުއްސަދިވުމަކީ  އެމީހުންގެ ކުޅަދާނަކަމާއި ކެރުމުގެ ނަތިޖާއެވެ. 

އެއްވެސްތަނެއްގައި އެންމެންނަކީ މުއްސަދިންނެއް ނޫނެވެ. ފުދުންތެރި ރައްޔިތެއް ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެކަން ނުކޮށް ހުރެ މުއްސަދިންނާ ޖެހިގަތަކަސް ފުދުއްތެރި ރައްޔިތެއް ނުއުފެއްދޭނެއެވެ. 

ރައްޔިތުން ޖަޒްބާތުގައި ޖައްސައިގެން ފަގީރުކަމެއް ފިލުވައެއް ނުލެވޭނެއެވެ. ރައްޔިތުން ހިއްސާވާ ކިތަންމެ ރިސޯޓެއް ހެއްޖަސް ރައްޔިތު މީހާގެ ޖީބަށް ޑޮލަރެއް ނުވަންނާނެއެވެ. ރައްޔިތުންނަށް ނިސްބަތްވާ މުދަލާ ވިޔަފާރި މިހާރަކުވެސް މަދެއްނޫނެވެ. އެހެނެކޭ ކިޔާފައި ރައްޔިތުންނަށް ވާކަމެއް ހަރާމުން ހަރާމެވެ. ތިޔަ ބުނާ ރިސޯޓް ހިއްސާއަކުން ވާނީ ވަކި ކޮންވަރެއް ހެއްޔެވެ. 

ހުރިހާ މޮޅަކާއި ލުޔަކާއި ފައިދާއެއް އޮންނާނީ އެއިރަކު ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބި ބަޔަކަށެވެ. އެނޫން ގޮތަކަށް ރާއްޖޭގައި ކަމެއް އިންތިޒާމެއް ނުކުރާނެއެވެ.