އިސްލާހުކުރަން ފުރުސަތު ލިބި އެކަމާ ނޫޅުނީ ޒަރީރު

ވެރިކަމުގައި އޮންނާނީ ޒަރީރު ޕާޓީ

އިސްލާހުކުރަން ފުރުސަތު ލިބި އެކަމާ ނޫޅުނީ ޒަރީރު

އެންމެންނަކީ ކަނު ބީރު މަންމަނުންނެއް ނޫނެވެ. ކާކުކުރީ ކީއްކަމާއި ކާކުކު ދެއްކީ ކޮން ވާހަކައެއްކަމާއި ކާކުއުޅުނީ ކިހިނެތްކަން ގިނަ މީހުނަށް އެނގެއެވެ. ޗަރުކޭސް ކުޅެގެން މީހުންގެ ލޮލުގައި އަނދުން އެޅުވޭނީ ވަކިވަރަކަށެވެ. 

އެންމެ ފަހުން އޮތް އެމްޑީޕީ ސަރުކާރުގައި އެންމެ ބާރަށް ނަގާކީ އެއް މެންބަރަކީ އޭރުވެސް މިހާރު ވެސް މަތިވެރި ދާއިރާގެ މެންބަރ ހަސަން ޒަރީރެވެ. އޭރު އޮތް އެމްޑީޕީ ސަރުކާރުން ކުރިކަމެއް ކުރީ ހަސަން ޒަރީރުގެ ބައިވެރިވުމާއި ތާއީދާވެސް އެކުގައެވެ. ނުކުރި ކަމެއް ނުކޮށް އޮތީވެސް ހަސަން ޒަރީރުގެ ބައިވެރިވުމާއި ތާއީދާވެސް އެކުގައެވެ. 

އެމްޑީޕީއަށް ކަންކަން އިސްލާހު ކުރަން ފުރުސަތު ލިބި ނުކުރި ވާހަކަ ދައްކަން އެންމެ ނުތާހިރު އެކަކީ މަތިވެރި ދާއިރާގެ މެންބަރ ހަސަން ޒަރީރެވެ. ފުރުސަތު ލިބި އެމްޑީޕީން ކަންކަން ނުކުރި ވާހަކަ ޓީވީތަކުގައާއި މަޖިލީހުގެ ތަޅުމުގައި ޒަރީރު ދައްކާކަށް ރީއްޗެއް ނޫނެވެ. އޭރުވެސް މިހާރުވެސް ފޫގަޅާފައި ޒަރީރު އުޅެނީ ކައިރިއަށް ބޮޑުކުރަން ކަމަށް މީހުން ބުނެއުޅެއެވެ. އުޅޭ ގޮތުންނާއި ކުރާ ކަންކަމާއި ދައްކާ ވާހަކައިން އެނޫން ކަމެއް ދޭހައެއް ވަނީއެއް ނޫނެވެ. 

ރައީސް ސޯލިހުގެ ވެރިކަން ނިމި ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއެކު މަޖިލީހުގެ ތަޅުމުގައި ހަސަން ޒަރީރުމެން ޖެހި ސަކަރާތް ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. ރައީސް މުއިއްޒުގެ ތިންވަޒިރަކަށް ރުހުން ނުދީ މުއިއްޒާ ދެކޮޅަށް އޭރު ޒަރީރު ދެއްކިހާ ވާހަކައަކީ ހައްގު މަގުގައި ދެއްކި ވާހަކަ ކަމަށް އޭރު ބުނަމުން ދިޔައެވެ. އޭރަކު އެމްޑީޕީ ވަރެއް ޒަރީރަކަށް ނެތެވެ.

ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށް ރައްޔިތުން މަޖިލީހުން ނިންމަން އެންމެ ގަދައަށް މަސައްކަތްކުރި އެކަކީ ހުދު ހަސަން ޒަރީރެވެ. ކެންޕެނު ކުރުމުން ފެށިގެން ވެރިކަމަށް ހުވާކޮށް ވެރިކަން ކުރަން ފެށީއްސުރެ މުއިއްޒަށް ކުރެވުނު ރަގަޅު އެއްކަމެއް އޮތް ކަމަކަށް ޒަރީރަކަށް ނުވިއެވެ. 

ރެއަކަށް އިރު އޮއްސި އިރު އެރިއިރު މުއިއްޒަކީ ކުށެއް ބުށެއް ނެތް ސާފު ބޯކިރުކޮޅަކަށް ޒަރީރަށް ވެއްޖެއެވެ. އެ ޕަޓީއަކައިގެން މަރުދަން ޖެހުނު އެމްޑީޕީ ގުއިވެ މުއިއްޒާއި މުއިއްޒު ޕާޓީ ވަރެއް ނެތިއްޖެއެވެ. ރަތް މަހަށް ނުގޮވާހާ އެއްޗެތި ޒަރީރު އެމްޑީޕީއަށް ގޮވާކަށް ޖެހެލުމެއް ނުވިއެވެ. ލަދެއް ނުގަނެއެވެ. ވާނީ އެހެންތާއެވެ. ފެންނެތްތާ ބަކަތަޅާކަށް ޒަރީރު ބޭނުމެއް ނޫނެވެ. ކަލާސީނަށް ނައު ބާނުވާ އުސޫލުން އަބަދުވެސް ވެރިކަމުގައި އޮންނާނީ ޒަރީރު ޕާޓީއެވެ.