މެންބަރު ޕާޓީން ވަކިކޮށްގެން ދިއްގަރު ދާއިރާގޮނޑި ހުސްކޮށްލަނީ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމަތުދޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ފަލާހު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މަޖިލީހުގެ މިހާރުގެ ނައިބުރައީސް ޕީއެންސީގެ މެންބަރ ކަމުން ވަކިކޮށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްކޮށްލުމަށް ދަނީ ރޭވެމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަނެއްކޮޅުން މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މެލޭސިޔާއަށް ފުރާވަޑައިގަތުމަށް ތައްޔާރު ވަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުއްލާ ވެސް މަގާމުން ވަރަށް އަވަހަށް ވަކިކުރުމުގެ ވިސްނުމެއް ޕީއެންސީން ގެންގުޅޭ ކަމަށްވެސް މައުލޫމަތު ލިބިފައިވެއެވެ.




