ޕީއެންސީއަށް 2028 ލިބެނީ މުއިއްޒު ބާލާ ސެންބެއަށް ވެރިކަން ދީގެން: އައްބާސް

ޕީއެންސީއަށް 2028 ލިބެނީ މުއިއްޒު ބާލާ ސެންބެއަށް ވެރިކަން ދީގެން: އައްބާސް

މެޖޯރިޓީ ޕާޓީއަށް މިވަގުތު އެންމެ މޮޅު ގޮތަކީ ރައީސް މުއިއްޒުގެ ނޯކޮންފިޑެންސް (އިތުބާރު ނެތްކަމުގެ) ވޯޓުނެގުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

" އެންމެ މޮޅު ގޮތަކީ އޭނަގެ ( ރައީސް މުއިއްޒު) މައްޗަށް ނޯ ކޮންފިޑެންސް ވޯޓެެއް ނަގާ އޭނަ ޝަރީޢަތުގެ ކުރި މައްޗަށް ހާޒިރުކުރުން" ކަމަށް ވިދާޅުވަމުން މެންބަރ އައްބާސް ވިދާޅުވީ ދައުރުގެ ބާކީ ބައިގައި ނައިބު ރައީސް އާ ވެރިކަން ކުރަން ހަވާލުކުރުމަކީ ޕީއެންސިއަށް އޮތް އެންމެ މޮޅުގޮތް ކަމަށެވެ. 

ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ވިދާޅުވަނީ ރައީސް މުއިއްޒުގެ ނޯކޮންފިޑެންސް ވޯޓުނަގާ ޝަރީއަތަށް ހާޒިރުކޮށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ ވެރިކަން ހަވާލު ނުކޮށްފިނަމަ ޕީއެންސީއަށް 2028 ކާމިޔާބު ނުވާނެ ކަމަށެވެ. 

ރައީސް މުއިއްޒުގެ ނޯ ކޮންފިޑެންސް ނެގުމައްފަހު ގާނޫނާ ހިލާފަށް މުއިއްޒު ކޮށްފައިވާ މުޑުދާރު ކަންކަން ތަހުގީގުކޮށް އޭނާގެ މައްޗަށް މިހާރު ޝަރީއަތް ހިންގީމާ މެޖޯރިޓީ ޕާޓީން ގާނޫނީ ވެރިކަން ދަމަހައްޓާކަން ރައްޔިތުންނަށް ފެންނާނެ ކަމަށް މެންބަރ އައްބާސް ވިދާޅުވިއެވެ. މިއީ މިގޮތުން މެޖޯރިޓީ ޕާޓީއަށް 2028 ކަމިޔާބުކުރަން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެކަމަށް ވެސް މެންބަރ އައްބާސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ނޮކޮންފިޑެންސް ވޯޓު ނެގުމަށް ގޮވާލާ އެކްސްގައި ކުރެއްވި ޕޯސްޓްގައި މުހައްމަދު އައްބާސް ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިހާބުން މެޖޯރިޓީ ޕާޓީ ބަލިވީ ރައީސް މުއިއްޒަށް ރައްޔިތުން އިތުބާރު ނުކުރާތީ ކަމަށެވެ. " އޭނަ (ރައީސް މުއިއްޒު) ދޮގުހެދިލެއް ގިނަވުމުގެ ސަބަބުން ރިފަރެންޑަމު ވޯޓުން މެޖޯރިޓީ ޕާޓީ ބަލިވީ" ވެލިދޫ ދާއިރާގެ މެންބަރ ވިދާޅުވިއެވެ. 

މެންބަރ އައްބާސް ވިދާޅުވީ މިހާރު މުޅި ޕާޓިން އެ އުޅެނީ ރައީސް އޮފީސް ތެރޭގައި އޭނަ އަންހެނަކާ މަންޖޯޅުވި ކަންތަކުން ސަލާމަތް ނުވެވިގެން ކަމަށާއި ރައީސް ކަމުން މުއިއްޒު ބޭރު ކުރުމަކީ ގައުމަށްވެސް އަދި މެޖޯރިޓީ ޕާޓީ (ޕީއެންސީ) އަށް ވެސް އެންމެ މޮޅު ގޮތް ކަމަށެވެ.

މެންބަރު އައްބާސް ވިދާޅުވި ގޮތުގައި އައްބާސް އެ ބަޔާން ކުރެއްވި ވާހަކަފުޅު ތަކަކީ "މީ މެޖޯރިޓީ ޕާޓީ (ޕީއެންސީ)ގެ ގިނަ މެންބަރުން މިހާރު ވިސްނަމުންދާ އަދި ގަބޫލު ކުރާ ގޮތް" ކަމަށެވެ.