ދެ އިންތިހާބު އެއްކުރުމުން ލިބޭނެ ގެއްލުމުގެ ކުޑަމިންވަރެއް

ދެ އިންތިހާބު އެއްކުރުމުން ލިބޭނެ ގެއްލުމުގެ ކުޑަމިންވަރެއް

ދެއިންތިހާބު އެއްކުރުމުން އިންތިހާބާ ގުޅިގެން ހިގާ ހަރަދުކުޑަވާނެކަމަށް ބުނެ ދައްކަނީ ހޮޅިވާހަކައެކެވެ. ފަސްއަހަރުން އެއްފަހަރު މަޖިލީހާއި ރައީސް އެކުގައި ހޮވާނަމަ އެއްފަހަރާ ކުރާ ހަރަދު ބޮޑުވެ ފަސް އަހަރުން އެއްފަހަރު މުޅި ގައުމު ނޭވާ ހޮޅިއަށް އަޅުވާލާނެއެވެ.

އަމްދުން މަގާމުގައި ހުންނަ ރައީސަށް ދެވަނަ ދައުރާއި މަޖިލިސް ކޮންޓްރޯލު ހޯދުމަށް މުޅި ދައުލަތް އެފުށް މިފުށަށް ޖަހާނެއެވެ. އެހެން ނޫނަސް ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ރައީސް ކަމަށް ހޮވޭ މީހަކަށް ރައީސްކަމާއި މަޖިލިސް އެކުއެކީ ފަސް އަހަރަށް ލިބިއްޖެނަމަ ވާނެގޮތް ހިތައް އަރުވާލާށެވެ.

ހިނގާނެ ކަންކަމުގެ ކުޑަ މިންވަރެއް 

  • ފަސް އަހަރުދުވަހަށް ރައްޔިތުން ތިބިކަން ހަނދާން ނެތޭނެއެވެ.
  • ފަސް އަހަރު ވަންދެން ޓެކްސްތައް ބޮޑުކުރާނެއެވެ.
  • ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެވޭ ކަމަކަކަށް ނުހަދާނެއެވެ.
  • ކާޑާއި ބޭހާއި ކަރަންޓާއި ފެނުން ސަބުސިޑީތައް ކަނޑާލާނެއެވެ. 
  • މުޒާހަރާ ކުރުމާއި އިހުތިޖާޖުކުރުމަކީ ކުށަކަށް ހަދާނެއެވެ.
  • މިނިވަން ނޫސްވެރިކަން ކަފުން ކުރާނެއެވެ.
  • ސަރުކާރަށް ފާޑެއް ކިޔާކޮންމެ މީހަކީ ކުށްވެރިއަކަށްވެ ޖަލަށް ލާނެއެވެ. 
  • ވެރިޔާގެ ރުހުން ލިބިގެން ފާޅުގައި ކޮރަޕްޝަންތައް ހިންގާނެއެވެ. 
  • ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހާ މަސްލަހަތު ނަގާލާކަމަށްވެ ޖަލަށްލާނެއެވެ
  • ކޮރަޕްޝަން ހިންގާ މީހުނަށް މިހާރު ހިނގާ ވަރަށްވެސް ޝަރީއަތެއް ނުހިނގާނެއެވެ. 
  • ސިޔާސީ ވާދަވެރިން ފުހެލާނެއެވެ. 
  • ރައީސްސަކީ ސިދާ ޑިކްޓޭޓަރަކަށް ބަދަލުވެގެން ދާނެއެވެ.