ސިރާޖަށް: ދާއިރާ މީހުންނަށް ކާކުކަމެއް ނޯޅޭ
ސަމާލުކަން ހޯދުމަށް ސުރުހީ ހަދަން ޓްވީޓް ނުކުރޭ
މޫސާ ސިރާޖު ބޭނުންހާ ގޮތަކަށް އެމްޑީޕީގެ ކަންކަން އަނބުރާ ނުލެވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. މަޖިލިސް މެންބަރަކަށް ވުމަކީ މުޅި ދާއިރާގެ ރައްޔިތުން ތިމާ ބޭނުންހާ ގޮތަކަށް އަނބުރާ ލެވޭނެ ކަމެއް ނޫނެވެ. ދާއިރާގެ މެންބަރުންގެ ރޫހާ ހިލާފަށް މޫސާ ސިރާޖު އުޅުއްވަން ފެއްޓެވުމުން ޕާޓީގެ ތެރެއިން ބާކީވެ މަގުބޫލުކަން ގެއްލުމަކީ އެމްޑީޕީގެ އުނިކަމެއް ނޫނެވެ.
ސަމާލުކަން ހޯދުމަށް އަތްގުޅި ނުކާވަރުގެ ސުރުހީ ހަދަން ޓްވީޓް ކުރިއަކަސް ދާއިރާ މީހުންނަށް ތިމާއަކީ ކާކުކަމެއް ނޯޅޭނެއެވެ. ނަސީބު ރަނގަޅު ކަމުން އެމްޑީޕީގެ ޓިކެޓެއްގައި މަޖިލީހަށް ހޮވިފައި ހުއްޓަސްް މީހާގެ އުޅުމާ ގުޅުންތައް ހުންނަ ގޮތުން ދާއިރާގެ ގިނަ ރައްޔިތުންގެ ތާއީދު ސިރާޖަށް ވަނީ ގެއްލިފައެވެ. އަމްދުން މުޅި އެމްޑީޕީގެ ލީޑަރޝިޕްގެ ރޫހާ ދެކޮޅަށް އިދިކީލި ވެގެން އުޅުއްވުމުގެ ނަތީޖާއަކީ ބާކީވުމެވެ.
ދާއިރާއާއި ޕާޓީ މޫސާ ސިރާޖުގެ މުށުތެރޭގައި އޮންނާނީ މެންބަރުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރެއްވުނު ނަމަ ތާއެވެ. ލ. އަތޮޅުގައި އެމްޑީޕީ ފެތުރި ފުޅާވަމުން ދަނީ ފަތުއަޑުކިޔާފައެވެ. ސިރާޖު އެމްޑީޕީން ވަކިވުމުން ގެއްލުން ވާނީ އެމްޑީޕީއަށްވުރެ ސިރާޖަށެވެ. ސިރާޖުގެ އަވައިގައި ޖެހިގެން އެމްޑީޕީ ދޫކުރާ މީހުންނަށެވެ. ސިރާޖު އެމްޑީޕީން ވަކިވެގެން ވިއްޔާ އެމްޑީޕީއަށް ވާނީ ރަނގަޅެކެވެ. ސިރާޖަށް މޮޅު ގޮތަކަށް ސިރާޖު އުޅޭކަށް ސިރާޖަކަށް ހުރަހެއް ނެތެވެ. ސިރާޖުގެ ހިޔަނީގައި ތިބި ބަޔަކު ސިރާޖާއެކު ސިރާޖުގެ ފިޔަވަޅު މަތިން ނުހިނގާނެ ކަމަށް އެކަކުވެސް ނުދެކޭނެއެވެ. އެކަމަކު އެނިސްބަތް ފަންސާހަށް ވުރެ މިހާރަކު މައްޗެއް ނޫނެވެ،
ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްގެ މަގުބޫލުކަން ގެއްލި ބާކީ ވެފައިވާކަން ދަލީލުކުރާ އެތައް ސަބަބެއް އެބަހުއްޓެވެ. ފަހަކަށް އައިސް ބޭއްވުނު އެއްވެސް އިންތިހާބެއް ސިރާޖު ތާއީދުކުރި ކެންޑިޑޭޓަކަށް ކާމިޔާބުކޮށް ދެވިފައެއް ނެތެވެ. އެމްޑީޕީ ދާއިރާ އިންތިހާބާއި ޗެއަރޕަރސަން އިންތިހާބަށް ދާންދެން ކާމިޔާބު ކުރީ ސިރާޖު ތާއީދުކޮށް މަސަައްކަތް ކުރި ކެންޑިޑޭޓުންނަށް ނުވުމަކީ ދާއިރާގައި ސިރާޖުގެ މަގުބޫލުކަން ގެއްލިފައިވާ ވަރު ސާފުވާކަމެކެވެ.
ފިސާރި މީހެއް ކަމަށް ދެއްކެން ދުރުތިބީންގެ ސަމާލުކަން ހޯދަން ޓުވީޓްކޮށްގެން ކަންކަން އޮޅުވައެއް ނުލެވޭނެއެވެ. އެމްޑީޕީ ދޫކޮށް ޑރ. މުއިއްޒަށް ތާއީދު ކުރަން ސިރާޖު ނިންމުމަކީ ތިމާގެ ކިބައިގާ ސާބިތު ކަމެއް އިތުބާރެއް ނެތްކަން ދަލީލުކުރާ ކަމެކެވެ. ޒަމާނުއްސުރެ ހިފަހައްޓަމުން އައިކަމަށް ބުނާ ހަމަތަކާ އުސޫލުތަކަކީ ބިލާހީ ހީލަތްތެރި އޮޅުވާލުމެއްކަން ވަރަށް ވެސް ސާފެވެ.