ފަލަސްތީނުން ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރަނީ

ފަލަސްތީނުގެ ފެކްޝަންތަކުން ގާޒާގެ ކޮންޓްރޯލް ދެމެހެއްޓުމަށް ވަނީ އަމާޒު ހިފާފަ

ފަލަސްތީނުން ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރަނީ

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ހާން ޔޫނިސްގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 84 މީހުން ޝަހީދުވެ، 329 މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާގެ 80 އިންސައްތައަށް ވުރެ ގިނަ ސަރަހައްދު ހުސްކުރުމަށް އަންގާފައެވެ. މި އަމުރާއި އެކު ރަހުމެއްނެތި ފަލަސްތީނުގެ މައުސޫމް ރައްޔިތުން ގަތުލް ކުރަމުންދާއިރު، އިޒްރޭލުން ކަނޑައަޅާފައިވާ "ނޯ ޒޯން" ގެ ދަށުން ފަލަސްތީނުގެ ރައްޔިތުން ތިބީ ދާނެތަނެއް ނެތިފައެވެ.

ފަލަސްތީނުގެ ފެކްޝަންތަކުން މިހާރުވަނީ ގާއްޒާގެ ކޮންޓްރޯލް ދެމެހެއްޓުމަށް އަމާޒު ހިފާފައެވެ. އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ކުރިއަށް ގެންދާ 9 މަސް ދުވަހުގެ ފަނާކުރަނިވި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި"ގައުމީ އެއްބައިވަންތަކަމުގެ" އެއްބަސްވުމެއްގަ ސޮއި ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ފަތަހަ ޖަމާއަތާއި ހަމާސް އިސްކޮށް އޮވެ ފަލަސްތީނުގެ 14 ޖަމާއަތަކުން ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމަކަށް އައީ 3 ދުވަހުގެ މަޝްވަރާތަކަކަށް ފަހުގައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުގެ މެދުގައި އެއްބަސްވުމަކަށް އައީ ޗައިނާގެ ބޭޖިންގައެވެ. މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން ދަނީ ޗައިނާއިންނެވެ.

އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 39090 މީހުން ޝަހީދުވެ، 90،147 މީހުން ޒަހަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.