ޔޫރަޕުން ބޭސްގެނައުން ވަށަފަރު މޮހަނދު ކަނދިކަމަނާ މަސްތެއްލުމަށް

ޔޫރަޕުން ބޭސް ގެންނަން ޔޫއެންޑީޕީއާއި ރާއްޖެއާ އެއްބަސްވެ ސޮއިކުރީ 01 ޖޫން 2023ގައި

ޔޫރަޕުން ބޭސްގެނައުން ވަށަފަރު މޮހަނދު ކަނދިކަމަނާ މަސްތެއްލުމަށް

ވެއްޓި ބޯފިތުނު ބައިވަޒީރަކީ ދުނިޔޭގެ އާޖުފާޖު އެނގޭ މީހެއް ނޫންކަން ދުނިޔޭގެ އެންމެ ބޮޑު އާބާދީއާ ޖެހިގަތް ހިސާބުން އެންމެނަށްވެސް އެނގެއެވެ. ވަށަފަރު މޮހަނދުގެ ބަނޑުވާ ހެދިގެން ކަންކަން އޮޅުވާލަން އުޅުނަސް އެންމެނަކު ތިބީކީ ލޮލަށް މިރުސްފެން އެޅިފައެއް ނޫނެވެ. އަތުންފައިން މަސައްކަތެއް ނުކޮށް ދައުލަތުން ހަރާން މުސާރައެއް ނަގައިގެން ކައިގެން އުޅޭ ޑަކައިތަކަށް ފެންނަހެން އެންމެނަކަށް ކަންކަމެއް ނުފެންނާނެއެވެ. 

ގައިގައި ފަލަސްތީނު ދިދައޮޅައިގެން ޓްވިޓަރ އެކައުންޓްގެ ޕީޕީ ހަދައިގެން އެކްސްގައި ދޮގު ވިއްކަމުން ދިޔަސް ކަންކަން އޮޅުވޭނީ ވަށަފަރު މޮހަނދުގެ އަޅުކުދީން ކޮޅަށް އެކަންޏެވެ. އެންމެނަކު ތިޔަޖަހާ ބެރަކަށް ނުނަށައެވެ.

މާތްކަލާކޯއެވެ. ރާއްޖެއަކީވެސް ހިނގަހިގާ އޮތް ދައުލަތެކެވެ. ސަރުކާރު ބަދަލުވުމަކީ ދައުލަތުގެ ހުރިހާކަމެއް އަލުން ސުމަކުން ފަށަންޖެހޭ ގޮތަކަށް އޮންނަކަމެއް ނޫނެވެ. ދައުލަތުގެ ކަމެއް ގޯހޭ ހީވާ އިރަށް އެކަމެއް ކުރީ ސަރުކާރަށް ފޫޅުކަނޑަން ވަރުހުންނަހެން ކުރިން ކޮށްފައި އޮތް މޮޅުކަމެއްގެ ކްރެޑިޓް ކުރީ ސަރުކާރަށް ނުދީ ވަށަފަރު މޮހަނދެކޭ ކަނދި ކަމަނާއެކޭ ތަފާތެއް ނުކުރެއެވެ. އެކަމަކުވާ ސާބަހެވެ.

ޔޫރަޕުން ރާއްޖެއަށް ފެންވަރު ރަނގަޅުބޭސް ގެނަން ނިންމީ ރައީސް ސޯލިގެ ވެރިކަމުގައިކަން އެއްވެސް މީހަކަށް ނޯޅެއެވެ. ސާބިތު ހެކި އެހެރީ ދިމާލަށް ފެންނާށެވެ. ބަލްކްކޮށް ޔޫރަޕުން ރާއްޖެއަށް ބޭސް ގެނައުމުގެ އެއްބަސްވުމުގައި ޔޫއެންޑީޕީއާއި ރާއްޖެއާ ދެމެދު ސޮއިކުރީ 01 ޖޫން 2023 ގައެވެ. ރާއްޖޭން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރެވެ. ވަށަފަރު މޮހަނދުގެ ސަސްޕެންޑްކުރި ބައި-ވަޒީރު ޝީއުނާއެއް ނޫނެވެ. 

ޔޫއެންޑީޕީއާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސް ވުމަށްފަހު މާގިނަ ދުވަހެއް ނުވެ އެސްޓީއޯއަކީ އިގިރޭސިވިލާތުގެ އެސްޓްރާ ޒެނެކާގެ ޑިސްޓްރިބިއުޓަރަށް ވެގެން ދިޔައެވެ. އެސްޓީއޯ އާއި އެސްޓްރާ ޒެނެކާ ވެވުނު އެއްބަސްވުން ދަށުން އެކުންފުނީގެ 14 ބޭހެއް ރާއްޖެއަށް ފޯރުކޮށްދޭން ނިންމިއެވެ.

ރާއްޖެއަށް ބަލްކްކޮށް ގެންނަ ކަމަށް ވަށަފަަރު މޮހަނދު ސަރުކާރުން އެބުނާ 7 ބޭހަކީ އެސްޓްރާ ޒެނެކާގެ ޑިސްޓްރިބިއުޓަރަށް ވުމުން ފޯރުކޮށްދޭން އެއްބަސްވެފައިވާ 14 ބޭހުގެ ތެރޭގައި ހިމެނޭ ހަތް ބޭހެކެވެ.

ކަންކަން އޮޅުވާލާ ދޮގުހެދުމުގައި ވަށަފަރު މޮހަނދުގެ ބޯފިތުނު ބައިވަޒީރަށްވުރެ ވަކީން ކައްޒާބު އަންހެނަކު މަދުވާނެއެވެ. އަބޫލަހަބުގެ އަނބި އުންމު ޖަމީލަށް ބޯފިތުނު ބައިވަޒީރު ދޫނުކުރެއެވެ.