ވަގުތީ ރައީސްކަމަށް ނައިބު ރައީސް އައްޔަނުކޮށްފި

ގައުމީ ހިތާމަ ވަނީ އިއުލާން ކޮށްފަ

ވަގުތީ ރައީސްކަމަށް ނައިބު ރައީސް އައްޔަނުކޮށްފި

އީރާނުގެ ވަގުތީ ރައީސްކަމަށް އެ ގައުމުގެ ނައިބު ރައީސް އައްޔަނުކޮށްފިއެވެ. ވައިގެ އުޅަނދު ވެއްޓި އީރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުއްލާ އަލީ ޚާމަނައިނީ އެގައުމުގެ ވަގުތީ ރައީސް ކަމަށް ފުރަތަމަ ނައިބު ރައީސް މުހައްމަދު މޮޚްބަރު އައްޔަނު ކުރެއްވިކަން ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ އުތުރުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށް މަތިންދާބޯޓު ވެއްޓުނު އިރު އެ ޕްރޮވިންސްގެ ގަވަރުނަރު ހިމެނޭހެން އީރާނުގެ ފޮރިން މިނިސްޓަރ ހުސައިން އަމީރާދުއްލާ ގެ އިތުރުން ބައެއް އޮފިޝަލުން ވެސް ބޯޓުގައި ތިއްބެވިއެވެ. އެ އެންމެންހާ ބޭފުޅުން ވެސް އަވަހާރަފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާޔަތުއްލާ ވަނީއެ ގައުމުގައި ފަސް ދުވަހުގެ ގައުމީ ހިތާމަ އިއުލާން ކުރައްވާފައެވެ. އަދި 50 ދުވަހުގެ ތެރޭގައި އާ އިންތިހާބު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސީ އާއި އަމިރާދުއްލާ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލީޑަރުން ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.