ހުރިހާ މަގާމް މުއިއްޒުގެ ވަފާތެރިންނަށް.

ވެރިކަން ކުރެވޭނީ އިތުބާރު ހިފޭމީހުންނާ އެކުގަ

ހުރިހާ  މަގާމް  މުއިއްޒުގެ  ވަފާތެރިންނަށް.

އެނޫން ގޮތަކަށް ކަންކުރީމާ އޭގެ ހިތިރަހަ ވެރިމީހާގެ އަރުގައި ހިނގައިގަންނަ ގޮތުގެ އެންމެ ތާޒާ މިސާލަކީ ރައީސް ޞޯލިޙެވެ. 2018 ގައި ހުވާ ކުރެެއްވުމަށްފަހު ރައީސް ނަޝީދު ބޭނުންފުުޅުވި ދިގު ލިސްޓަކަށް އެކި ބާވަތުގެ ސިޔާސީ މަގާމްތަށް ރައީސް ޞޯލިހް ދެއްވިއެވެ. ސަރުކާރުގެ އެކި އިދާރާތަކާ ކުންފުނި ތަކުގެ ބޮޑެތި މަގާމު ތަކުގައި މުސާރައާ އިނާޔަތް ނަގައިގެން ފަހުވަގުތާ ޖެހެންދެން ތިބުމަށްފަހު އިންތިޚާބާ ކައިރި ވުމުން ފުންމަފުންމައިގެން ނިކުތީ ރައީސް ޞޯލިޙާ ދެކޮޅަށެވެ. 

ފާއިތުވި ތަނުގައި ކަންވީ ގޮތަކީ ކުރިއަށް އޮތްތަނަށް ލިބޭ ޢިބްރަތާ ތަޖްރިބާ އެވެ. ދުނިޔެއަކީ ވައްއެއްޗެއް ވީމާ ފުރޮޅިފުރޮޅިފައިވެސް ވާނީ އެއްގޮތެކެވެ. ތާރީޚު އެނބުރި އަންނަތަން އަބަދާ އަބަދު މިހުރީ ފެންނާށެވެ. ޑރ މުއިއްޒު ރާއްޖޭގެ ވެރިކަން ކުރައްވާއިރު މާޒީގެ މިދެންނެވި ހަގީގަތްތަކަށް ލޯމަރާލައިފި ނަމަ އެއީ އެޅޭނެ ޅައެެއްޗެެކެވެ. 

އެންމެ މިސާލެކެވެ. އެގްރޯނެޓްގެ އެމްޑީ އަކަށް ފަހުވަގުތާ ޖެހެންދެންހުރި ހާރޫނަކީ މިދެންނެވި ޒާތުގެ ލިސްޓަކުން އެމްޑީކަން ލިބުނު މީހެކެވެ. ހުރިހާ ދުވަހު މަގާމުގައި ހުރުމަށް ފަހު އިޚްލާޞްތެރިކަން ދައްކަންވީ ވަގުތު ރައީސް ޞޯލިޙާ ދެކޮޅުވިއެވެ. ފޭކް ފޯމްތަކެއްގެ މަންޒަރުދައްކާފައި މިހާރު ހާރޫން އެހުރީ ޑރ މުއިއްޒުގެ އަރިހުގައެވެ. ބޭނުމަކީ އަނެއްކާވެސް އަމިއްލަ މަންފާތަކެއް ހޯދައިގަތުމެވެ. އޭގެ އަނެއް މިސާލަކީ ދުންޔާ މައުމޫނެވެ.

ރާއްޖޭގައި ކަންހިނގާ ގޮތް ވަރަށް ސާފެވެ. ވެރިކަން ކުރެވޭނީ ރޮނގުދަމައިގެން އިތުބާރު ހިފޭމީހުންނާ އެކުގައެވެ، ފަހުވަގުތު ވިހަލާ ހަރުފަ ، ނަގުލަންދާއްޓާ ބިޗޫ ގާތް ނުކޮށެވެ.