ސްޓެލްކޯ އެމްޑީ ޝަރީފް މޭސްތެރިކަމުގެ ހިދުމަތުން ސަފްހާއެއް
ޝަރީފުގެ މަސަތްކަތް ތަފާތުވެފައި އެހެން މީހުންނައްވުރެ ދުވެލި ބާރުވެފައި ހަލުވި
ސްޓެލްކޯގެ އެމްޑީ ޝަރީފްއަކީ ކޮންމެ ސަރުކާރެއްގައި ވެސް ހަވާލު ކުރެވޭ މަސަތްކަތެއް އެންމެ ފުރިހަމައައް އަދާ ކުރާ އެމްޑިއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު ސްޓެލްކޯ މި ދެކޭ ކުރިއެރުމުގެ އެއް މޭސްތިރިއަކީ ވެސް އެމްޑީ ސަރީފްއެވެ. ކުރީ ސަރުކާރު ތަކުގައިވެސް ސްޓެލްކޯ، ސްޓެލްކޯ އަކަށް ހެއްދެވި ސަރީފް ވަނީ ތަފާތު ދައްކައި ދީފައެވެ. އޭރުވެސް ހިދުމަތައް އެތަކެއް ގިނަގުނަ ކުރިއެރުން ތަކެއް ހޯއްދަވާ ދެއްވިއެވެ.
ރައްޔިތުންނަށް އެމަނިކުފާނު ބޮޑަށް މަސްހޫރުވެގެން ދިޔަޢި އިލެކްޝަން ކޮމިޝަންގައި މަސަތްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. ގޮންޖެހުންތަކާއި ފާޑުކިއުންތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ގައުމަށް ހިދުމަތް ކޮށްދިނުމުގައި ސާބިތުވެ ހުންނެވިއެވެ. މީހެއްގެ ނުވަތަ ބައެއްގެ ޕްރެސަރަށް ބެލުމެއްނެތި ކުރެއްވި ކޮންމެ ކަމެއްގައި އިހުލާސްތެރިކަމާއި އެކު ނަތީޖާ ނެރެދެއްވިއެވެ. އިލެކްޝަންގައި މަސަތްކަތް ކުރެއްވިއިރު ސަރުކާރު ތަކުން އައި ޕްރެސަރާ ރައްޔިތުންގެ ފަރާތުން އައި ޕްރެސަރު ހޭންޑަލް ކުރެއްވީ އިހުލާސްތެރިކަމާއި ކެތްތެރިކަމާއި މަޑުމައިތިރި ކަމާއި އެކުގައެވެ. ހަނގުރާމައެއްގެ މައިދާނުގައިހެން އެ ދުވަހު އިހުލާސްތެރި ހާލިސް ހިތަކުން ރައްޔިތުންނަށް ކޮށްދެއްވި ބުރަ މަސަތްކަތުގެ ނަތިޖާއަކަށް ވެގެން ދިޔައީ ރާއީސް އިބްރާހިން މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރގެ މަގާމް އެ ބޭފުޅާއަށް ދެއްވުމެވެ.
ސަރުކާރުން އެ ބޭފުޅާއަށް އިތުބާރު ކުރައްވާ ކުންފުނި ހަވާލު ކުރެވީ ނުހަމު މާތް މަތިވެރި މަގުސަދެއްގައިކަން ޔަގީނެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމައް މިއަދު އެބޭފުޅާގެ ކުރައްވަމުން ގެންދަވާ މަސަތްކަތަކީ ލާމަސީލު މަސަތްކަތް ތަކެވެ. ދާއިރާގައި މަސަތް ކުރައްވާ މުވައްޒަފުން ތަމްރީންކޮށް ހިދުމަތައް ނެރުއްވާ، އަލައް ވަޒީފާތަކަށް ނުކުންނަ ގިނަ ކުދިންތަކަށް ފުރުސަތުދެއްވާ ، މާދަމާގެ މުސްތަގުބަލު އުޖާލާ ކުރެއްވުމަށް ނުހަނު އިސްކަމެއް ދެއްވައެވެ. ސަރުކާރާއި ގުޅިގެން އެމްޑީ ސަރީފް ކުރައްވަމުން ގެންދަވާ މަސަތްކަތަކީ މުޅި ގައުމާއި ، ގައުމުގެ ރައްޔިތުންނާ ގުޅިލާ މެހިފައިވާ މަސަތްކަތެއްކަމުން ، މި މަސަތްކަތް ކުރުމުގައި އެމްޑީ ސަރީފު ދައްކަވާ ނަމޫނާއަކީ އެ ދާއިރާގައި މަސަތްކަތް ކުރައްވާ އެހެނިހެން ބޭފުޅުންނަށް ނަމޫނާ މަސަތްކަތްތަކެކެވެ.
ކަމަށް ކަމޭހިއްތަވައިގެން ދައުލަތަށް ވަފާތެރި ކަމާއެކު ކުރިންވެސް ކުރަމުން އައި މުހިންމު މަސަތްކަތް އެ ބޭފުޅާ މިހާރުވެސް ކުރައްވަމުން ގެންދަވަނީ ތަފާތެއް ނެތިއެވެ. ނުވަތަ އެއަށްވުރެ ވެސް ފުރިހަމަކޮށެވެ. ބަޔަކަށް ކިތަންމެ ހަޖަމް ނުވިއަސް އެހުޅުކޮޅު ނިއްވާލުމަށް އެތެރެއާއި ބޭރުން ކިތަންމެ ހަމަލާއެއް ދިނަސް ސަރީފު ހުންނެވީ ސާބިތިކާއި އެކު ކުރިއަށް ވަޑައިގަތުމަށެވެ. ރައްޔިތުންނަށް ދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަކޮށް ގައުމުގެ ތަރައްގީ ހަލުވި ދުވެލީގައި ކުރިއަށް ގެންދެވުމަށެވެ.
އެމްޑީ ސަރީފުގެ އަގު ވައްޓާލުމަށް އެތައްކަމެއް ބަޔަކަށް ކުރެވިއްޖެއެވެ. ކުރަމުންވެސް ދެއެވެ. އެހެން ނަމަވެސް ކުޅަދާނަކަމާއި ކެތްތެރިކަމުގެ ނަތީޖާއިން ސަރީފު ކުރައްވާ މަސަތްކަތް މިއަދު ގައުމު ބަލައިގެންފިއެވެ. އެހުޅުކޮޅު ނިވާލެވޭނެ މާބޮޑު ހަކަތައެއް އިދިކޮޅަކުނެތެވެ. ބައެއް ފަރާތްތަކަށް މިއަދު ޝަރީފުގެ މަސްތްކަތް ހަޖަމްކުރަން އުނދަގޫ ވެސް ވެދާނެއެވެ. ބަލައިގަންނަން އުނދަގޫ ވެސް ވެދާނެއެވެއެވެ. އެއީ ސަރުކާރަށް އެންމެ ބޮޑަށް ތާއިދާއި ސަޕޯރޓް ހޯއްދަވާ ދެއްވުމުގައި ސަރީފުގެ މަސަތްކަތް ތަފާތުވެފައި އެހެން ގިނަ މީހުންނަށްވުރެ ޝަރީފުގެ މަސަތްކަތުގެ ދުވެލި ބާރުވެފައި ހަލުވި ވުމެވެ.