ފެނަކައިގެ 8 ވަނަ ގުރުއާން މުބާރަތް ފެށިގެންކުރިޔަށް!

މިއަހަރުގެ ރަމަޟާން މަހުވެސް ފެނަކައިގެ 8 ވަނަ ގުރުއާން މުބާރަތް ފެށިގެންކުރިޔައް އެބަގެންދެއެވެ.

ފެނަކައިގެ 8 ވަނަ ގުރުއާން މުބާރަތް ފެށިގެންކުރިޔަށް!

އިސްލާމް ދީނުގެ ކަންކަމަށް ސަމާލުކަން ދިނުމަކީ ހަމައެކަނި ބުނެލާ ބުނުން ތަކަކަށް ހެދިޔަސް އޭގެ މާބޮޑު ފައިދާއެއް އެކަމުން ވާކަމެއް ނޫނެވެ. ބުނާ ބުނުންތަކާ އެއްވަރަށް އެކަންކަން އަމަލުން ވެސް ދެއްކުމަކީ އެހާމެ މުހިންމު ކަމެކެވެ. ރާއްޖޭގެ ގިނަ މުއައްސަސާ ތަކާއި މަތީ ފަންތީގެ ޖަމްއިއްޔާ ޖަމާއަތް ތަކުން މި ކަހަލަ ދީނާ ގުޅުންހުރި ޕޮރުގުރާމުތައް ރާވާ ހިންގުމަކީ ދީނީ ކަންކަމަށްދޭ ސަމާލުކަން އާމުންގެ ތެރޭގައި ވަރަށް ވެސް ބޮޑަށް އިތުރުވެގެން ދާނެކަން ކަމެވެ.

މީގެ ލާމަސީލް މިސާލަކީ ފެނަކައިން އިސްވެ  ކޮންމެ އަހަރަކުވެސް  ރަމަޟާން މަހު ކުރިޔައް ގެންދާ ޤުރުއާން މުބާރާތެވެ. އެ ގޮތުން މި އަހަރުގެ ރަމަޟާން މަހުވެސް ފެނަކައިގެ 8 ވަނަ ގުރުއާން މުބާރަތް ފެށިގެން ކުރިޔައް އެބަގެންދެއެވެ. މި ކަމަކީ ފެނަކައިން ދީނީ ކަންކަމަށް ދެއްވާ ސަމާލްކަން ވަރަށް ބޮޑަށް ރަމްޒުކޮއްދޭ ކަމެކެވެ. ފެނަކައިން މި މުބާރާތް އިންތިޒާމުކޮށް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ފެނަކައިގެ މުވައްޒަފުންގެ މެދުގައި އިސްލާމް ދީނާއި ގުރުއާނަށް އޮތް ހޭލުންތެރިކަން އިތުރުކޮށް ދީނީ ކަންކަމަށް ލޯބި އުފެއްދުމެވެ. އަދި މުވައްޒަފުންގެ އާއިލާތަކާއި ފެނަކަ ކުންފުޏާއި މެދު އިތުބާރާއި އެކު ގުޅުން ބަދަހި ކުރުމެވެ.

އިޖުތިމާއީ މި ފަދަ ކަންކަމަށް ފެނަކައިން ސަމާލުކަން ދޭކަމީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ފެނަކައިގެ ކުރިމަގު ބިނާކުރުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާއެވެ. ދީނީ މި ފަދަ ކަންކަމަށް ސަމާލު ކަންދޭ މުވައްޒަފުން ތަކެއް އުފެދުމަކީ ފެނަކައިގެ ބިންގާ ވަރުގަދަވެގެން ދާނެ ކަމެއްކަމީ އެ ވެސް ޝައްކެއް ނެތްކަމެކެވެ.