އެސްޓީއޯ ހައްޖު ސްކީމް: މުއައްޒަފުންގެ އުންމީދު

އެއް ޖާގަ ހާއްސަ ވެފައި އޮންނަނީ އުމުރުން އެންމެ ދުވަސްވީ ހިދުމަތްތެރި މުއައްޒަފަށް

އެސްޓީއޯ ހައްޖު ސްކީމް: މުއައްޒަފުންގެ އުންމީދު

އެސްޓީއޯއަކީ މުއައްޒަފުންގެ އިތުބާރާއި ލޯބި މަތީ ދަރަޖައަކަށް ހޯދާފައިވާ ކުންފުންޏެކެވެ. ހޯދަމުންދާ ކުންފުންނެކެވެ. ވަކި ދާއިރާއެއް ދޫނުކޮށް ހުރިހާ ދާއިރާއެއްގެ މުއައްޒަފުންނަށް ކުރިއެރުމާއި އިނާޔަތާއި އެހިޓެރިކަން ފޯރުކޮށް ދިނުމަކީ އެސްޓީއޯގެ ކުރިއެރުމުގެ ސިއްރެވެ. ހިވާގިކަމާއެކު ޓީމްވޯކް ކުރުމުގެ ސަގާފަތު އެންމެ ބޮޑަށް އަސަގެންފައި ވާ އެއްކުންފުންޏަށް އެސްޓީއޯ ވެފައިވަނީ މުއައްޒަފުންނަށް ފަހި މާހައުލެއް އެސްޓީއޯގައި ގައިމުވެފައި އޮންނަ އޮތުމުންނެވެ. 

މުއައްޒަފުންގެ އަގު ވަޒަން ކުރުމާއި ހައްޖު އުމުރާގެ އަޅުކަން ކުރުމަށް އެސްޓީއޯއިން މުއައްޒަފުން ފޮނުވުން ފަދަ ކަންކަމުގެ ސަބަބުން އެސްޓީއޯގެ މުއައްޒަފުންނަކީ ބަދަހި ތަނުލޯބި ޖެހިފައި ތިބި އުފެއްދުންތެރި ހީވާގެ އިތުބާރު ހުރި ހިދުމަތްތެރި ބަޔަކަށް ވަނީވެފައެވެ. 

މިއަހަރުގެ ހައްޖު މޫސުން އައި އިރު އެސްޓީއޯގެ ފަރާތުން އަހަރު ތިން މުވައްޒަފަކު ހައްޖަށް ފޮނުވަން އެވަނީ ނިންމާފައެވެ. އެސްޓީއޯގެ މުވައްޒަފުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމުގެ ސްކީމަކީ 2016 ވަނަ އަހަރުއްސުރެ އެސްޓީއޯގައި ހިންގަމުން އަންނަ ސްކީމެކެވެ.

ސްކީމްގެ ދަށުން ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ހައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ނެތުމުން އެ އަހަރު ހައްޖަށް ފޮނުވުމަށް ހޮވިފައިވާ މުވައްޒަފުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެވޭގޮތް ނުވިނަމަވެސް މިދިޔަ އަހަރު އެ މުވައްޒަފުން ވެސް ވަނީ އެސްޓީއޯއިން ހައްޖަށް ފޮނުވާފައެވެ.

ހައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއް ޖާގަ ހާއްސަ ވެފައި އޮންނަނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަގަޅު މުވައްޒަފަށެވެ. އިތުރު ޖާގައަށް މުއައްޒަފުން ހޮވަނީ އެދިފައިވާ މުއައްޒަފުގެ މެދުގައި ބާއްވާ ގުރުއަތަކުންނެވެ.

އެސްޓީއޯ ހައްޖު ސްކީމުން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދީފައިވަނީ ޏ. ފުވައްމުލަށް ފިހާރައާއި އެސްޓީއޯ ސ. ފޭދޫ ފިހާރަ އާއި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލްގައި މަސައްކަތްކުރާ ތިން މުވައްޒަފަކަށެވެ.