އެމްޑީޕީގެ ކެންސަރ: ފިކުރެއްގެ ދިރުން
އެމްޑީޕީގެ އެތެރޭގައި އުފެދުނު ކެންސަރު ޖެހޭނީ މުލުން ލުހެލަން
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުރެ އެމްޑީޕީގެ ތެރޭގައި ހިންގާ އިދިކޮޅު ހަރަކާތް "ފިކުރެއްގެ ދިރުން" ކެންސަރެއް ގޮތުގައި އެމްޑީޕީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅެއް ކަމުގައިވާ އިބްރާހީމް ޝަރީފު ( މަވޯޓާ ޝަރީފް) ސިފަކުރައްވައިފިއެވެ. މަރަދޫ ދާއިރާގެ މެންބަރު ވިދާޅުވާ ގޮތުގައި ފިކުރެއްގެ ދިރުމަކީ ޝިފާއެއް ނެތް ކެންސަރެކެވެ.
ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ނާކާމިޔާބު ވުމުން އޭގެ ބަދަލުހިފަން ނަޝީދު ބޭނުން ކުރާ ހަތިޔާރަކީ ފިކުރެއްގެ ދިރުން ކަމަށް އޭނާ ވިދާޅުވެއެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕާޓީއެއްގެ ތެރޭގައި ފެކްޝަން ހަދައިގެން އެ ޕާޓީ ހަލާކުކޮށްލަން އުޅޭތަން ފެނޭތޯވެސް ޝަރީފްސުވާލު އުފައްދަވައެވެ.
ފިކުރެއްގެ ދިރުމަކީ އެމްޑީޕީ ވުޖޫދުން ފުހެލަން މަސައްކަތް ކުރާ ބައެއް ކަމަށާއި އެއީ އެމްޑީޕީއަށް ޖެހިފައި އޮތް ކެންސަރެއް ކަމަށް ގަބޫލު ކުރެވޭހާވެއެވެ. އިބްރާހީމް ޝަރީފް ވިދާޅުވަނީ އެމްޑީޕީގެ ތެރޭގައި އުފެދިގެން އުޅޭ ފިކުރެއްގެ ދިރުން އެއީ ފެކްޝަނެއް ކަމުގައި ބަޔަކު ކިޔަސް އެއީ އެއްގޮތަކަށް ވެސް ޕާޓީތަކުގެ ތެރޭގައި އުފެދޭ ފެކްޝަންތަކާ މުޅިން ހިލާފަށް ހިންގާ ހަރަކާތެއް ކަމަށެވެ. "އެއީ އަސްލު ފެކްޝަނެއް ނޫން. ފިކުރެއްގެ ދިރުން މަސައްކަތް ކުރަނީ ޕާޓީ ބައި ބައިކޮށް ރޫޅާލަން" ޝަރީފް ވިދާޅުވިއެވެ.
50 ހާސް މީހުން ހަމަވެފައި ވާކަމަށް އަޑު ފަތުރާ ފިކުރެއްގެ ދިރުމުން އަންނަ ރިޔާސީ އިންތިހާބުގައި އެއްބާރުލުން ދެނީ ފަނަރަ ހާސް ހަމަނުވާ ޖުމްހޫރީ ޕާޓީއަށް ކަމަށްވެއެވެ. އަމިއްލަ ޕާޓީއަށް ބަގަވާތްކޮށް ޕާޓީން ވެރިކަން ގެއްލުވާލުމަށްޓަކާ ޖުމްހޫރީ ކޯލިޝަންގެ ރަނިން މޭޓަކަށް ފިކުރުގެ ދިރުން ވާން މެނިފެސްޓޯ ހެދުމައިގެން އުޅޭކަމަށް ވެއެވެ. ވެރިކަމައިގެން ހޭކުޑާވެގެން އުޅޭ ފިކުރެއްގެ ދިރުމުގައި ބައިލައްކަ މީހުން ތިބިނަމަ ފަނަރަހާސް ހަމަނުވާ ޖުމްހޫރީ ގައިދަށުވެގެން އުޅޭވަރަށް ވުރެ މަވެތިކަމާ ކިބުރުވެރިކަމާ ވެރިކަމުގެ ދަހިވެތިކަން ނަޝީދުގެ މާބޮޑުވާނެއެވެ.
ފިކުރެއްގެ ދިރުމަކީ އަޑެކެވެ. ހަމަ ހެޔޮވަރުގެ ޖަމަލު ފޮޑިއެކެވެ. ކަމަކީ މީޑިއާގައި ސުރުހީ ހެދުމެވެ. އަމަލީ މަސައްކަތުގައި އުޅޭ މީހުނަށްވުރެ ގިނައީ ސޯޝަލް މީޑިއާ ބޮޓުންނެވެ. ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ކެންސަރެކެވެ. ކެންސަރު ޖެހޭނީ މުލުން ލުހެލާށެވެ.