މޯދީ އަރިހުން މުއިއްޒު ރަސްމީކޮށް މާފަށް އެދެންޖެހޭ: މަހުލޫފް

މޯދީ އަރިހުން މުއިއްޒު ރަސްމީކޮށް މާފަށް އެދެންޖެހޭ: މަހުލޫފް

ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ބޮޑުވަޒީރު މޯދީ ޢާއި އިންޑިއާގެ ރައްޔިތުން ކިބައިން މުއިއްޒު ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި ރަސްމީކޮށް މާފަށް އެދެން ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ. ކުރީގެ މިނިސްޓަރ މަހުލޫފް އެކަމަށް ގޮވާލެއްވީ އިންޑިއަން ހައިކޮމިޝަން ޓެގް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓްގައެވެ.

އިދިކޮޅު ފަރާތުގެ ގޮތުގައި ޕީޕީއެމް ޕީއެންސީ އޮތްއިރު ބޮޑުވަޒީރު މޯދީއަށާއި، އިންޑިއާގެ ސަގާފަތަށާއި އިންޑިއާގެ ރައްޔިތުންނަށް މަލާމާތްކޮށް، ފުރައްސާރަކޮށް އަދި ނަފްރަތު ފެތުރުމުގައި ތިބީ ހައްދު ފަހަނަ އަޅާފައިކަން ފާހަގަ ކުރައްވަމުން މަހުލޫފް ވިދާޅުވީ ކަންތައްތައް ކިހާ ހިސާބަކަށް ގެންދެވުނުކަމާއި އެކަން އޮތީ ކިހާ ހަޑިކޮށްކަން ހަނދާންކޮށްދޭ ކަމަށެވެ. 

ޕީޕީއެމް ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕޭނަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މުޅިން ދޮގުގެ މައްޗަށް ބިނާކޮށް ހިންގުނު އެންމެ ބޮޑު ސްކޭމްކަމަށް މަހުލޫފް ސިފަކުރެއްވިއެވެ. މުއިއްޒު ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް އިންޑިއާއަކީ އެންމެ ބޮޑު ފުރައްސާރަކުރާ ފަރާތްކަމުގައި ސިފަކުރިކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ. 

ބޮޑު ވަޒީރު މޯދީއަށް ދިވެޖި ރާއްޖެ މަރުހަބާ ކިޔާކަމަށާއި ބޮޑުވަޒީރު މޯދީގެ ޒިޔާރަތުން ސާފު އަދި ވަރުގަދަ މެސެޖެއް ލިބިދޭކަމަށް މަހުލޫފް ވިދާޅުވިއެވެ. 

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަވައްޓެރިޔާ ކަމަށާއި ތެދުވެރި ރަޙްމަތްތެރިޔާ ކަމަށް ވިދާޅުވަމުން މަހުލޫފް ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ގައުމެއް ކަމަށެވެ. 

ރައީސް މުއިއްޒާއި އޭނާގެ ސަރުކާރުން ކަންތައް ކޮށްފައިވާ ހުތުރު ގޮތްތައް ކުށްވެރިކޮށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން މުއިއްޒު ސަރުކާރަށް ބޮޑުވަޒީރު މޯދީ ޜާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.